Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އާދިއްތަ ދުވަހުގެ މެންދުރަށް ތަވާލު ކުރި ޖަލްސާ ކެންސަލް ކޮށްފި

31 މެއި 2026 | އާދީއްތަ 06:46

މަޖިލީހުގެ ނައިބު ރައީސް ކަމުން އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ. މިކަމާ ގުޅިގެން އާދިއްތަ ދުވަހުގެ މެންދުރު ބޭއްވުމަށް ތާވަލުކުރި ޖަލްސާ ކެންސަލްކޮށް، ދެން ޖަލްސާއެއް އޮންނާނީ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ. ބެލެވޭ ގޮތުގައި ހޯމަ ދުވަހުގެ ޖަލްސާއަކީ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 މެއި 2026 | އާދީއްތަ 06:46
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އާދިއްތަ ދުވަހުގެ މެންދުރުފަހަށް ތަވާލު ކުރުމަށްފަހު އެ ޖަލްސާ ކެންސަލް ކޮށް، ހޯމަ ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ބޭއްްވި ޖަލްސާގެ ކުރިން ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ ޖަލްސާ ވަނީ ކުރުކޮށްލާފަ އެވެ. 

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ ހެނދުނު 9:00 އަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފައި ވަނީ, މަޖިލީހުގެ ނައިބު ރައީސް ކަމުން އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާއިފަވާ މައްސަލައިގައި ގޮތެއް ނިންމުމަށެވެ. އެ ޖަލްސާ ފަށަން 30 އަކަށް މިނެޓަށް ވެފައި ވަނިކޮށް ނާޒިމް ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އާދިއްތަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައިިވާ ކަމަށާ އެހެންކަމުން އެ މައްސަލަ ނިމުނީ ކަމަށް ވިދާޅުވެ އެކަން އިއުލާނު ކުރައްވާފަ އެވެ. 

އެޖެންޑާގައި އިތުރު ކަމެއް ނެތުމާއެކު ޖަލްސާ ނިންމާލައްވަނީ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު އަބްދުއްރަހީމް ވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:00 ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. 

ނަމަވެސް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މެންދުރުގެ ޖަލްސާ ނޯނާނެކަމަށް ބުނެފަ އެވެ. މަޖިލީހުގެ އިދާރާ އިން މީޑިއާތަކަށް ބުނީ ދެން މަޖިލީހުގެ ޖަލްސާ އެއް އޮންނާނީ 1 ޖޫން ވާ ހޯމަ ދުވަހު ކަމަށެވެ. ބެލެވޭ ގޮތުގައި އާދިއްތަ ދުވަހުގެ މެންދުރު ބޭއްވުމަށް ތާވަލު ކުރި ޖަލްސާ އަކީ މިހާރު ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އެކެވެ. 

ހިނގަމުން ދާ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 15 އަށް ހަމަވި ނަމަވެސް މުއްހިމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ މި މަހުގެ ނިޔަލަށް މި ދައުރު ވަނީ ދަންމާލާފަ އެވެ.

އަހްމަދު ނާޒިމްއަބްދުއްރަހީމް އަބްދުﷲރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 މެއި 2026

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

31 މެއި 2026
މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟
31 މެއި 2026

މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ

31 މެއި 2026
މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ
31 މެއި 2026

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް
31 މެއި 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމާފައިވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާދެއްވައިފި

31 މެއި 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމާފައިވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާދެއްވައިފި
30 މެއި 2026

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

30 މެއި 2026
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި
30 މެއި 2026

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026
ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!
28 މެއި 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި

28 މެއި 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި
25 މެއި 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

25 މެއި 2026
 ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު
24 މެއި 2026

ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން

24 މެއި 2026
ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ފުރުސަތު ނުދެއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވުމުން ނަޝީދުގެ ރައްދެއް، އަދަދު ހަމަވުމުން ޖެހޭނީ ވޯޓަށް އަހަން
22 މެއި 2026

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި

22 މެއި 2026
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް