Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއޭސީއެލް

އެމްއޭސީއެލްގައި މަސައްކަތަށް ނުނިކުންނަ 85 މުވައްޒަފުން ތިބި ލިސްޓެއް އާންމުވެފައިވާއިރު، އެ ލިސްޓު ސައްހަތޯ ނުވަތަ ނޫންތޯ ވެސް އެ ކުންފުނިން ސާފުކޮށްދީފައި ނުވޭ: ނާޒިމް

4 އޯގަސްޓު 2026 | އަންގާރަ 12:16

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުފެއްދުންތެރިކަމެއް ނެތް ގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން ތިބުމަކީ އިގުތިޞާދަށް ލިބޭ ބޮޑު ނިކަމެތިކަމެއް ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ. އެމްއޭސީއެލް ފަދަ ކުންފުނިތަކުގައި ބޭނުންވާ ވަރަށް ވުރެ އިތުރަށް މީހުން ތިބިކަން ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުން ކުރާ މިފަދަ ބޭކާރު ހަރަދުތައް ހުއްޓުވުމަށް ކުންފުނިތައް އިސްލާހުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 4 އޯގަސްޓު 2026 | އަންގާރަ 12:16
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް | ރައްޔިތުންގެ މަޖިލިސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މަސައްކަތަށް ނުނިކުންނަ 85 މުވައްޒަފުން ތިބި ލިސްޓެއް އާންމުވެފައިވާއިރު އެ ލިސްޓު ސައްހަތޯ ނުވަތަ ނޫންތޯ ވެސް އެ ކުންފުނިން ސާފުކޮށްދީފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ، ދިވެހި ދައުލަތުގެ ބަޖެޓުން ބޮޑު ބައެއް އުފެއްދުންތެރިކަން ނެތް މީހުންނަށް ހަރަދު ކުރަމުންދާ ކަމަށެވެ. އަދި މިފަދައިން އުފެއްދުންތެރި ކަމެއް ނެތް ގޮތުގައި ކުންފުނިތަކަށް ވަޒީފާއަށް މީހުން ނެރޭ ކަމުގައި ވާނަމަ، އިގުތިސާދަށް ވަރަށް ބޮޑު ނިކަމެތި ކަމެއް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. 

Advertisement - newsAdvertisement
އަޅުގަނޑުމެން ގަބޫލު ކުރަން އެބަޖެހޭ އަޅުގަނޑުމެން ބަޖެޓްގެ ވަރަށް ބޮޑު ބައެއް އަޅުގަނޑުމެން އެބަދޭ، ގާތްގަނޑަކަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެބަދޭ ދެއްތޯ 65 އަހަރު ވެފައިވާ މީހުންގެ އަސާސީ މުސާރައަށް، މައްސަލައެއް ނެތް އެއީ އުމުރުން އަސުރު ވަގުތު ވެފައި ތިބި މީހުން އެމީހުންގެ އުފެއްދުންތެރި ކަމެއް ނުލިބޭނެ އެހެންނަމަވެސް ބަޖެޓުން އެއް ބިލިއަން ރުފިޔާ އެބަ ދެން. އެގޮތަށް މިގޮތަށް އެކަމު ވަޒީފާއަށް ނުނިކުންނަ ގޮތަށް ގޭގަ ތިބޭ ގޮތަށް މުސާރަ ދޭކަމުގައި ވަންޏާ އަޅުގަނޑުމެން އިގްތިޞާދު ދާނީ ދުވަހެއް ދުވަހެއް ފަހަތަށް
އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ މިހާރު ހަގީގަތާއި ކުރިމަތިލާން އެބަ ޖެހޭ ކަމަށާއި ފެނަކަ ފަދަ ކުންފުނިތައް ވެސް މިހާރު އިސްލާހު ކުރަން ޖެހޭ ކަމަށެވެ. 

މީގެއިތުރުން ނާޒިމް މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވިއިރު، އޭރުގެ ކޮމިޓީގެ ނާއިބު މުގައްރިރު އަދި މިހާރުގެ މަޖިލީހުގެ ނައިބު ރައީސް ރެޑްވޭވް އަހްމަދު ސަލީމް އާއެކު އެމްޕީއެލްއަށް ވަޑައިގެންނެވި ދުވަހެއްގައި، އެ ކުންފުނީގައި ބޭނުންވާ ވަރަށް ވުރެ އިތުރަށް 600 މުވައްޒަފުން ތިބި ކަމަށް އެ ކުންފުނީގެ ސީއީއޯ ވިދާޅުވި ކަމަށާއި އެމްޕީއެލްގެ މުވައްޒަފުންގެ މުސާރައަށް މަހަކު ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. 

އެމްއޭސީއެލްގައި މަސައްކަތަށް ނުނިކުންނަ 85 މުވައްޒަފުން ތިބި ލިސްޓެއް އާންމުވުމާއެކު އެ ކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒުއާ ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އެފަދަ ބަޔަކު އެމްއޭސީއެލްގައި ތިބިކަން އެނގިވަޑައިނުގަންނަވާ ކަމެށެވެ. އަދި ކުންފުނިތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އަހްމަދު ނާޒިމްއެމްއޭސީއެލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޖުލައި 2026

ހަނިމާދޫ އެއަރޕޯޓުގައި ބޮޑެތި ބޯޓާއި ޖެޓު ޖައްސައިދޭނެ ކަމުގެ ހުވަފެން ދައްކައި، 6000 އަށްވުރެ ގިނަ ރުއްގަސް ކަނޑާލި!

09 ޖުލައި 2026
ހަނިމާދޫ އެއަރޕޯޓުގައި ބޮޑެތި ބޯޓާއި ޖެޓު ޖައްސައިދޭނެ ކަމުގެ ހުވަފެން ދައްކައި، 6000 އަށްވުރެ ގިނަ ރުއްގަސް ކަނޑާލި!
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
23 ޖޫން 2026

އެމިރޭޓްސްއިން ރާއްޖޭގައި އޯޓިޒަމް ކުދިންނަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމެއް ބާއްވައިފި

23 ޖޫން 2026
އެމިރޭޓްސްއިން ރާއްޖޭގައި އޯޓިޒަމް ކުދިންނަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމެއް ބާއްވައިފި
21 ޖޫން 2026

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި

21 ޖޫން 2026
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި
07 ޖޫން 2026

ހަފްތާ އަކަށް ޗުއްޓީ އަށް ދިޔަ މަޖިލީހުގެ ޖަލްސާތައް ފެށުން އިތުރު 1 ހަފްތާ އަށް ފަސްކޮށްފި

07 ޖޫން 2026
ހަފްތާ އަކަށް ޗުއްޓީ އަށް ދިޔަ މަޖިލީހުގެ ޖަލްސާތައް ފެށުން އިތުރު 1 ހަފްތާ އަށް ފަސްކޮށްފި
05 ޖޫން 2026

ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި

05 ޖޫން 2026
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި
01 ޖޫން 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރެއްވީ އިތުބާރު ނެތިގެންތޯ ކުރި ސުވާލަށް ރައީސް ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ކަމަށް!

01 ޖޫން 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރެއްވީ އިތުބާރު ނެތިގެންތޯ ކުރި ސުވާލަށް ރައީސް ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ކަމަށް!
31 މެއި 2026

އާދިއްތަ ދުވަހުގެ މެންދުރަށް ތަވާލު ކުރި ޖަލްސާ ކެންސަލް ކޮށްފި

31 މެއި 2026
އާދިއްތަ ދުވަހުގެ މެންދުރަށް ތަވާލު ކުރި ޖަލްސާ ކެންސަލް ކޮށްފި
31 މެއި 2026

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

31 މެއި 2026
މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟
31 މެއި 2026

މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ

31 މެއި 2026
މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް