Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލްތައް

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނާއި އެ ރަށްރަށުގެ ކައުންސިލްތަކުން ބައްދަލުކުރަން ހިލޭ ޖާގަ ހަމަޖައްސައިދޭން ސިޓީ ކައުންސިލުން ނިންމައިފި

މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކަށް ހިލޭ ޖާގަ ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ ކައުންސިލްތަކާއި ރައްޔިތުންގެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ދިނުމަށް. މޭޔަރު އާދަމް އާޒިމްގެ މި ހުށަހެޅުމާއެކު، ބައްދަލުވުންތަކަށް ބޭނުންވާ މެހެމާންދާރީގެ ކަންކަން ވެސް ކައުންސިލުން ހަމަޖައްސައިދޭނެ. މި ނިންމުމުގެ ސަބަބުން ކައުންސިލްތަކަށް ކުރިމަތިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 22 ޖުލައި 2026 | ބުދަ 14:22
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ތެރެއިން

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ތެރެއިން | މާލެ ސިޓީ ކައުންސިލް

މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭނުންވާ ނަމަ، އެ ރަށްރަށުގެ ކައުންސިލްތަކަށް ހިލޭ ޖާގަ ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ކައުންސިލްގެ ބައްދަލުވުމުގައި މިކަން ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރަށްރަށުގެ ކައުންސިލްތަކުން އެ ފަރާތްތަކާ ބައްދަލުކުރަން ބޭނުންވުމުން އެކަށީގެންވާ ޖާގަ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

މޭޔަރު އާޒިމް ފާހަގަކުރެއްވި ގޮތުގައި، މި ފުރުސަތު ފަހިކޮށްދިނުމަކީ ރަށްރަށުގެ ކައުންސިލްތަކާއި އެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. މީގެ އިތުރުން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ހިލޭ ދޫކުރުމުގެ އިތުރުން، އެ ބައްދަލުވުންތަކަށް ބޭނުންވާ ސައިފަދަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ، މާލެއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މޭޔަރު އާޒިމްގެ މި ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ ފުރިހަމަ ތާއިދާއެކު، މިއަދު ވަނީ އިއްތިފާގުން މިކަން ފާސްކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މި ނިންމުމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ހަރުދަނާވެ، މާލޭގައި ދިރިއުޅޭ ރައްޔިތުންނާ މުއާމަލާތްކޮށް ގުޅުން ބަދަހިކުރުމަށް ކައުންސިލްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މީގެއިތުރުން ވެސް މާލެ ސިޓީ ކައުންސިލުން މިފަހުން ވަނީ މާލޭގައި އަލަތު ކައިވެނިކުރާ ފަރާތްތަކަށް، އެ ފަރާތްތަކުގެ ކައިވެނީގެ ވަލީމާ ބޭއްވުމަށްޓަކައި ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް ވެސް ނިންމައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްއާދަމް އާޒިމްމާލެ

އިތުރަށް ކިޔާލަން

20 ޖުލައި 2026

މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު، ތޮއްޖެހުން ކުޑަކުރަން ޖެހޭ: އާޒިމް

20 ޖުލައި 2026
މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު، ތޮއްޖެހުން ކުޑަކުރަން ޖެހޭ: އާޒިމް
19 ޖުލައި 2026

ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް

19 ޖުލައި 2026
ތަރައްގީގެ ވާހަކަ ދެއްކޭނީ ރައްޔިތުން ތިބީ ސާފު ފެނުން ފެންވަރައިގެންކަން ޔަގީންކުރުމަށްފަހު، ރަސްމާލެ ވެސް އަންނަން ޖެހޭނީ އޭގެ ފަހުން: އާޒިމް
18 ޖުލައި 2026

ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް

18 ޖުލައި 2026
ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް
17 ޖުލައި 2026

ކޮންމެ އަހަރަކު މާލެއަށް އާ 2،000 ކުދިން، ރަށްރަށުގައި އަޅާ މަލްޓިޕާޕަސް ހޯލުތަކަށް ވަންނާނީ ފުރޭތަތަ؟

17 ޖުލައި 2026
ކޮންމެ އަހަރަކު މާލެއަށް އާ 2،000 ކުދިން، ރަށްރަށުގައި އަޅާ މަލްޓިޕާޕަސް ހޯލުތަކަށް ވަންނާނީ ފުރޭތަތަ؟
17 ޖުލައި 2026

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ހެދި ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ ކައުންސިލްގެ ޒިންމާއެއް: މޭޔަރު

17 ޖުލައި 2026
މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަކި އޮފީހެއް ހެދި ނަމަވެސް މި މައްސަލަ ހައްލުކުރުމަކީ ކައުންސިލްގެ ޒިންމާއެއް: މޭޔަރު
16 ޖުލައި 2026

ހުކުރު ދުވަހު ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

16 ޖުލައި 2026
ހުކުރު ދުވަހު ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
16 ޖުލައި 2026

މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް

16 ޖުލައި 2026
މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް
15 ޖުލައި 2026

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް

15 ޖުލައި 2026
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް
15 ޖުލައި 2026

އަލަތު ކައިވެނީގެ ހަފުލާއަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިފި

15 ޖުލައި 2026
އަލަތު ކައިވެނީގެ ހަފުލާއަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިފި
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު