Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހްމަދު ނާޒިމް

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރެއްވީ އިތުބާރު ނެތިގެންތޯ ކުރި ސުވާލަށް ރައީސް ވިދާޅުވީ އެ ސުވާލަށް ޖަވާބުދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވުމަށް ރައީސް މުއިއްޒު ވަނީ ދެކޮޅު ހައްދަވާފައި. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ކުރި އެ ސުވާލަށް ޖަވާބު ދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖޫން 2026 | ހޯމަ 07:27
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ހަރަކާތެއްގެ ތެރެއިން ސަލާމް ކުރައްވަނީ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ހަރަކާތެއްގެ ތެރެއިން ސަލާމް ކުރައްވަނީ. | ރައީސް އޮފީސް

ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރެއްވި ސަބަބު ހާމަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކޮޅު ހައްދަވައިފި އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ، ސަރުކާރާއި، ޕާޓީގެ  މަގާމުތަކުގައި ތިއްބަވާނީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް އިންޓަގްރިޓީ އޮންނަ ބޭފުޅުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަން ފާހަގަކޮށްފަ އެވެ. އަދި މަޖިލީހުގެ ނައިބު ރައީސް ވަކި ކުރުމުގެ މަސައްކަތް ޕީއެންސީން ކުރިއަށް ގެންދިޔައީ، މެންބަރު ނާޒިމްގެ މައްޗަށް އިތުބާރު ނެތިގެންތޯ އާއި، ނެތް ކަމަށްވާނަމަ އެކަމުގެ ސަބަބަކީ ކޮބައިތޯ ސުވާލު ކުރި އެވެ. 

މިސުވާލަށް ރައީސް މުއިއްޒު ވަނީ ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، އެ ސުވާލަށް ޖަވާބު ދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ނުވަތަ ފްލެޓްފޯމެއްގައި ކަމަށެވެ. އަދި މިވަގުތު ހުންނެވީ ޕީއެންސީގެ ޕޯޑިއަމެއްގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިހާރު ޕީއެންސީ ޕޯޑިއަމެއްގައި، ފްލެޓްފޯމެއްގައި ނޫން މިވަގުތު މިހުރީއެއް. އަޅުގަނޑަކީ ޕީއެންސީގެ ރައީސް. އެހެންނަމަވެސް އަޅުގަނޑު ބޭނުންވަނީ މިއަދު މިވަގުތު ބޭނުންކުރަން އަޅުގަނޑުގެ ރަސްމީ މަގާމުގެ ހައިސިއްޔަތުން. ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން އައި ސުވާލެއްގެ ގޮތުގައި ސުވާލު އައިމަ އަޅުގަނޑު އެއަށް ޖަވާބު ދޭނަން ހަމަ އެ ޕޯޑިއަމްގައި.
ރައީސް ޑރ.މުހައްމަދު މުއިއްޒު

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން މެންބަރު ނާޒިމް އިސްތިއުފާ ދެއްވީ 31 މެއި 2026  ވީ އާދިއްތަ ދުވަހު ހެނދުނު 9:00 ގައި ބޭއްވި ޖަލްސާގެ ކުރިންނެވެ. އެއީ މަޖިލިސްގެ އެ ޖަލްސާ ފަށަން 30 ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ. 

އަހްމަދު ނާޒިމްޕީއެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސްރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

01 ޖޫން 2026

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

01 ޖޫން 2026
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން
31 މެއި 2026

އާދިއްތަ ދުވަހުގެ މެންދުރަށް ތަވާލު ކުރި ޖަލްސާ ކެންސަލް ކޮށްފި

31 މެއި 2026
އާދިއްތަ ދުވަހުގެ މެންދުރަށް ތަވާލު ކުރި ޖަލްސާ ކެންސަލް ކޮށްފި
31 މެއި 2026

މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟

31 މެއި 2026
މުއިއްޒާއި މުއިއްޒުގެ ބޮޑު ތުހުމަތު. މިފަހަރު ނާޒިމަށް ވާނީ ކިހިނެއް؟
31 މެއި 2026

މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ

31 މެއި 2026
މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ
31 މެއި 2026

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު