Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ

ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ހުށަހެޅުމާ ގުޅިގެން އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އޭނާ ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަސްލަހަތު ނަގާލަން މަސައްކަތްކުރާ ކަމަށް ޕީއެންސީން ތުހުމަތުކޮށްފައި ވަނިކޮށް. ނާޒިމްގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުތަކެއް ކުރެވޭއިރު، އޭނާ ވަނީ އެ ގަރާރުގައިވާ ކަންކަމަށް އިންކާރު ކުރައްވާފަ. މި މައްސަލައާ ގުޅިގެން ޕާޓީގެ މަގާމުން އޭނާ ސަސްޕެންޑުކޮށްފައިވާއިރު، މިއީ ނާޒިމްގެ މަޖިލިސް ގޮނޑި ގެއްލުވާލުމަށް ކުރާ މަސައްކަތެއް ކަމަށް ސިޔާސީ ދާއިރާގެ ފަރާތްތަކުން ދެކޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 5 ޖޫން 2026 | ހުކުރު 13:16
މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ރައީސް މުއިއްޒު

މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ރައީސް މުއިއްޒު | ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދުރުކުރި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ދިއްގަރު ދާއިރާ ރައީސްގެ މަގާމުން ސަސްޕެންޑުކޮށްފި އެވެ.

ޕީއެންސީގެ އިސް މެންބަރަކު ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޕާޓީގެ ސެނެޓުގައި ދިއްގަރު ދާއިރާ ތަމްސީލުކުރައްވާ ނާޒިމް އެ މަގާމުން ސަސްޕެންޑުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ނާޒިމް ދުރުކުރި ފަހުންނެވެ.

Advertisement - newsAdvertisement

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނާޒިމަށް އިތުބާރު ނެތް ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި މި މައްސަލައިގައި، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ނޯޓިސް ނާޒިމަށް ދީފައިވެ އެވެ.

ނަމަވެސް އިތުބާރު ނެތްކަމަށް ވޯޓު ނެގުމުގެ ކުރިން ނާޒިމް ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނާޒިމް އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ހެނދުނު 9:00 ގަ ބޭއްވި ޖަލްސާގެ ތިރީސް މިނެޓު ކުރިންނެވެ.

ޖަލްސާ ފެށެން ކުޑަ ވަގުތު ވެފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވައި ނާޒިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުން ވިޔަސް، ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެންބަރަކު އޭނާ ގާނޫނުއަސާސީއާ ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވިކަމުގެ ޝަކުވާ ކުރިން އުފުލާފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީއެންސީ އިން މަޖިލީހަށް ހުށަހެޅި ގަރާރުގައި ތުހުމަތުކޮށްފައިވަނީ ނާޒިމް ވަކި ސިޔާސީ ފިކުރަކަށް ބުރަވެ މަޖިލީހުގެ ތެރޭގައި މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށެވެ. ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ނާޒިމް ވަކިކުރަން ހުށަހެޅީ އަމިއްލައަށް އިސްތިއުފާ ދެއްވުމަށް އެންގުމުން އެކަމަށް އިންކާރު ކުރެއްވުމާ ގުޅިގެންނެވެ.

ޕީއެންސީގެ ބައެއް މެންބަރުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމުގެ މަސައްކަތް ނާޒިމް ކުރެއްވި ކަމުގެ ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ނާޒިމަށް ރައީސް މުއިއްޒުގެ އިތުބާރު ގެއްލުނު ސީދާ ސަބަބެއް މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޕީއެންސީ އިން މިހާރު ކުރަނީ ނާޒިމްގެ މަޖިލިސް ގޮނޑި ގެއްލުވާލުމުގެ މަސައްކަތެވެ. ނާޒިމް ޕާޓީގެ ދިއްގަރު ދާއިރާ ރައީސްކަމުން ސަސްޕެންޑުކުރުމާއެކު، އެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. 

އަހްމަދު ނާޒިމްދިއްގަރު ދާއިރާޕީއެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސް

އިތުރަށް ކިޔާލަން

05 ޖޫން 2026

ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު

05 ޖޫން 2026
ގޮނޑި ހޯދައިދޭނެ ކަމުގެ ޔަގީންކަންދޭ ނަމަ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ޕީއެންސީގެ މެންބަރުންތަކެއް އެބަތިބި: ކުރީގެ ރައީސް ސޯލިހު
04 ޖޫން 2026

މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

04 ޖޫން 2026
މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު
03 ޖޫން 2026

ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި

03 ޖޫން 2026
 ރައީސް މުއިއްޒު ބޭނުންފުޅުވެގެން ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި
03 ޖޫން 2026

ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް ދައްކަންވާނެ: އަލީ ހުސައިން

03 ޖޫން 2026
ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް ދައްކަންވާނެ: އަލީ ހުސައިން
02 ޖޫން 2026

ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން

02 ޖޫން 2026
ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު