Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026 | ހޯމަ 15:29

މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާ އޮފީހެއް އުފައްދަވާފައެވެ. ނަމަވެސް، މިހާރުވެސް ކަމާގުޅޭ މުއައްސަސާތައް ހުރި އިރު، މިފަދަ އިތުރު އޮފީހެއް އުފެއްދުމަކީ ދައުލަތުގެ ޚަރަދު ބޮޑުވެ، މަސައްކަތްތައް ފުށުއަރާނެ ކަމެއް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 ޖުލައި 2026 | ހޯމަ 15:29
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު -

ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު - | ގެޓީ އިމޭޖަސް

މަގުމަތިން ދިމާވި ރައްޓެއްސަކު ކޮށްލި ސުވާލަކުން ހައިރާން ވިއެވެ. އެއީ އަނެއްކާ ކޮން ކަމެއް ބާވައޭ ހިތަށް އެރިއެވެ. އޭނާ އެހީ "ވަރި ވަރިމަދުކުރުމާ ބެހޭ ޤައުމީ އޮފީސް" ހުންނަ ތަނެއް އެނގޭ ހެއްޔޭއެވެ.

ވަރަށް ސީރިއަސް ވެލާފައި އެއެހި ސުވާލުގެ ޖަވާބުގައި އޭގެ އޮފީހެއް ހުރޭހޭ އަހައިފީމެވެ. ދެންވެސް ދިނީ ތަފާތު ޖަވާބެކެވެ. އާން ހުންނާނެތާއެވެ. "އޭނާ ބުންޏެވެ.

އެކަމަކު ތިޔަ ކަހަލަ އޮފީހެއް ހުންނަ ކަމެއް ނޭނގެއޭ ބުނުމުން އޭނާ ބުނީ "ނާފަހެ ނުހުންނާންވީ ސަބަބެއް ނެތްތާއޭ. އެންމެ ގިނަ އެކައްޗަކީ އެވިއްޔާއޭ" އޭނާ ބުންޏެވެ. އިތުރަށް ބުނީ ކަންކަން ރަނގަޅުކުރުމަށް އޮފީސް އުފެއްދެވުމުގައި މެކުހަށް ޖަހާފައިވާ މުއިއްޒު އޭގެ އޮފީހެއްވެސް ހުންނާނީ ހަދާފައި ތާއެވެ.

ވެގެން އުޅޭ ގޮތެއް ސާފުވީ އެހާ ހިސާބުންނެވެ. އޭނާ އެއިޝާރާތް ކުރަނީ "މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރު ގިނަވެ ދިމާވަމުން އަންނަ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި ޚާއްސަ އޮފީހެއް އުފައްދެވި އުފެއްދެވުމަށެވެ"

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި މި އޮފީސް އެ މަނިކުފާނު އުފައްދަވައިފައިވަނީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ އޮފީސް ހިންގާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުންނެވެ.

މިއީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެ ކަމަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށް ރައީސް ހެއްދެވި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި މި އޮފީހުން އިސް ދައުރެއް އަދާކުރާނެއެވެ.

އެ އޮފީސް ހިންގާނީ، ގަވަނިންގ ބޯޑެއްގެ ލަފާގެ ދަށުން ކަމަށްވާއިރު، އެ އޮފީހަށް ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ޖަހާނެ ނަންބަރަކީ، 1142 ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިފަދަ އޮފީހެއް އުފެއްދެވި އިރު، މިހާރުވެސް ޓްރާންސޕޯޓް މިނިސްޓްރީއެއް އެބަހުއްޓެވެ. ޤާނޫން ތަކާއި ގަވާއިދުތައް ތަންފީޒް ކުރުމުގައި ފުލުހުންވެސް ހަރަކާތްތެރިވާތަން ފެނެއެވެ. ޗެކް ޕޯސްޓްތައް ޖަހައިގެން ބަލަންވެސް ބަލައެވެ. ޕާކް ކުރެވޭނޭ ތަންތަނާއި ޕާކް ނުކުރެވޭނޭ ތަންތަން ވަނީ ކަނޑައަޅާފައެވެ. ދުއްވުމުގައި ކަންކުރާން ޖެހޭ އުސޫލުތަކެއް ވަނީ ހެދިފައެވެ. އުނދަގޫވާ ގޮތައް ގަވާއިދާ ޚިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ދޭތެރެ ދޭތެރެއިން ޓޯވ ވެސް ކުރެއެވެ.

އަނެއްކޮޅުން މިފަދަ އޮފީހެއް އުފައްދަވާފައި މިވަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ހާލަތު ދެނެގަތުމަށް ދިރާސާތަކެއްކޮށް އެދިރާސާތަކުގެ އަލީގައި ކަންކުރަން ރާވައި ޕްލޭނެއްވެސް އެކުލަވާލާފައި ވަނިކޮށެވެ. މާލޭ ރައްޔިތުންގެ ޚިޔާލް ހޯއްދެވުމަށް ސިޓީ ކައުންސިލުން ދާދިފަހުން ބޭއްވި ބައްދަލުވުމުގައި އެކަން ވަނީ ޢާއްމުވެސް ކުރައްވާފައެވެ. އަދި އެކަން ތަންފީޒް ކުރައްވާނީ ސަރުކާރުގެ ކަމާ ގުޅުންހުރި އެންމެހާ އިދާރާތަކާއި ގުޅިގެން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

ސުވާލަކީ މާލޭގެ ތޮއްޖެހުމާއި ވެހިކަލްތައް ގިނަ ވުމާއި ވެހިކަލް ދުއްވުމުގެ ދަތިކަން ހައްލު ނުވެގެން މިއުޅެނީ އޮފީހެއް މަދުވެގެން ހެއްޔޭއެވެ. އުފެއްދި އޮފީހާ ގުޅޭ ގޮތުން ސޯޝަލް މީޑިޔާގައި ކޮށްފައިވާ ބައެއް ކޮމެންޓް ތަކަށް ބަލާއިރު އިތުރު އޮފީހެއް ބޭނުމެއް ނުވެއެވެ. މިހާރުވެސް އެކަން ކުރާނެ އިދާރާތައް މަދެއް ނޫނެވެ. އަދި މާލޭގެ މަގުތަކުގެ ކަންކަން ބެލެހެއްޓުމަށް މާލޭ ސިޓީ ކައުންސިލްގެ މެންޑޭޓުގައި ވަނީ ހިމެނިފައެވެ. އެކައުންސިލަށް އެއްބާރުލުން ދީގެން ތަންފީޒީ އޮނިގަނޑު ހަރުދަނާކޮށް ތަންފީޒް ކުރުމުން ހައްލުތަކެއް ގެނެވޭނެއެވެ.

ކޮމެންޓް ކުރި އެކަކު ބުނީ މިއޮފީހުގެ މެންޑޭޓަކީ "އަވަހަށް މައްސަލަ ހައްލު ކުރުމަށް ބައެއް ވެހިކަލްތަކާއި ބައެއް މީހުން މާލެއިން ބޭރުކުރުން ތޯއެވެ"

އެހެން މީހަކު ވަނީ ތޮއްޖެހުން ހައްލު ކުރުމަށް މިހާރުވެސް ހުރި އިދާރާތައް ހިމެނޭ ލިސްޓެއް ކިޔައިދީފައެވެ. " މާލެއާއި މާލެ ސަރަޙައްދުގެ މަގުތަކާއި ޓްރެފިކް ބަލަހައްޓަން: 1. ދިވެހި ފުލުހުން އަދި (ބޭނުން ވެއްޖެ ނަމަ ސިފައިން) 2. ޓްރާންސްޕޯރޓް މިނިސްޓްރީ 3. ސިޓީ ކައުންސިލް ދެން އިތުރު ކޮން ތަނެއް އުފައްދަންވީ؟ ހެޔޮނުވާނެ. އިޚުލާޞްތެރިކަން އިސްކުރޭ. ރައްޔިތުންނަށް ވަފާތެރިވޭ. ޔަޤީންކުރޭ! ތިބާގެ ކޮންމެ ޢަމަލަކާ މެދު ސުވާލުކުރެވޭނެ ދުވަސް އަންނާނެ!" އޭނާ ބުނެފައިވެއެވެ.

އިތުރު ކޮމެންޓެއްގައި ބުނީ "އޮފީސް ހަދައިގެން ތިބެ ހުސްއަނގަތަޅަމުން މުސާރަ ނެގި ވަރަކަށް މަގުމަތީގެ ވެހިކަލްތަކުގެ ސައިޒު ދާނީ ކުޑަވަމުން ހިކެމުން މަދުވަމުން. މިއީ މިޒަމާނުގެ ސައިންޓިފިކު ހޯދުންތަކާއި ޖައްވީ އިދާރާތަކުގެ ދިރާސާތަކުން ފެންނަން ހުންނަ ކަންކަމެވެ. ރާއްޖެ ތަރައްގީވެފައިވާ މިންވަރަކީ ފާޚާނާ ހޮޅީގެ މައްސަލައެއްވިޔަސް އެކަން ހައްލު ކުރަން ވަކި އޮފީ ހަކާއި ގޮނޑި މޭޒާ އޭސީ އަދި މުއައްޒަފުންލައި އެމީހުންނަށް ބޮޑެތި މުސާރާދީގެން ނޫނީ ހައްލުކުރުން ކޮމްޕުލެކުސް ކަންކަމަށްވެފައެވެ. އެގޮތުން ސުޓޭޓް ފާމާއަމާ އަދި އެނޫންވެސް ޑީބީއެމް ބޭންކު ފަދަ ބޮޑެތި ތަރައްގީގެ މެގަ ކުރިއެރުންތަށް ހާސިލުވެފައި މިވަނީ މި ހަރުދަނާ ސިޔާސަތުތަކަށް ތަބާވެގެންނެވެ." ރައީސް މުއިއްޒުގެ ސަރުކާރަށް ނިސްބަތްކޮށް އޭނާ ބުންޏެވެ.

ކޮމެންޓްތަކަށް ބަލާއިރު ގިނައީ މި އޮފީސް ހެދުމުން ކަންބޮޑުވުން ފާޅުކުރި ފަރާތްތަކެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި މިއީ ސަރުކާރުން ބޭނުންވާ އިތުރު ބަޔަކަށް ވަޒީފާ ދިނުމަށް ކުރާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން މައްސަލަ ހައްލުވުމަށްވުރެ ދައުލަތުގެ ޚަރަދު އަނެއްކާވެސް ދާނީ ބޮޑުވަމުންނެވެ.

ހަނދާނަށް އަންނަނީ ތަންކޮޅެއް ކުރީގެ ވާހަކައެކެވެ. ކުރީގެ ސަރުކާރެއްގައި މިނިސްޓްރީއަކުން އަމަލީ މަސައްކަތައްވުރެ ކޮމެޓީތައް ގިނަވުމުން މިނިސްޓަރަށް، ކޮމެޓީތައް މަދުކޮށްފައި އަމަލީ މަސައްކަތައިގެން އުޅުއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އެންގެވިއެވެ.  ޖެހިގެން އައި ދުވަހު އެ މިނިސްޓްރީން ރައީސް އޮފީހަށް ސިޓީއެއް ފޮނުވިއެވެ. އޭގައިވަނީ  "އެންގެވި ގޮތައް ކޮމެޓީތައް މަދުކުރުމަށް ކޮމެޓީއެއް އުފައްދަވާނެ ކަމަށާއި އެކޮމެޓީގެ ކަންކަން  ވިލެރަސް ކުރުމަށް ކޮމެޓީއެއް އުފައްދަވައި އެކޮމެޓީ މޮނިޓަރ ކުރުމަށްވެސް ކޮމެޓީއެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.

ކޮންމެއަކަސް މަދުވެގެން މިއުޅެނީ އޮފީހެއް ނުވަތަ އިދާރާއެއް ނޫނެވެ. ގައުމުގައި ހުރި ކޮންމެ މައްސަލައެއް ހައްލުކުރަން އެކަންކަމާ ގުޅޭ އިދާރާތަކާއި ވުޒާރާތައް ހުރިގޮތައް ހުއްޓާ ވަކި އޮފީސްތަކެއް ހަދަމުންދާނަމަ ވަރި މަދުކުރުމަށް ވެސް ވަކި އޮފީހެއް  އުފެއްދުމަކީ ގާތް ކަމެކެވެ. ދުނިޔޭގެ ނިސްބަތުން އެންމެ ވަރި ގިނަ އެއް ގައުމަކީ ރާއްޖެ ކަމަށް ވާއިރު، "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް" ރައީސް މުއިއްޒު އުފެއްދެވުމަކީ ދުރުކަމެއް ހެނެއް ހީއެއް ނުވެއެވެ.

ޑރ. މުޙައްމަދު މުޢިއްޒުގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސްމާލޭ ސިޓީ ކައުންސިލްއާދަމް އާޒިމްޤަތަރުގެ ޓްރާންސްޕޯޓް މިނިސްޓްރީމާލެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

13 ޖުލައި 2026
ރައީސް މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި
13 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި

13 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި
12 ޖުލައި 2026

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި

12 ޖުލައި 2026
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
12 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

12 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
11 ޖުލައި 2026

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

11 ޖުލައި 2026
އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް
11 ޖުލައި 2026

އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮތުން ލުއިކޮށްދެވޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

11 ޖުލައި 2026
އާމްދަނީއެއް ނުލިބޭ ގޮތަށް ދުވަސްވީ މީހުން ބެލުމަށް އޮންނަ އޮތުން ލުއިކޮށްދެވޭނޭކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް