Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ކޮންޓްރޯލް ގެއްލުން

ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި

ރާއްޖޭގެ މާލީ ވަޒީރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަކީ ގައުމުގެ މާލީ ނިޒާމު ފޫވެއްޓިފައިވާ ކަމުގެ ހެއްކެއް ކަމަށް އެމްޓީޑީސީގެ ކުރީގެ އެމްޑީ ތަޒްމީލު އަބްދުއްސަމަދު ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 8 ޖޫން 2026 | ހޯމަ 19:14
 އެމްޓީޑީސީގެ ކުރީގެ އެމްޑީ ތަޒްމީލު އަބްދުއްސަމަދު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އެމްޓީޑީސީގެ ކުރީގެ އެމްޑީ ތަޒްމީލު އަބްދުއްސަމަދު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ސްކްރީން އިމޭޖް

ފެންނަނީ ސަރުކާރު ހިފަހައްޓަން ޖެހި ނަޓުތައް ދޫވެ، ނޭނގި ތިއްބާ ސަރުކާރު ބީވެދާނެ ފަދަ މަންޒަރެއް ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ މާލީ ވަޒީރުގެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމަކީ އާންމު ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވައި ތަޒްމީލު ވިދާޅުވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ މާލީ ނިޒާމް މިއަދު އޮތީ ފޫވެއްޓިފައި ކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ. ރާއްޖެ އޮތީ އިގްތިސާދީ ނުރައްކަލެއްގެ ތުންފަތް މަތީގައި ކަމަށް ތަޒްމީލް ވަނީ ވިދާޅުވެފަ އެވެ. 

ސަރުކާރަށް މިހާރު ވަމުންދާ ގޮތާއި ގައުމުގެ ހާލަތާ މެދު ވާހަކަދައްކަވަމުން ތަޒްމީލު ވިދާޅުވީ، މި މަންޒަރުތަކުން އެންމެ ބޮޑަށް ހަނދާނަށް އަންނަނީ އަވަށްޓެރި ސްރީލަންކާގެ މަޝްރަހަށް ވެގެން ދިޔަ ގޮތް ކަމަށެވެ. ލަންކާގެ އިގްތިސާދު ބަނގުރޫޓުވެ، އެ ގައުމުގެ ވެރިކަން ވެއްޓިގެން ދިޔައީ ވެސް މާލީ ވަޒީރު އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މުސާރަ ހަދާފައި ކުރީ ބައިގައި ފޮނުވައިފި ފިނޭންސަށް. މިދިޔަ މަހުގެ 26 ހިސާބުގައި ބައެއް ކުންފުނިތަކުން ފޮނުވައިފި. އެކަމަކު ކިހިނެތްތޯ ކަން ވެގެން ދިޔައީ. އީދު ނިމުނު އިރު ވެސް މުސާރަ ނުދެވޭ. ދައުލަތް އޮތް ހާލަތު." އޭނާ ވިދާޅުވި އެވެ.

ރާއްޖެ މިއަދު އޮތީ އިގްތިސާދީ ގޮތުން ވަރަށް ނުރަނގަޅު ހާލަތެއްގައި ކަމަށާއި، މިއީ ރާއްޖޭގެ ރައްޔިތުން ދެކެން ބޭނުންވާނެ ދުވަސްތަކެއް ނޫން ކަމަށް ތަޒްމީލު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ގައުމު އޮތް ނާޒުކު ހާލަތުގެ ހަގީގީ ވާހަކަ ދެއްކުމަކީ މިއަދު ކުރަން ޖެހޭ ކަމެއް ކަމަށާއި، އެ ހާލަތަކީ ނެތް ހާލަތެއް ކަމަށް ހަދައިގެން ތިބެވެން ނެތް ކަމަށެވެ.

ގައުމުގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށް ވިދާޅުވަމުން ތަޒްމީލު ވަނީ ރާއްޖެއިން ދައުލަތެއްގެ ސިފަ ގެއްލެމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ލަންކާގެ ރައްޔިތުން އެ ގައުމުގެ ހާލަތާ މެދު ބަސް ބުނި ގޮތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ރާއްޖޭގެ ހާލަތު ވެސް އެ މިސްރާބަށް ދިއުމުގެ ބިރު އެބައޮތް ކަމަށެވެ.

ތަޒްމީލް އަބްދުއްސަމަދުއެމްޓީޑީސީސްރީލަންކާ

އިތުރަށް ކިޔާލަން

21 މެއި 2026

ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި

21 މެއި 2026
ސްރީލަންކާ އަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހުށަހަޅަން ލާޒިމުކޮށްފި
21 މެއި 2026

ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި

21 މެއި 2026
ލަންކާގައި ދިރިއުޅޭ ދިވެހީންނަށް ބިރު ދެއްކި މައްސަލައިގައި އެގައުމުގެ ފުލުހުންނާއި، ހައިކޮމިޝަން މެދުވެރިކޮށް މައުލޫމާތު ހޯދަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި
10 މެއި 2026

ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

10 މެއި 2026
ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް
09 މެއި 2026

މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް

09 މެއި 2026
މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް
03 މެއި 2026

ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ

03 މެއި 2026
ރައީސްގެ ލަންކާ ދަތުފުޅާ ގުޅިގެން ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ދިވެހިން ދިރިއުޅޭ ތަންތަނަށް ލަންކާ ފުލުހުން ފޮނުވައިގެން ބިރު ދައްކަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު