Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

8 ޖުލައި 2026 | ބުދަ 07:02

ރާއްޖޭގައި ވަޒީފާ ދިނުމުގެ ކަންކަން ވަރަށް ދަށު ދަރަޖައަކަށް ގޮސްފައިވާ ކަމަށާއި، ޓެކްނިކަލް ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި ގާބިލިއްޔަތުގެ ބަދަލުގައި ސިޔާސީ ފިކުރަށް ބަލާކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވި. ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ކުންފުނީގެ އަސްލު މަސައްކަތުގެ ބަދަލުގައި ރައީސް ޕްރޮމޯޓުކުރުމުގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖުލައި 2026 | ބުދަ 07:02
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ | ރާއްޖެ އެމްވީ

 ރާއްޖޭގައި މިހާރު އެއްވެސް ކަމެއް ގުޑް ގަވަރނަންސް ނުވަތަ ބެސްޓް ޕްރެކްޓިސްގެ އުސޫލުން ނުހިނގާ ކަމަށާއި، ސަރުކާރުގެ ކުންފުނިތައް ސިޔާސީ އައްޑާތަކަކަށް ބަދަލުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

 ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ވަނީ މި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މެމްބަރު އަހުމަދު ދީދީ ވިދާޅުވީ، ރާއްޖޭގައި ވަޒީފާ ދިނުމުގެ ކަންކަން މިއަދު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. އެގޮތުން ވަޒީފާތަކަށް މީހުން ނެގުމަށް އިއުލާނު ކުރަމުންދަނީ ސަރުކާރުން ބޭނުންވާ ވަކި މީހަކަށް "ކޯޓެއް ފަހާފައި ހެޔޮވަރު ކުރާ އުސޫލުން" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ވަކިން ހާއްސަކޮށް ޓެކްނިކަލް ވަޒީފާތަކަށް މީހުން އައްޔަންކުރާއިރުވެސް، އެ މީހެއްގެ ގާބިލިއްޔަތަށް ބެލުމުގެ ބަދަލުގައި ބަލަނީ ސިޔާސީ ފިކުރަށް ކަމަށާއި، ކޮންމެ ވަޒީފާއަކީ ސިޔާސީ ފިކުރު ހުންނަ ގޮތެއްގެ މައްޗަށް ލިބޭ އެއްޗަކަށް މިއަދު ހަދަމުންދާ ކަމަށް މެމްބަރު ވިދާޅުވި އެވެ.

ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ، މިހާރު ހުރިހާ ކުންފުނިތަކަކީ ސިޔާސީ ހަރަކާތްތައް ހިންގާ އައްޑާތަކަކަށް ވެފައިވާ ކަމަށެވެ.

މީގެ ކުރިން އެމްއޭސީއެލް ފަދަ ކުންފުނިތަކަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ އުޅޭ ކުންފުނިތަކެއް ނޫން ނަމަވެސް، މިއަދު އެ ކުންފުނީގެ މާކެޓިންގ މެނޭޖަރުންވެސް ތިބެންޖެހެނީ ރާއްޖެއަށް އިތުރު ފްލައިޓުތައް ގެނެވޭނެ ގޮތްތައް ހޯދުމުގެ ބަދަލުގައި ސަރުކާރުގެ މޫނުމަތި ރީތިކުރުމުގެ މަސައްކަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބޭފުޅުންނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރޮމޯޓުކޮށް ޕީއާރް ޖައްސަން ޖެހޭ ބަޔަކަށް މިއަދު ވެފައިވާ ކަމަށްވެސް މެމްބަރު ފާހަގަކުރެއްވި އެވެ.

  މިހާރު ހުރިހާ ކުންފުނިތަކަކީ ސިޔާސީ އައްޑާތަކަކަށް ވެއްޖެ، މީގެ ކުރިން އެމްއޭސީއެލްއަކީ ސިޔާސީ ކަންކަމުގައި ފާހަގަވާ ކުންފުންޏެއް ނޫން، ނަމަވެސް މިހާރު އެމްއޭސީއެލްގެ މާކެޓިންގ މެނޭޖަރުންވެސް ތިބެންޖެހެނީ ރާއްޖެއަށް އިތުރު ފްލައިޓުތައް ގެނެވޭނެ ގޮތެއް ހޯދުމުގެ ބަދަލުގައި ސަރުކާރުގެ މޫނުމަތި ރީތިކުރާ ޕީއާރްގެ ގޮތުގައި، ރައީސް މުއިއްޒު ޕްރޮމޯޓުކޮށް ޕީއާރް ޖައްސަން މިހާރު އެބޭފުޅުންވެސް ޖެހެނީ
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ

މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތާއި ދިމާވާ ގޮންޖެހުންތަކުން ރެކުމަށް ސަރުކާރުން ދައްކާ ބަހަނާތަކަށްވެސް މެމްބަރު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން އިރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައަކީ މި ސަރުކާރުން ކަންކަމުން ބަރީއަވުމަށް ބޭނުންކުރާ "އެސްކޭޕް ގޯޓެއް" ނުވަތަ ބަހަނާއެއްގެ ގޮތުގައި މެމްބަރު ސިފަކުރެއްވި އެވެ.

މެމްބަރު އަހުމަދު ދީދީ އިތުރަށް ވިދާޅުވީ، ގައުމުގެ ހިންގުން ހަރުދަނާކޮށް، ވަޒީފާ ދިނުމާއި ކުންފުނިތައް ހިންގުމުގައި އިންސާފުވެރި އަދި ދެފުށް ފެންނަ އުސޫލުތަކެއް ގެންގުޅެންޖެހޭ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ މުޅި ދައުލަތުގެ ނިޒާމު ސިޔާސީ ނުފޫޒުގެ ދަށަށް ގޮސް، ގުޑް ގަވަރނަންސްގެ ހަމަތައް މުޅިން ގެއްލިފައިވާ މަންޒަރު ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްއެމްއޭސީއެލްޑރ. މުޙައްމަދު މުޢިއްޒުއަޙްމަދު ދީދީމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

08 ޖުލައި 2026

ޙައްޤު ބަސް ފެތުރުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވައިފި

08 ޖުލައި 2026
ޙައްޤު ބަސް ފެތުރުމަށް ރައީސް މުއިއްޒު އިލްތިމާސްކުރައްވައިފި
08 ޖުލައި 2026

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

08 ޖުލައި 2026
ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި
07 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް

07 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔައިރު، ސަރުކާރަށް ކުރެވުނު ވަރަކީ ހަނިމާދޫ މިސްކިތުގެ ޝީޓު އަޅާލުން: ކައުންސިލް
07 ޖުލައި 2026

ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި

07 ޖުލައި 2026
ބެލްޖީއަމް އަށާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ދިޔާނާގެ ނަން ފޮނުއްވައިފި
06 ޖުލައި 2026

ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް

06 ޖުލައި 2026
ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް
06 ޖުލައި 2026

މިފްކޯ އިން އައިސް ވިއްކުން ލިމިޓްކުރުމުން ކަންނެލި މަސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

06 ޖުލައި 2026
މިފްކޯ އިން އައިސް ވިއްކުން ލިމިޓްކުރުމުން ކަންނެލި މަސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ
06 ޖުލައި 2026

ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

06 ޖުލައި 2026
ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
06 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން

06 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފޮނުއްވީ 2 ބޭފުޅެއްގެ ނަން
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
05 ޖުލައި 2026

މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު

05 ޖުލައި 2026
މި ގައުމަށް ޑޮލަރު ހޯދުމުގެ ގާބިލުކަމެއް ވެސް، މައްސަލަ ހައްލުކުރުމުގެ ގާބިލުކަމެއް ވެސް މި ސަރުކާރަކު ނެތް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް