Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީޑީސީ

އަޔާޑާއަކީ 112 މިލިއަން ޑޮލަރުގެ އަގު ހުރި ތަނެއް، ސަރުކާރުން ބޭނުން ވިޔަސް 1.5 މިލިއަން ޑޮލަރަށް ވިއްކާ ނުލެވޭނެ: ތަޒްމީލް

2 އޯގަސްޓު 2026 | އާދީއްތަ 06:27

ގދ. މަގުއްދުވާ (އަޔާޑާ މޯލްޑިވްސް) ނުއަގުގައި ވިއްކާލަން އުޅޭކަމުގެ އަޑުތަކާ ގުޅިގެން، އެމްޓީޑީސީގެ ބޯޑުގައި ތިބޭ އާންމު ހިއްސާދާރުންގެ މެންބަރުން އެފަދަ ކަމަކަށް އެއްބަސްނުވާނެ ކަމަށް އެ ކުންފުނީގެ ކުރީގެ އެމްޑީ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވި. މި މައްސަލަ ބޮޑުވެފައިވަނީ އެ ރަށުގެ ހެޑްލީސް ކުޑަ އަގަކަށް ވިއްކާލަން އުޅޭކަމުގެ މައުލޫމާތު ފެތުރުމާ ގުޅިގެން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 2 އޯގަސްޓު 2026 | އާދީއްތަ 06:27
އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

އަޔާޑާއަކީ 112 މިލިއަން ޑޮލަރުގެ އަގު ހުރި ތަނެއް ކަމަށާއި، ސަރުކާރުން ބޭނުން ވިޔަސް 1.5 މިލިއަން ޑޮލަރަށް ވިއްކަން ކުންފުނީގެ އާންމު ބޯޑު މެންބަރުން އެއްބަސްނުވާނެ ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތަޒްމީލް ވިދާޅުވީ އެމްޓީޑީސީއަކީ ސައުވީސް ހާސް ބައްތިރީސް ހިއްސާދާރުންގެ ހައްޤު ހިމެނޭ ކުންފުންޏެއް ކަމަށެވެ. އަދި އެމްޓީޑީސީ ބޯޑުގައި ސަރުކާރުގެ ފަރާތުން 4 މެންބަރެންނާއި އާންމުންގެ ފަރާތުން 5 މެންބަރުން ތިބޭނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެމްޓީޑީސީގެ ބޯޑުގައި އާންމުން ތަމްސީލު ކުރަން މިހާރު ތިބި 5 މެންބަރުންނަކީ ގާބިލު މެންބަރުންތަކެއް ކަމަށް ފާހަގަކުރައްވާ، ތަޒްމީލް ވިދާޅުވީ އެ މެންބަރުންނަކީ ކުންފުނީގެ ހިއްސާދާރުންގެ ހައްޤު ގެއްލޭފަދަ ކަމެއް ކުރާނެ ބައެއް ނޫން ކަމަށެވެ. 

އެމްޓީޑީސީގައި މިއަދު އެ ތިއްބެވި އާންމު މެންބަރުންގެ ތެރެއިން ބޯޑަށް ހޮވިވަޑައިގެން ތިއްބެވި ހިއްސާދާރުންގެ ފަރާތުން ރިޕްރެސެންޓް ކުރައްވާ ބޭފުޅުން ތިބެގެންނެއް އެކަމަކަށް އެބޭފުޅުން އެއްބަސް ނުވާނެ، މިހެން މި ދަންނަވަން ޖެހުނު އެންމެ މުހިއްމު އެއް ސަބަބަކީ އެރަށަކީ ގދ. ގައި ހިނގަމުންދާ ރަށަކަށް ވީއިރު މިވަގުތު އެރަށުގެ ޕްރޮޕަޓީ ވެލިއު އަކީ 112 މިލިއަން ޑޮލަރު، 112 މިލިއަން ޑޮލަރުގެ ވެލިއު ހުރި ޕްރޮޕަޓީއެއް އެ ޕްރޮޕަޓީއަކީ އިނގޭތޯ، އެހެންވީހިނދު ސަރުކާރުން އަދި ބޭނުންވީ ނަމަވެސް އަޔާޑާއިން ސަރުކާރަށް ކޮންމެ ނުކިއްސަރު ހުށަހެޅުމެއް ސަރުކާރަށް ހުށަހަޅައިގެން ނަމަވެސް އަދި ސަރުކާރުން އޭގެ ތެރެއަށް ވަދެގެން ނަމަވެސް 1.4 މިލިއަން ރުފިޔާއަށް ޑޮލަރު، 1.4 މިލިއަން ޑޮލަރު، 1.5 މިލިއަން ޑޮލަރަކަށް އެމްޓީޑީސީ ބޯޑަކުން އެޕްރޫވް ކުރާނެ ކަމަކަށް އަޅުގަނޑުގެ ހިތެއް ގަބޫލެއް ނުކުރެ   
ތަޒްމީލް އަބްދުއްސަމަދު

ތަޒްމީލް ވިދާޅުވީ އަޔާޑާ ވިއްކާލައިފި ނަމަ ކޮންމެ އަހަރަކު އޮންނަ އަހަރީ އާންމު ޖަލްސާގައި އެކަމަށް ޖަވާބުދާރީ ވާން ޖެހޭނެކަން އާންމުންގެ ފަރާތުން އައިސް ހުރި ހިއްސާދާރުންނަށް އެނގޭނެ ކަމަށެވެ. އެހެންކަމުން އެ މެންބަރުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ. 

މީގެއިތުރުން، ކުރިން ވެސް އެ ރަށް ގަތުމަށްޓަކައި ސަރުކާރުގެ ތެރެއިން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އޭރުގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އެއީ ޓޫރަޒިމް މިނިސްޓްރީއާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ. އަދި އަޔާޑާއަކީ އެމްޓީޑީސީގެ ޕްރޮޕަޓީއެއް ކަމަށާއި އެމްޓީޑީސީއަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏެއް ކަމަށް ވިދާޅުވި ކަމަށް ވެސަ ތަޒްމީލް ވިދާޅުވި އެވެ.

އެމްޓީޑީސީ އަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގަމުން އަންނަ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ނުއަގުގައި ވިއްކާލަން މަސައްކަތް ކުރަމުން އަންނަކަމުގެ މައުލޫމާތު ވަނީ ފެތުރިފައި އެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ މިކަން ސާފުކުރުމަށް އެ ކޯޕަރޭޝަންގެ އައު މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދަށް ސިޓީއެއް ފޮނުއްވާފައި އެވެ.

އެމްޓީޑީސީތަޒްމީލް އަބްދުއްސަމަދު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

30 ޖުލައި 2026

ގދ މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކާލާކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އެމްޓީޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!

30 ޖުލައި 2026
ގދ މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކާލާކަމަށް ދެކެވޭ ވާހަކައާ ގުޅިގެން އެމްޓީޑީސީގެ އެމްޑީއަށް މެންބަރު ކުޑޫގެ ސުވާލުތަކެއް!
29 ޖުލައި 2026

ނުއަގުގައި ތުރުކީ ކުންފުންޏަކަށް ރަށެއް ވިއްކާލަން އުޅޭކަމަށް އަޑު ފެތުރިފައިވަނިކޮށް، އެމްޓީޑީސީގެ އެމްޑީ ބަދަލުކޮށްފި

29 ޖުލައި 2026
ނުއަގުގައި ތުރުކީ ކުންފުންޏަކަށް ރަށެއް ވިއްކާލަން އުޅޭކަމަށް އަޑު ފެތުރިފައިވަނިކޮށް، އެމްޓީޑީސީގެ އެމްޑީ ބަދަލުކޮށްފި
04 ޖުލައި 2026

މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައިވެސް ނުދެކެން: ތަޒްމީލް

04 ޖުލައި 2026
މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައިވެސް ނުދެކެން: ތަޒްމީލް
04 ޖުލައި 2026

ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް

04 ޖުލައި 2026
ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް
09 ޖޫން 2026

އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް

09 ޖޫން 2026
އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް
08 ޖޫން 2026

ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި

08 ޖޫން 2026
ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި
10 މެއި 2026

ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

10 މެއި 2026
ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް
09 މެއި 2026

މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް

09 މެއި 2026
މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް
17 އެޕްރީލު 2026

މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް

17 އެޕްރީލު 2026
މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް
10 ފެބުރުއަރީ 2026

ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ

10 ފެބުރުއަރީ 2026
ސަރުކާރުން 10 ރިސޯޓު ހަދަން 1 ބިލިއަން ޑޮލަރު ބޭނުންވާނެ، ލޯނު ދައްކަން 100 މިލިއަން ޑޮލަރު ނުލިބުނު ބަޔަކަށް އެކަމެއް ނުވާނެ: ބޮންޑެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް