Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނިމާދޫ އެއާޕޯޓު

ހަނިމާދޫ އެއަރޕޯޓުގައި ބޮޑެތި ބޯޓާއި ޖެޓު ޖައްސައިދޭނެ ކަމުގެ ހުވަފެން ދައްކައި، 6000 އަށްވުރެ ގިނަ ރުއްގަސް ކަނޑާލި!

9 ޖުލައި 2026 | ބުރާސްފަތި 09:15

ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމަށްޓަކައި އެ ރަށުގެ "ސޭފްޒޯން" ސަރަޙައްދުން ކަނޑާލި 6000 އަށްވުރެ ގިނަ ރުއްގަހަށް ދޭންޖެހޭ ބަދަލު މިހާތަނަށް ލިބިފައިނުވާތީ، އެ މައްސަލައިގައި ކޯޓަށް ދާން ޖެހިފައިވާކަމަށް ކައުންސިލުން ބުނެފި. ރަށުގެ ތަރައްޤީއަށްޓަކައި އެ ސަރަޙައްދު ހުސްކުރަން އެއްބަސްވީ ބަދަލުދޭނެކަމުގެ ޔަގީންކަމާއެކު ނަމަވެސް، މަސައްކަތް ނިމުނުއިރުވެސް އެއްވެސް ރައްޔިތަކަށް ބަދަލު ލިބިފައިނުވާކަން ކައުންސިލުން ފާހަގަކުރޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ޖުލައި 2026 | ބުރާސްފަތި 09:15
ހަނިމާދޫ  ސޭފްޒޯން ސަރަޙައްދު

ހަނިމާދޫ ސޭފްޒޯން ސަރަޙައްދު | ރާއްޖެ އެމްވީ

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުމުގެ ނަމުގައި ބޮޑެތި ބޯޓާއި ޖެޓު ޖައްސަދޭނެކަމަށް ބުނެ ކަނޑާލި 6000 އަށްވުރެ ގިނަ ރުއްގަހުގެ ބަދަލު މިހާތަނަށް ވެސް ރައްޔިތުންނަށް ނުލިބޭކަމަށާއި، ބަދަލު ހޯދުމަށް ކޯޓަށްދާން ޖެހިފައިވާކަމަށް ހަނިމާދޫ ކައުންސިލުން ބުނެފި އެވެ.

ހަނިމާދޫގައި އޮންނަ "ސޭފްޒޯން ސަރަޙައްދު" ގެ މަސައްކަތުގެ އަދާހަމައާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ސަރަޙައްދަކީ ކުރިން މުޅިންވެސް ރުއްގަސް ހުރި ސަރަޙައްދެއް ކަމަށެވެ.

Advertisement - newsAdvertisement

މި ސަރަޙައްދާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެމްއޭސީއެލް އަދި އާރްއޭސީއެލްގެ ބޭފުޅުން ރަށަށް އައިސް ކައުންސިލާ ބައްދަލު ކޮށްފައިވާ ކަމަށާއި، އެތަން ހުސްކުރަންޖެހޭކަމަށް އޭރު އަންގާފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އޭރު އެތަން ހުސްކުރަން އެންގީ ވީހާވެސް އަވަހަށް މަޝްރޫއުތައް ފަށަން ބޭނުންވާކަމުގެ ދަޅަ ދައްކައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ އިބްރާހިމް ވިދާޅުވި ގޮތުގައި އެމްއޭސީއެލް އިން އޭރު ބުނަމުން ދިޔައީ ބޮޑެތި ބޯޓު ފަހަރު ޖެއްސުމަށާއި، ޖެޓުތައް ޖެއްސުމަށްޓަކައި އެ ސަރަޙައްދު ކޮންމެހެންވެސް ބޭނުންވާކަމަށެވެ. އަދި ބައިނަލްއަޤުވާމީ އެއަރޕޯޓެއްގައި ހުންނަންޖެހޭ ގިނަ ކަންކަން ފުރިހަމަ ކުރުމަށްޓަކައިވެސް އެ ބިން ނަގަން ޖެހޭކަމަށް ބުނެފައިވާކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.

އޭރު އެ ވާހަކަތައް ޤަބޫލުކޮށް ކައުންސިލުންވެސް ވަނީ ރަށުގެ ތަރައްޤީއަށްޓަކައި އެކަމަށް އެއްބަސްވެފައެވެ. ނަމަވެސް އެތަނުގައި ހުރި ރުއްގަހުގެ ބަދަލު ދީ ހަދަންޖެހޭ އީއައިއޭތައް ހަދަންޖެހޭނެކަން ކައުންސިލުން އޭރުވެސް އޮތީ ފާހަގަކޮށްފައިކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާރުން ބޭނުންވީމާ އެއް ދުވަސްތެރޭގައި އީއައިއޭގެ މަސައްކަތްވެސް ނިންމާލި ކަމަށާއި، ނަމަވެސް އެތަނުގައި މަސައްކަތް ފެށީ ދޭންޖެހޭ ބަދަލުވެސް ދިނުމެއް ނެތިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކަންއެހެން އޮތްނަމަވެސް އެއާޕޯޓު މަޝްރޫއު ކުރިއަށްދާން ރައްޔިތުންވެސް އެދޭތީ ކައުންސިލުންވެސް އެ ފުރުސަތު ދީގެން ތިބިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިހާތަނަށް ބަދަލު ލިބުނު އެއްވެސް ރައްޔިތަކު ނެތްކަމަށާއި، ބަދަލު ބޭނުންވާނަމަ މިއަދު ކޯޓަށް ދިއުން ނޫން ގޮތެއް ނެތް ކަމަށެވެ.

 

އެމްއޭސީއެލްހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްއާރްއޭސީއެލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
02 ޖުލައި 2026

ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް

02 ޖުލައި 2026
ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭ ފެންވަރަށް؛ ސަރުކާރުން ދަނީ އުތުރުގެ ތަރައްގީއަށް ހުރަސްއަޅަމުން: ފައްޔާޒް
30 ޖޫން 2026

ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!

30 ޖޫން 2026
ބައިނަލް އަގްވާމީ އެއަރލައިންތަކަށް ރައީސް މުއިއްޒު ދައުވަތު ދެއްވި ހަނިމާދޫ އެއަރޕޯޓަކީ މިނިސްޓަރ އަމީން ވިދާޅުވާ ގޮތުން އެކަމަށް އެކަށީގެންވާ ތަނެއް ނޫން!
23 ޖޫން 2026

އެމިރޭޓްސްއިން ރާއްޖޭގައި އޯޓިޒަމް ކުދިންނަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމެއް ބާއްވައިފި

23 ޖޫން 2026
އެމިރޭޓްސްއިން ރާއްޖޭގައި އޯޓިޒަމް ކުދިންނަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމެއް ބާއްވައިފި
21 ޖޫން 2026

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި

21 ޖޫން 2026
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި
16 އެޕްރީލު 2026

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި

16 އެޕްރީލު 2026
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ފަށައި، 6 ވަނަ ދުވަހު ހުއްޓާލައިފި
11 އެޕްރީލު 2026

އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!

11 އެޕްރީލު 2026
އެމްއޭސީއެލް ގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓެއް، އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުން ހިމެނޭ!
23 ފެބުރުއަރީ 2026

ފަސޭހަ ގޮތް ހޯދައިދޭން އައި ސަރުކާރުން ރޯދަ މަހު ވެސް ޖެއްސީ ބޮޑު ތަކުލީފެއް، ''އޯޓީ ވެސް ދެނީ ޕްރެޝަރު ބޮޑުވެ އިތުރު ގޮތެއް ނެތިގެން ''

23 ފެބުރުއަރީ 2026
ފަސޭހަ ގޮތް ހޯދައިދޭން އައި ސަރުކާރުން ރޯދަ މަހު ވެސް ޖެއްސީ ބޮޑު ތަކުލީފެއް، ''އޯޓީ ވެސް ދެނީ ޕްރެޝަރު ބޮޑުވެ އިތުރު ގޮތެއް ނެތިގެން ''
20 ފެބުރުއަރީ 2026

އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ

20 ފެބުރުއަރީ 2026
އެމްއޭސީއެލްއާއި ހަވާލުކުރި ކެނދިކުޅުދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށާ
02 ފެބުރުއަރީ 2026

އައު ޓަރމިނަލާއެކު އިތުރު އެއަރލައިންތަކަށް ޖާގަ އޮތް ނަމަވެސް، މި ޕީކް ސީޒަނުގައި އައު ފްލައިޓެއް ނާދޭ: މެންބަރު ދީދީ

02 ފެބުރުއަރީ 2026
އައު ޓަރމިނަލާއެކު އިތުރު އެއަރލައިންތަކަށް ޖާގަ އޮތް ނަމަވެސް، މި ޕީކް ސީޒަނުގައި އައު ފްލައިޓެއް ނާދޭ: މެންބަރު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް