Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރެފިކް މައްސަލަ

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ހެދި ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ ކައުންސިލްގެ ޒިންމާއެއް: މޭޔަރު

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޔޫއެންއެސްކެޕްގެ އެހީގައި ސިޓީ ކައުންސިލުން ޚާއްސަ ދިރާސާއެއް ފަށާފައިވާއިރު، މިކަމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގެ ގޭބިސީތަކުން މައުލޫމާތު ހޯދައި، އުޅަނދުތަކުގެ އަދަދާއި ދަތުރުފަތުރުގެ ނިޒާމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖުލައި 2026 | ހުކުރު 07:57
މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | މާލެ ސިޓީ ކައުންސިލް

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަކީ، މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެއީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު މި ފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި، ސްކޫލް ގަޑިތަކުގެ ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކަށް ބަހުސް ކުރައްވަމުންނެވެ. މި މައްސަލަ ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް އެވެ.

މޭޔަރު ވިދާޅުވީ، މާލޭގެ ޓްރެފިކް އަދި ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާ ގުޅިގެން، ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ސަރުކާރުން މި ކަމަށް ވަކި އޮފީހެއް ހަދާފައިވާކަން ފާހަގަކުރައްވައި، މޭޔަރު އާޒިމް ވިދާޅުވީ، ސަރުކާރުން ކުރަންޖެހޭ ކަމަކީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ. އެއީ އަޅުގަނޑުމެންނަކީ މި ކަމުގެ ޒިންމާވާ ފަރާތްކަމަށްވާތީ. އެ ބޭފުޅުންނަކީ ޒިންމާވާ ފަރާތެއް ނޫން. އަޅުގަނޑުމެންނަށް އުނދަގޫވާ ކަންކަން ނުކުރައްވާ
މޭޔަރު އާދަމް އާޒިމް

މީގެ އިތުރުން ރައްޔިތުންނަށްޓަކައި މި ކަމުގައި އެކުގައި މަސައްކަތްކުރަން ކައުންސިލް އަބަދު ވެސް އޮންނާނީ ތައްޔާރަށް ކަމަށް މޭޔަރު ވިދާޅުވި އެވެ. 

ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން، ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ސެކްޝަން ޗީފް ކެޓްރިން ލޫގަރ ވަނީ، މި އަހަރުގެ އޭޕްރީލް މަހު މޭޔަރު އާޒިމްއާ ބައްދަލުކުރައްވާފަ އެވެ. މި މަޝްރޫއަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕުންނެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލަނީ، އުޅަނދުތަކުގެ އަދަދާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މި ނިޒާމުގައި ހުރި ގޮންޖެހުންތަކަށެވެ.

މި މަސައްކަތުގެ ޑޭޓާ އެއްކުރުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 1000 އަށްވުރެ ގިނަ ގޭބިސީއަކަށް ޒިޔާރަތްކޮށްފަ އެވެ. މީގެ އިތުރުން، އޮންލައިންކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. ކައުންސިލުން އާންމުކޮށްފައިވާ ލިންކު މެދުވެރިކޮށް އާންމުންނަށް މި ދިރާސާގައި ބައިވެރިވެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ، މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް، ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުން ކަމަށް ވެސް ކައުންސިލުން ބުނެ އެވެ. 

މާލޭ ސިޓީ ކައުންސިލްޓްރެފިކް މައްސަލައާދަމް އާޒިމް

އިތުރަށް ކިޔާލަން

16 ޖުލައި 2026

މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް

16 ޖުލައި 2026
މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް
15 ޖުލައި 2026

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް

15 ޖުލައި 2026
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް
15 ޖުލައި 2026

އަލަތު ކައިވެނީގެ ހަފުލާއަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިފި

15 ޖުލައި 2026
އަލަތު ކައިވެނީގެ ހަފުލާއަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިފި
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
10 ޖުލައި 2026

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް

10 ޖުލައި 2026
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
10 ޖުލައި 2026

އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް

10 ޖުލައި 2026
އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް
10 ޖުލައި 2026

މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި

10 ޖުލައި 2026
މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި
10 ޖުލައި 2026

5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ

10 ޖުލައި 2026
5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު