Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޯޓިޒަމް

އެމިރޭޓްސްއިން ރާއްޖޭގައި އޯޓިޒަމް ކުދިންނަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމެއް ބާއްވައިފި

23 ޖޫން 2026 | އަންގާރަ 14:11

އެމް.އޭ.ސީ.އެލް އާއި އަމީނިއްޔާ ސްކޫލާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، އެއަރޕޯޓުގެ ޗެކް-އިން އިން ފެށިގެން ބެގޭޖް ކަލެކްޝަނާ ހަމައަށް ހުރިހާ މަރުހަލާތަކެއް އަމަލީގޮތުން ވަނީ ދައްކާލާފައި. ދުނިޔޭގެ ފުރަތަމަ "އޯޓިޒަމް-ސަރޓިފައިޑް" އެއަރލައިންގެ ޝަރަފު ހޯދާފައިވާ އެމިރޭޓްސްގެ މި ހަރަކާތަކީ، ނިއުރޯޑައިވަރޖެންސް ހުންނަ ފަރާތްތަކަށް ދަތުރުކުރުމުގައި ކުރިމަތިވާ ނުތަނަވަސްކަން ކުޑަކޮށް، އެންމެންނަށް ބައިވެރިވެވޭ ފަދަ ލުއި ފަސޭހަ ނިޒާމެއް ގާއިމުކުރުމަށް ކުރާ މަސައްކަތެއް. މީގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އާއިލާތަކަށް އެއަރޕޯޓުގެ މާހައުލަށް އަހުލުވެރިވުމުގެ ފުރުސަތު ލިބިގެންދިޔަ.

ރާއްޖެ އެމްވީ | 23 ޖޫން 2026 | އަންގާރަ 14:11
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގެ އެއަރސައިޑް.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގެ އެއަރސައިޑް. | ވެލާނާ އެއާޕޯޓް

އެމިރޭޓްސް އެއަރލައިނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމް އެއް ބާއްވައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ އޯޓިޒަމް ހުންނަ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ވައިގެ ދަތުރުފަތުރުގެ ކަންކަން ހުންނަ ގޮތް އަމަލީގޮތުން ދައްކާލައި، ދަތުރުކުރުމަށް އޮންނަ ނުތަނަވަސްކަން ކުޑަކޮށް، އިތުބާރު އުފެއްދުމަށް ހިންގި ޕްރޮގްރާމެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި އަމީނިއްޔާ ސްކޫލުގެ އިންކްލޫސިވް ސަޕޯޓް ޔުނިޓާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްތާމްގެ މަގްސަދަކީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އަސްލު ދަތުރު ފެށުމުގެ ކުރިން، އެއަރޕޯޓުގެ ތަޖުރިބާ ހޯދައި އެ މާހައުލަށް އަހުލުވެރިކުރުވުމެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގެ ބައިވެރިންނަށް ދަތުރުފަތުރުގެ މުހިންމު މަރުހަލާތައް ކަމަށްވާ ޗެކް-އިން ކުރުމާއި، ސެކިއުރިޓީ ސްކްރީނިންގ، ފުރުމުގެ އިޖުރާއަތްތައް، އިމިގްރޭޝަން، ބެގޭޖް ކަލެކްޝަން އަދި އެރައިވަލް ސަރވިސަސް ނުވަތަ ރާއްޖެ އައުމުގެ ކަންކަން ކުރިއަށްދާ ގޮތް ވަނީ އަމަލީގޮތުން ދައްކާލާފައެވެ.

އެއަރލައިނާއި އެއަރޕޯޓުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގެ ސަބަބުން، އާއިލާތަކަށް ހުރި ސުވާލުތައް ކުރުމުގެ ފުރުސަތު ލިބި، އެއަރޕޯޓުގެ މާހައުލަށް ހޭނުމަށް މަގުފަހިވި ކަމަށާއި މީގެ ސަބަބުން ދަތުރުކުރުމާ ގުޅިގެން އުފެދޭ ނުތަނަވަސްކަން ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް އެމިރޭޓްސް އިން ބުނެފައިވެއެވެ.

ދުނިޔޭގެ ފުރަތަމަ "އޯޓިޒަމް-ސަރޓިފައިޑް" އެއަރލައިންގެ ޝަރަފު ހޯދާފައިވާ އެމިރޭޓްސްއިން ބޭއްވި މި ހަރަކާތަކީ، އެންމެންނަށް ބައިވެރިވެވޭ ފަދަ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް އެ އެއަރލައިނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

"ޓްރެވަލް ރިހާސަލް" ޕްރޮގްރާމްގެ އަމާޒަކީ، ނިއުރޯޑައިވަރސް ނުވަތަ ސިކުނޑީގެ ކުރިއެރުމުގައި ތަފާތުތައް ހުންނަ ފަރާތްތަކަށް، ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގައި އެއަރޕޯޓުގެ ހުރިހާ މަރުހަލާތަކެއް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމެވެ. 

އެމިރޭޓްސްއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ޖާބިރު މުހައްމަދު ވިދާޅުވީ، "ޓްރެވަލް ރިހާސަލް" މަޝްރޫއު ރާއްޖެއަށް ތައާރަފުކޮށް، ނިއުރޯޑައިވަރޖެންސް ހުންނަ ފަރާތްތަކަށް ދަތުރުކުރުމުގައި ކުރިމަތިވާ ނުތަނަވަސްކަން ކުޑަކޮށްދެވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. އަދި މި ޕްރޮގްރާމަކީ އެމިރޭޓްސްގެ ވިއުގަ ހިމެނޭ އެކި ގައުމުތަކުގައި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއްގައި ދަތުރުގެ ތަޖުރިބާ ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެމިރޭޓްސް އެއާލައިންއޯޓިޒަމްއަމީނިއްޔާ ސްކޫލް ޓްރެވަލް ރިހާސަލްއެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ޖޫން 2026

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި

21 ޖޫން 2026
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި
16 އެޕްރީލު 2026

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި

16 އެޕްރީލު 2026
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި
11 އެޕްރީލު 2026

އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!

11 އެޕްރީލު 2026
އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!
07 އެޕްރީލު 2026

ރާއްޖެ އަށް ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި

07 އެޕްރީލު 2026
ރާއްޖެ އަށް ދެ ކިލޯ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފި
07 އެޕްރީލު 2026

ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި

07 އެޕްރީލު 2026
ބޭންކް އޮފް މޯލްޑިވްސްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި
16 މާރިޗު 2026

މޯލްޑިވިއަން ގެ Q2 707 ފްލައިޓަށް މައްސަލައެއް ދިމާވެ، ފަސިންޖަރުން ކޮޗިން އެއަރޕޯޓުގަ ތާށިވެފައި

16 މާރިޗު 2026
މޯލްޑިވިއަން ގެ Q2 707 ފްލައިޓަށް މައްސަލައެއް ދިމާވެ، ފަސިންޖަރުން ކޮޗިން އެއަރޕޯޓުގަ ތާށިވެފައި
14 މާރިޗު 2026

އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުކޮށްފި: އީދު ބަންދާ ދިމާކޮށް ފްލައިޓް ޓިކެޓް އަގު ބޮޑުވާނެ!

14 މާރިޗު 2026
އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު 42 އިންސައްތަ ބޮޑުކޮށްފި: އީދު ބަންދާ ދިމާކޮށް ފްލައިޓް ޓިކެޓް އަގު ބޮޑުވާނެ!
05 މާރިޗު 2026

އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި

05 މާރިޗު 2026
އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި
04 މާރިޗު 2026

ވީއައިއޭ އިން 1 ލައްކަ ޑޮލަރު ފޭރުނު މައްސަލައިގެ ތަހުގީގު ލަސް، އެކަމާ ގުޅޭ ސުވާލު މިހާރު ކުރަން ޖެހޭނީ ފުލުހުންނާ: މިނިސްޓަރު އަމީން

04 މާރިޗު 2026
ވީއައިއޭ އިން 1 ލައްކަ ޑޮލަރު ފޭރުނު މައްސަލައިގެ ތަހުގީގު ލަސް، އެކަމާ ގުޅޭ ސުވާލު މިހާރު ކުރަން ޖެހޭނީ ފުލުހުންނާ: މިނިސްޓަރު އަމީން
02 މާރިޗު 2026

ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ

02 މާރިޗު 2026
ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް