Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް

15 ޖުލައި 2026 | ބުދަ 14:13

ހުޅުމާލޭގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި އެޗްޑީސީން އިހުމާލުވަމުންދާ ކަމުގެ ޝަކުވާތަކާ ގުޅިގެން، މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް އެދިވަޑައިގަތުމުން އެ ފުރުސަތު ދީފައެއް ނުވޭ. މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދާއިރު، މިއީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ތަކުލީފެއް ކަމަށް މޭޔަރު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖުލައި 2026 | ބުދަ 14:13
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އާއި ކައުންސިލަރުން އެޗްޑީސީއަށް ބުދަ ދުވަހު ވަޑައިގެންނެވި ނަމަވެސް މަޝްވަރާ ކުރުމުގެ ފުރުސަތު ދީފައިނުވޭ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އާއި ކައުންސިލަރުން އެޗްޑީސީއަށް ބުދަ ދުވަހު ވަޑައިގެންނެވި ނަމަވެސް މަޝްވަރާ ކުރުމުގެ ފުރުސަތު ދީފައިނުވޭ. | މާލެ ސިޓީ ކައުންސިލް

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިހުމާލުވަމުންދާތީ، އެކަމާ މަޝްވަރާކުރުމަށް މާލެ ސިޓީ ކައުންސިލުން އެދުނު ފުރުސަތު އެޗްޑީސީން ނުދިން ކަމަށް މާލެސިޓީ ކައުންސިލުން ބުނެފި އެވެ. 

މާލެސިޓީ ކައުންސިލުން ބުނީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި އެޗްޑީސީން އިހުމާލުވަމުންދާ މައްސަލަ ވަރަށް ބޮޑު ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށް މޭޔަރު އާދަމް އާޒިމް އާއި، ކައުންސިލަރުން ބުދަ ދުވަހު އެޗްޑީސީއަށް ވަޑައިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަތުމުން އެ ފުރުސަތު ދީފައިނުވާ ކަމަށެވެ. 

Advertisement - newsAdvertisement

މޭޔަރާއި ކައުންސިލަރުން އެޗްޑީސީއަށް ވަޑައިގަތީ، ހުޅުމާލޭގެ ވިނަރެސް ފްލެޓްތަކާއި އެފްޑީސީގެ ފްލެޓްތަކާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެޗްޑީސީން ފަރުވާކުޑަކުރަމުންދާ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް ލިބޭތީ އެކަމާ ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، ހުޅުމާލޭގެ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތްތައް ނުލިބޭ މައްސަލަ ވަރަށް ބޮޑު ކަމަށާއި، އެކަމާ ގުޅޭގޮތުން އެޗްޑީސީއާއެކު މަޝްވަރާ ކޮށް އަވަސް ހައްލެއް ހޯދަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު އެޗްޑީސީން ފަހިކޮށްދީފައިނުވާ ކަމަށާއި، މިއީ ވަރަށް ދެރަ މައްސަލައެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މައްސަލަ ހައްލުވަންދެން އެޗްޑީސީއަށް ދާނެ ކަމަށެވެ. 

މި މައްސަލައަކީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާއްމު ޖަލްސާއަށް ހުށަހެޅުއްވި މައްސަލައެކެވެ.

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރި އިރު، ސިޓީ ކައުންސިލުން ދަނީ މިކަމުގައި އެޗްޑީސީގެ އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ހުޅުމާލެ މާލޭ ސިޓީ ކައުންސިލްހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާދަމް އާޒިމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

15 ޖުލައި 2026

އަލަތު ކައިވެނީގެ ހަފުލާއަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިފި

15 ޖުލައި 2026
އަލަތު ކައިވެނީގެ ހަފުލާއަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދޭން ނިންމައިފި
15 ޖުލައި 2026

ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް

15 ޖުލައި 2026
ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ރައީސް އެ އުޅުއްވަނީ ޗަރުކޭސް ކުޅެ ޑްރާމާ ކުޅެން، ބޭނުމަކީ ރައްޔިތުން ނިކަމެތިކޮށްލުން: އާޒިމް
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
10 ޖުލައި 2026

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް

10 ޖުލައި 2026
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
10 ޖުލައި 2026

އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް

10 ޖުލައި 2026
އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް
10 ޖުލައި 2026

މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި

10 ޖުލައި 2026
މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި
10 ޖުލައި 2026

5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ

10 ޖުލައި 2026
5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ
08 ޖުލައި 2026

މަޑިހާގެ ފަރާތުން ހުޅުމާލޭގައި އުފަންވެލި ފިހާރައިގެ އައު އައުޓްލެޓެއް ހުޅުވައިފި

08 ޖުލައި 2026
މަޑިހާގެ ފަރާތުން ހުޅުމާލޭގައި އުފަންވެލި ފިހާރައިގެ އައު އައުޓްލެޓެއް ހުޅުވައިފި
02 ޖުލައި 2026

ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

02 ޖުލައި 2026
ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް