Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ހަފްތާ އަކަށް ޗުއްޓީ އަށް ދިޔަ މަޖިލީހުގެ ޖަލްސާތައް ފެށުން އިތުރު 1 ހަފްތާ އަށް ފަސްކޮށްފި

މި ހަފްތާގެ ހޯމަ ދުވަހު ބޭއްވުމަށް ކުރިން ނިންމި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް، މި މަހުގެ 15 ވާ ހޯމަ ދުވަހަށް ފަސްކޮށްފި. މަޖިލީހުގެ އިދާރާއިން މިގޮތަށް ނިންމާފައިވަނީ، ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މި ހަފްތާގައި ޖަލްސާތައް ފަށާނެ ކަމަށް އިއުލާނު ކުރައްވާފައި ވަނިކޮށް. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 ޖޫން 2026 | އާދީއްތަ 13:25
މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ބާއްވާފަ

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ބާއްވާފަ | ރާއްޖެއެމްވީ

މި ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނެ ކަމަށް އިއުލާނު ކުރުމަށްފަހު، މަޖިލީހުގެ ޖަލްސާތައް ފަށާނީ އިތުރު އެއް ހަފްތާ ފަހުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ. 

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ވަނީ ބާއްވާފަ އެވެ. އެ ޖަލްސާ ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލިސް ފަށާނީ އެއް ހަފްތާ ފަހުން މި ހަފްތާގެ ހޯމަ ދުވަހު ކަމަށް އިއުލާނު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

ނަމަވެސް މަޖިލީހުގެ އިދާރާ އިން އާދިއްތަ ދުވަހު މިޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ މި މަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. 

މަޖިލީހުގެ ގަވައިދުގައިވާ ގޮތަށް 3 ދައުރަށް ބާހަލައިގެން މަޖިލީޙުގެ ޖަލްސާތައް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާއިރު މިއަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ނިމުނު މެއި މަހުގެ 14 ވަނަ ދުވަހަށެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި، ޗުއްޓީއަށް ނުގޮސް މެއި މަހުގެ ނިޔަލަށް މަޖިލީހުގެ ފުރަތަމަ ދައުރު ވަނީ ދަންމާލާފަ އެވެ. 

ގަވާއިދުގައިވާ ގޮތުން މި ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. 

މަޖިލީހުގެ މިދިޔަ ދުވަސްތަކުގައި ގިނަ ޖަލްސާތަކެއް އެކި ސަބަބުތަކާހުރެ ކުރުކޮށްފައިވާއިރު ގިނަ ޖަލްސާތަކެއް ކެންސަލް ވެސް ކޮށްފައިވެ އެވެ. މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ފަރާތުން އެތައް ފަހަރަކު ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ. އެހެން ނަމަވެސް ދައުރު ނިމުމާ ހަމައަށް ވެސް ޖަލްސާތައް ގަވާއިދުން ބާއްވާފަ އެއް ނުވެ އެވެ. އަދި ދައުރު ދަންމާލުމަށް ފަހު ވެސް ނާޒިމްގެ މައްސަލަ އެޖެންޑާ ކުރުން ފިޔަވާ އިތުރު ކަމެއް ކޮށްފައެއް ނުވެ އެވެ. 

ޖަލްސާ ފެށެން ބައި ގަޑިއިރަށް ވެފައި ވަނިކޮށް، ނާޒިމް އިސްތިއުފާ ދެއްވުމާއެކު އެޖެންޑާ ކުރި ޖަލްސާ ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. 

އަބްދުއްރަހީމް އަބްދުﷲއަހްމަދު ނާޒިމްއެމްޑީޕީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

07 ޖޫން 2026

ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެނައުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ، ނަތީޖާ ވަރަށް ހިތިވާނެ: ކުރީގެ ރައީސް ނަޝީދު

07 ޖޫން 2026
ރާއްޖެ އިންގިލާބުގެ ތުންފަތް މައްޗަށް ގެނައުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާ، ނަތީޖާ ވަރަށް ހިތިވާނެ: ކުރީގެ ރައީސް ނަޝީދު
07 ޖޫން 2026

އެމްޑީޕީއަށް މިހާރު ކާމިޔާބު ލިބެމުން ދަނީ ރައްޔިތުންގެ ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން، އެއީ ވަކި ބަޔަކު ޕާޓީއާ ގުޅުމުން ލިބޭ ކުރިއެރުމެއް ނޫން: އަނދުން ހުސައިން

07 ޖޫން 2026
އެމްޑީޕީއަށް މިހާރު ކާމިޔާބު ލިބެމުން ދަނީ ރައްޔިތުންގެ ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން، އެއީ ވަކި ބަޔަކު ޕާޓީއާ ގުޅުމުން ލިބޭ ކުރިއެރުމެއް ނޫން: އަނދުން ހުސައިން
06 ޖޫން 2026

މީކާއިލް: އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި އާއްމުން ނިންމާ ގޮތަކުން ކުޑަ ގްރޫޕަކާއި ހިންގުން ހަވާލުވެ އެހެން އެންމެން ފަހަތުގައި ތިބެން ޖެހިދާނެ

06 ޖޫން 2026
މީކާއިލް: އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި އާއްމުން ނިންމާ ގޮތަކުން ކުޑަ ގްރޫޕަކާއި ހިންގުން ހަވާލުވެ އެހެން އެންމެން ފަހަތުގައި ތިބެން ޖެހިދާނެ
06 ޖޫން 2026

އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު

06 ޖޫން 2026
އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު
06 ޖޫން 2026

ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި ތިބި އެންމެންނަށް ވެސް މަރުހަބާ ކިޔަންޖެހޭ: ސޯލިޙު

06 ޖޫން 2026
ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި ތިބި އެންމެންނަށް ވެސް މަރުހަބާ ކިޔަންޖެހޭ: ސޯލިޙު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު