Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މިއަދު މެންދުރު މަޖިލީީހުގެ އިތުރު ޖަލްސާ އެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިއަދުގެ ފުރަތަމަ ޖަލްސާ ނިންމާލައިފި. ނާޒިމް އިސްތިއުފާ ދެއްވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން ރިޔާސަތުން އިއުލާނު ކުރެއްވިއިރު، ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު މެންދުރު 1:00 ގައި އިތުރު ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ. މި ދައުރުގެ މަސައްކަތްތައް ނިންމުމަށްޓަކައި މަޖިލީހުގެ ދައުރު މި މަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 މެއި 2026 | އާދީއްތަ 05:27
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ | މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ބޭއްްވި ޖަލްސާގެ ކުރިން ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެ ޖަލްސާ ކުރުކޮށްލުމަށްފަހު އާދިއްތަ ދުވަހުގެ މެންދުރު އިތުރު އައު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. 

އާދިއްތަ ދުވަހުގެ ހެނދުނު 9:00 އަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކޮށްފައި ވަނީ, މަޖިލީހުގެ ނައިބު ރައީސް ކަމުން އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާއިފަވާ މައްސަލައިގައި ގޮތެއް ނިންމުމަށެވެ. އެ ޖަލްސާ ފަށަން 30 އަކަށް މިނެޓަށް ވެފައި ވަނިކޮށް ނާޒިމް ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އާދިއްތަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާފައިިވާ ކަމަށާ އެހެންކަމުން އެ މައްސަލަ ނިމުނީ ކަމަށް ވިދާޅުވެ އެކަން އިއުލާނު ކުރައްވާފަ އެވެ. 

އެޖެންޑާގައި އިތުރު ކަމެއް ނެތުމާއެކު ޖަލްސާ ނިންމާލައްވަނީ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު އަބްދުއްރަހީމް ވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:00 ގައި މަޖިލީހުގެ އިތުރު ޖަލްސާއެއް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއީ ކީއްކުރަން ބާއްވާ ޖަލްސާއެއް ކަމެއް ވިދާޅެއް ނުވެ އެވެ. 

ބާއްވާ ޖަލްސާގެ ރަސްމީ އެޖެންޑާ އަދި އިއުލާނު ކޮށްފައި ނުވި ނަމަވެސް ބެލޭ ގޮތުގައި މިއީ މިހާރު ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާ އެކެވެ. 

ހިނގަމުން ދާ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 15 އަށް ހަމަވި ނަމަވެސް މުއްހިމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ މި މަހުގެ ނިޔަލަށް މި ދައުރު ވަނީ ދަންމާލާފަ އެވެ.

އަހްމަދު ނާޒިމްދިއްގަރު ދާއިރާއަބްދުއްރަހީމް އަބްދުﷲރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

31 މެއި 2026

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް
31 މެއި 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމާފައިވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާދެއްވައިފި

31 މެއި 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމަށް ނިންމާފައިވަނިކޮށް ނާޒިމް އެ މަގާމުން އިސްތިއުފާދެއްވައިފި
30 މެއި 2026

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި

30 މެއި 2026
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މާލެ ވަޑައިގެންފި
30 މެއި 2026

ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!

30 މެއި 2026
ނާޒިމް ވަކިކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް އަނެއްކާވެސް ޕީއެންސީ މެމްބަރުންނަށް ފައިސާ ބަހާފައިވާކަމުގެ އަޑުތަކެއް!
28 މެއި 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި

28 މެއި 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު