Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް މޮބިލިޓީ އޮފީސް

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026 | ހޯމަ 11:11

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފެއްދުމަކީ ދައުލަތުގެ ޚަރަދު ބޮޑުވެ، ލާމަރުކަޒީ ނިޒާމަށް ހުރަސްއެޅޭނެ ކަމެއް. މި ނިންމުމަކީ ސިޓީ ކައުންސިލްގެ ބާރުތައް ހަނިކޮށް، ސިޔާސީ ނުފޫޒު ފުޅާކުރުމަށް ކުރި ކަމެއްގެ ގޮތުގައި ބެލެވޭއިރު، މިއީ ސަރުކާރުން ޚަރަދު ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތާ ފުށުއަރާ ކަމެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2026 | ހޯމަ 11:11
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ދިވެހި ދައުލަތުގެ ފައިސާ އަމާނާތްތެރި ކަމާ އެކު ޚަރަދުކުރާނެ ކަމުގެ ވައުދާއެކުގައެވެ. އިޤްތިސާދު މެނޭޖްކޮށް، ދެފުއް ފެންނަ ގޮތެއްގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާނެކަމުގެ ޔަޤީންކަމާއެކުގަ އެވެ. ނަމަވެސް މިއަދު ކޮންމެ މައްސަލައަކަށް މި ސަރުކާރުން ދައްކަމުންގެންދާ ޙައްލަކީ އައު އޮފީހެއް އުފެއްދުމާއި، އައު މަޤާމުތަކެއް އުފެއްދުމެވެ.

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފެއްދުމަކީ ވެސް މި ދެންނެވި ބީދައިން ހިނގާފައިވާ ކަމެކެވެ. މިއީ މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ސަރުކާރުން ދިން ހައްލެވެ.

Advertisement - newsAdvertisement

މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރުމަށް މިހާރުވެސް ދިވެހި ފުލުހުންގެ ފައުޖުގައި އެތައް މުވައްޒަފުންނެއް އެބަތިއްބެވެ. ނުވިތާކަށް މާލޭ ސިޓީ ކައުންސިލުގައިވެސް މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް އެތައް މުވައްޒަފުންނެއް ޙަރަކާތްތެރިވެ އެވެ.

މީގެ އިތުރުން، ބޮޑުސިންގާހާ ޓްރާންސްޕޯޓް މިނިސްޓްރީއެއް މިހާރުވެސް އެބައޮތެވެ. މިނިސްޓްރީގެ މެންޑޭޓު ސާފުކޮށް ލިޔެ، އެކަމަށްޓަކައި ޑިޕާޓްމަންޓުތައް ހެދިފައި އެބައޮތެވެ. ވީއިރު މިނިސްޓްރީގައި އިތުރު އޮފީހެއް އުފައްދައި، ކުއްލިގޮތަކަށް މި ގެނައި ބަދަލުގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮން ކަމެއްތޯ އެވެ؟

އެހެނީ މި ދެންނެވި އެއްވެސް މުއައްސަސާއެއްގެ ގާނޫނީ ބާރު ނެތިގެން ދިޔައީކީ ނޫނެވެ. ޓްރެފިކް ބަލަހައްޓަން މި ރާއްޖޭގައި ފުލުހުން މަދެއް ނޫނެވެ. ވީއިރު، ރައްޔިތުންގެ ފައިސާއިން ހަރަދުކުރާ މި މުއައްސަސާތަކުން ނަތީޖާ ނެރުމަށް ބާރުއެޅުމުގެ ބަދަލުގައި، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމަށް އިތުރު އިދާރާއެއް އިތުރުކުރަން މި ނިންމީ ކޮން ހަމައަކުން ބަލާފައިބާ އެވެ؟

މި އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި، މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި އެ ޕުރޮގުރާމުތައް ތަންފީޒުކުރުމާއި، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް ޓަކައި އެކުވައިލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެ ން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުން ހިމެނެ އެވެ.

އެހެންނަމަވެސް، މިއިން ކޮންމެ ކަމަކަށް ޚާއްސަ ޑިޕާޓްމަންޓުތައް މިހާރުވެސް ދައުލަތުގެ އިދާރާތަކުގައި ޤާއިމުވެފައި ހުރިކަން ފާހަގަ ކުރަންޖެހެ އެވެ. އެއީ ހައްތަހާވެސް ހިނގަހިނގާ ހުރި އިދާރާތަކެވެ. 

ކޮންމެ އާ އޮފީހަކާއެކު ޑިރެކްޓަރުންނާއި، މުވައްޒަފުންނާއި، އުޅަނދުފަހަރާއި، ސާމާނާއި، އޮފީސް ހިންގާނެ އިމާރާތުގެ އިތުރުން ހިންގުމުގެ ދާއިމީ ޚަރަދުތައް އުފެދިގެންދެ އެވެ. މިއީ ހައްތަހާވެސް ރައްޔިތުންގެ ޖީބުން ދާއިމީގޮތެއްގައި ކުރަންޖެހޭނެ ހޭދަތަކެކެވެ.

ދައުލަތުގެ މާލީ ހާލަތު ދަތިވެ، ޚަރަދު ކުޑަކުރަންޖެހޭ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާ ދަނޑިވަޅެއްގައި، އާ އެޖެންސީއެއް އުފެއްދުމުން ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާ މިންވަރު ހާމަވެ އެވެ. ނޫނީ މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިޔާސީ ސަބަބެއް އޮތީތޯ އެވެ؟

ވެރިކަންކުރާ ޕާޓީއަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ގެއްލުނުތާ ދުވަސްކޮޅެއްގެ ތެރޭގައި ސިޓީ ކައުންސިލުގެ މެންޑޭޓުވެސް ހިމެނޭ ކަންކަން ޙަވާލުކޮށް މުޅިން އައު އޮފީހެއް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވުމުން، މިހެން ނުވިސްނޭންވީ ސަބަބެއްވެސް ނެތެވެ. ސަބަބަކީ މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރުންވެސް މި އައު އޮފީހުގެ މެންޑޭޓުގައި ހިމެނިފައިވާތީ އެވެ. މި މަސައްކަތްތައް ތަންފީޒުކުރުމުގައި ވަކި ސިޓީ ކައުންސިލުގެ ދައުރުވެސް ކުޑައެއް ނުވާނެ އެވެ.

އެހެންކަމުން ބޮޑަށް ބުރަވެވެނީ މިއީ އިންތިޚާބުކޮށްފައިވާ މުއައްސަސާއެއްގެ ސިޔާސީ ކޮންޓްރޯލް ސަރުކާރަށް ގެއްލުމުން އުފެއްދި އޮފީހެއްގެ ގޮތުގައެވެ. ސަބަބަކީ މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވި ނަމަ، ސިޓީ ކައުންސިލާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ޓްރެފިކް ޕޮލިހަށް އިތުރު ވަސީލަތްތައް ދިނުމަށާއި، މިހާރުވެސް ހުރި މުއައްސަސާތަކުގެ ތަންފީޒީ ބާރު ގަދަކުރުމަށް ސަރުކާރަށް އެއްވެސް ހުރަހެއް ނެތެވެ. މިއިން އެއްވެސް ކަމަކަށް އިދާރީ އޮނިގަނޑު ބޮޑުކުރާކަށް ނުޖެހެ އެވެ.

އޭގެ ބަދަލުގައި، ސަރުކާރުން މި އިޚްތިޔާރުކުރި ހައްލަކީ މަރުކަޒީ ސަރުކާރުގެ ނުފޫޒު ފުޅާކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އުފެދިފައިވާ ލޯކަލް ގަވަރމަންޓްގެ ދައުރު ހަނިކުރުމެވެ.

ޑރ. މުޙައްމަދު މުޢިއްޒުގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސްމާލޭ ސިޓީ ކައުންސިލްލާމަރުކަޒީ ނިޒާމުމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި އެއް ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް
13 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި

13 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ދެންނެވުމަށް ރައީސް މުއިއްޒު ގަތަރަށް ފުރާވަޑައިގެންފި
13 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި

13 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފި
12 ޖުލައި 2026

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި

12 ޖުލައި 2026
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
12 ޖުލައި 2026

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

12 ޖުލައި 2026
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
12 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް

12 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް
12 ޖުލައި 2026

ނައިވާދޫ ބަނދަރު ހަނދަން ގެންދިޔަ މެޝިނަރީތައް ވީ ހިސާބެއްވެސް ނޭނގޭ!

12 ޖުލައި 2026
ނައިވާދޫ ބަނދަރު ހަނދަން ގެންދިޔަ މެޝިނަރީތައް ވީ ހިސާބެއްވެސް ނޭނގޭ!
12 ޖުލައި 2026

އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު

12 ޖުލައި 2026
އަތޮޅު ކައުންސިލްއާ ނުލައި އަތޮޅެއް ތަރައްގީވެ ކުރިއަށް ނުދާނެ: ނިމާލު
12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް