Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ ބަައްދަލުވުން

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް

10 ޖުލައި 2026 | ހުކުރު 13:45

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ބޭނުންވާ މިނިވަންކަމާއި ވަސީލަތްތައް ފޯރުކޮށްދޭންޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. މާލެއަކީ ދިރިއުޅެން ފަހި، އަމާން ތަނަކަށް ހެދުމަށްޓަކައި ތިމާވެށި، އިގުތިސާދު އަދި މުޖުތަމައަށް އަމާޒުކޮށްގެން 25 އަހަރުގެ ދުރުރާސްތާ ތަރައްގީގެ ޕްލޭނެއް ސިޓީ ކައުންސިލުން ވަނީ އެކުލަވާލާފަ. މި ޕްލޭންގެ ދަށުން ދަތުރުފަތުރާއި ބޯހިޔާވެހިކަން ހިމެނޭހެން ހަތް އިސްތިރާޖެއް ހާސިލްކުރުމަށް ވަނީ ރޭވިފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ޖުލައި 2026 | ހުކުރު 13:45
9 ޖުލައި 2026 ގައި ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި، މޭޔަރ އާދަމް އާޒިމް ވާހަކަ ދައްކަވަނީ.

9 ޖުލައި 2026 ގައި ބޭއްވި، މާލެ ސިޓީ ކައުންސިލްގެ، 2026 ވަނަ އަހަރުގެ، ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައި، މޭޔަރ އާދަމް އާޒިމް ވާހަކަ ދައްކަވަނީ. | މާލެ ސިޓީ ކައުންސިލް

ލާމަރުކަޒީ ގާނޫނަށްފަހު ގެނެވުނު އިސްލާހުތަކުގެ ސަބަބުން އެގާނޫނުން ކައުންސިލުތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އަމަލީ ގޮތުން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާޒިމް ވިދާޅުވީ ވޭތުވެދިޔަ 15 ވަރަކަށް އަހަރުތެރޭގައި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދާއިރާތަކުގެ ޑިމޮކްރަސީ ވަރުގަދަވެ، ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާ ވާނެ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ލާމަރުކަޒީ ނިޒާމުގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒު ކުރުމަށް ކުރާ ދަތުރު ނިމުމަކަށް ނާންނަ ކަމަށާއި އަދިވެސް ގޮންޖެހުންތައް ހުރިކަމަށް އާޒިމް ވިދާޅުވި އެވެ. ގާނޫނަށް މިފަހުން ގެނެވުނު ބަދަލުތަކުގެ ސަބަބުން ކައުންސިލުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ސިޓީ ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ފަހުން ގެނެވުނު އިސްލާހުތަކުގެ ސަބަބުން އެގާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ވަނީ ވަރަށް ބޮޑަށް ހުރަސްތަކެއް ކުރިމަތިވެފައި، މިރޭ މި ހުށަހަޅަނީ ވޭތުވެދިޔަ 6 މަސް ދުވަހުގެ ރިޕޯޓު، މި މުއްދަތުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ސިޓީ ކައުންސިލުގެ މައްސޫލިޔަތުތައް އަދާކުރުމުގެ ގާބިލުކަން، ބޮޑެތި އަސަރުތަކެއް ކުރިކަން ފާހަގަކޮށްލެވިގެން ގޮސްފައިވާނެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހަމައެކަނި ލޯކަލް އޮތޯރިޓީތަކަށް ޒިންމާ ހަވާލުކުރުމަކުން ނުފުދޭ ކަމަށެވެ. ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ މިނިވަން ކަމާއި ވަސީލަތްތައް އަދި މުވައްސަސާގެ ގާބިލުކަން ކައުންސިލްތަކަށް ލިބިދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މާލެ ސިޓީ އަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކޮށް، ދިރިއުޅެން ފަހި ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި 2027 އިން 2031 އަށް ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލެވޭ ތަރައްގީގެ ޕްލޭނެއް މާލެ ސިޓީ ކައުންސިލުން ވަނީ އެކުލަވާލާފަ އެވެ. 

"ރިތިންކް މާލެ އާރބަން ސްޓްރެޓެޖީ 2030/2050" ގެ ނަމުގައި އެކުލަވާލި މި ދުރު ރާސްތާ ޕްލޭންގެ މައިގަނޑު ތަސައްވަރަކީ ކުރިއަށް އޮތް 25 އަހަރު ދުވަހުގެ ތެރޭގައި މާލެއަކީ ދިރިއުޅެން ފަހި، ހިތްފަސޭހަ ޖަޒީރާ ސިޓީއަކަށް ހެދުމެވެ. މި ޕްލޭން ބަހާލެވިފައިވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ ތިމާވެށި، އިގުތިސާދު އަދި މުޖުތަމައެވެ. މި ދާއިރާތަކުގެ ދަށުން ޖުމްލަ 7 އިސްތިރާޖެއް ވަނީ ކަނޑައަޅާފަ އެވެ.

ޕްލޭންގެ ފުރަތަމަ އިސްތިރާޖަކީ މާލެއަކީ "ހަލުވި ސިޓީ" އަކަށް ހެދުމެވެ. މީގެ މަގުސަދަކީ ދަތުރުފަތުރު ކުރުމާއި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ނިޒާމެއް ގާއިމުކުރުމެވެ. މީގެ ދަށުން ވެހިކަލް ކެރީން ކެޕޭސިޓީ ކަނޑައެޅުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ވަނީ ނިންމާފަ އެވެ.

ދެވަނަ އިސްތިރާޖަކީ "ފިނި ސިޓީ" އެކެވެ. މާލޭގެ ހޫނުމިން މަޑުކުރުމަށްޓަކައި ފެހިކަން އިތުރުކުރުމާއި، ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް، ކުނި އުކާލުމުގެ ނިޒާމު ހަރުދަނާކުރުމަށް ވަނީ ހިމަނާފަ އެވެ. ތިންވަނަ އިސްތިރާޖެއްގެ ގޮތުގައި އޮތީ "ބަދަލުތަކަށް އިޖާބަދޭ ސިޓީ" އަކަށް ހެދުމެވެ. މީގެ ދަށުން ބިންތައް ބޭނުންކުރާ ގޮތް ތަރުތީބުކޮށް، ސިނާއީ މަސައްކަތްތަކަށް ހާއްސަ ސަރަހައްދުތައް ކަނޑައެޅުން ހިމެނެ އެވެ.

އިގުތިސާދީ ކުރިއެރުމަށް އަމާޒުކޮށް ހަތަރުވަނަ އިސްތިރާޖެއްގެ ގޮތުގައި "ފާގަތި ސިޓީ" އެއް ބިނާކުރުން ހިމަނާފައިވާއިރު، ފަސްވަނަ އިސްތިރާޖަކީ "އެންމެން ހިއްސާވާ ސިޓީ" އެކެވެ. މީގެ ބޭނުމަކީ ބޯހިޔާވެހިކަމާއި ވަޒީފާގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ. ހަވަނަ އިސްތިރާޖެއްގެ ގޮތުގައި "އަމިއްލަވަންތަ ސިޓީ" އެއްގެ ގޮތުގައި މާލެ ތަރައްގީކޮށް، ސަގަފީ ތަރިކަ ރައްކާތެރިކުރުމަށް ވަނީ ނިންމާފަ އެވެ.

ޕްލޭންގެ އެންމެ ފަހު އިސްތިރާޖަކީ "އަމާން އަދި ރައްކާތެރި ސިޓީ" އެކެވެ. މީގެ ދަށުން ގާނޫނީ އެހީތެރިކަމާއި ޑިޖިޓަލް ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވުން ހިމެނެ އެވެ. މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި ހުރިހާ ލަނޑުދަނޑިތަކެއް ހާސިލްކުރުމަށްޓަކައި ކައުންސިލްގެ އިދާރީ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށް ވެސް ވަނީ ރޭވިފަ އެވެ. މި ޕްލޭނަކީ މާލޭގެ މުސްތަގުބަލަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެ އެވެ. 

ސިޓީ ކައުންސިލުން ހާމަކުރި ގޮތުގަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަކީ މާލެ ސިޓީގެ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

އާދަމް އާޒިމް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުމާލޭ ސިޓީ ކައުންސިލްރިތިންކް މާލެ އާރބަން ސްޓްރެޓެޖީ 2030/2050

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް

10 ޖުލައި 2026
އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް
10 ޖުލައި 2026

މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި

10 ޖުލައި 2026
މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި
10 ޖުލައި 2026

5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ

10 ޖުލައި 2026
5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ
05 ޖުލައި 2026

ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ

05 ޖުލައި 2026
ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުވާލީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ އެމްޑީޕީން ކޯޓަށް ދަނީ
04 ޖުލައި 2026

ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ

04 ޖުލައި 2026
ހިރިމަރަދޫ ރައްޔިތުން: މިރަށު ކައުންސިލުގައި ދިދަ ނަގާފައި ބަހައްޓާނެ ކަމެއް ނެތް، ފަޅު ރަށްރަށުގައި ދިދަ އެއް ނުހުންނާނެ
28 ޖޫން 2026

ސަރުކާރުގެ އިސް ތަރުޖަމާނު ދައްކާ ވާހަކަ އާ ސަރުކާރުގެ މިނިސްޓަރުން ދައްކާ ވާހަކަ ދިމާނުވެ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ޙާޖީ ޢިމާދުއްދީންގެ އުސްގެކޮޅު ވައްދައިފި

28 ޖޫން 2026
ސަރުކާރުގެ އިސް ތަރުޖަމާނު ދައްކާ ވާހަކަ އާ ސަރުކާރުގެ މިނިސްޓަރުން ދައްކާ ވާހަކަ ދިމާނުވެ ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ޙާޖީ ޢިމާދުއްދީންގެ އުސްގެކޮޅު ވައްދައިފި
27 ޖޫން 2026

ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި

27 ޖޫން 2026
ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި
25 ޖޫން 2026

100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި

25 ޖޫން 2026
100 އަހަރަށްވުރެ ގިނަ ދުވަސްވީ އުސްގެކޮޅަށް ގެއްލުންދިން މައްސަލަ އެއް ފުލުހުންނާ ގުޅިގެން ބަލަން ފަށައިފި
19 ޖޫން 2026

ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ

19 ޖޫން 2026
ކައުންސިލްތައް އޮވެގެން ރަށްތައް ތަރައްގީވާ ކަމަށް ވިދާޅުވި އައިބީ، ކައުންސިލަރުން ތިބުމަށްވުރެ ކަތީބުން ތިބި ޒަމާން މާ ރަނގަޅު ކަމަށް ވިދާޅުވެއްޖެ
18 ޖޫން 2026

ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"

18 ޖޫން 2026
ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް