Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ތާއީދު

މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައިވެސް ނުދެކެން: ތަޒްމީލް

4 ޖުލައި 2026 | ހޮނިހިރު 18:15

ރާއްޖޭގެ ޑިމޮކްރަސީގެ ތާރީޚުގައިވެސް ވެރިކަމުގެ މިހާ ކުރީކޮޅު ރައްޔިތުންގެ އިތުބާރު ގެއްލުނު ސަރުކާރެއް ފެނިފައިނުވާކަމަށް ތަޒްމީލް ވިދާޅުވި. ސަރުކާރުން އެއްވެސް ދިރާސާއެއް ނެތި ދޮގު ވައުދުތައް ވަމުންދާކަން ފާހަގަކުރައްވައި، ސަރުކާރުގެ ގޯސްތައް ފޮރުވުމަށްޓަކައި ތަރުޖަމާނުން ބަދަލުކުރާ މިންވަރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި. އަދި މި ސަރުކާރުގެ މަސައްކަތްތައް ފެއިލްވެފައިވާކަމަށް ވިދާޅުވެ، ތަޒްމީލް ވަނީ ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖުލައި 2026 | ހޮނިހިރު 18:15
އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު

އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު | ރާއްޖެ އެމްވީ

ވެރިކަމުގެ މިހާ ކުރީކޮޅު ރައްޔިތުންގެ ތާއީދު މިހާ ބޮޑަށް ގެއްލިގެންދިޔަ ވެރިއަކު ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައިވެސް ފެނިފައިނުވާކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ތަޒްމީލް ވިދާޅުވީ، ރާއްޖޭގެ ސަރުކާރެއްގެ މިހާ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ހަމައާއި އުސޫލުތައް ގެއްލި، އާންމުންގެ އިތުބާރު މިހާ ބޮޑަށް ކުޑަވެގެންދިޔަ މަންޒަރެއް މީގެ ކުރިން ތާރީޚުން ފެންނަން ނެތް ކަމަށެވެ. އަދި މިހާރު ފެންނަމުންދަނީ އާދަޔާ ޚިލާފަށް ރައްޔިތުންނަށް ދޮގުހެދުން އާންމުވެފައިވާ މަންޒަރު ކަމަށާއި، އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ރައްޔިތުންނަށް ބޮޑެތި ވައުދުތައް ވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ތަޒްމީލް ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ފާޑުވިދާޅުވަމުން ތަޒްމީލް ވިދާޅުވީ، ސަރުކާރުގެ ގޯސްތައް ފޮރުވައި މޫނުމަތި ރީތިކުރުމަށްޓަކައި މިއިން ދުވަހަކު ސަރުކާރަކުން ތަރުޖަމާނުން ބަދަލުނުކުރާ މިންވަރަށް މި ސަރުކާރުން ތަރުޖަމާނުން ބަދަލުކޮށްފައިވާ ކަމަށެވެ. މިގޮތަށް ތަރުޖަމާނުން ބަދަލުކުރަނީ އެއް ބަޔަކު އަބަދު އެއް ދޮގުތަކެއް ތަކުރާރުކުރަން ތިބުމަކީ އުނދަގޫ ކަމަކަށްވާނެތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ތަޒްމީލް ވިދާޅުވީ، މި ސަރުކާރުގެ ދައުރު ނިމިގެންދާނީވެސް ސަރުކާރުގެ އިސްވެރިން އެކި މަގާމުތަކަށް "ޝަފުލް" ކޮށްކޮށް ތިއްބައި ކަމަށެވެ. އަދި މިއަދު މިއޮތް ސަރުކާރުގެ މަސައްކަތްތަކަށް ބަލައި ރިޕޯޓެއް ދޭނަމަ، ދޭނީ "ޔޫ" ސެޓެއް ނުވަތަ ފެއިލްވެފައިވާ ރިޕޯޓެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ތަޒްމީލްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި އަމަލީ މަސައްކަތާ ދިމާނުވާކަން ފާހަގަކުރައްވައި، މިހާރުގެ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ތަޒްމީލް އަބްދުއްސަމަދުއެމްޓީޑީސީޑިމޮކްރަސީމުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

04 ޖުލައި 2026

ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް

04 ޖުލައި 2026
ޔޫރަޕުން ބޭސް ގެންނާނަމޭ ވެސް ވިދާޅުވި، އަދި ނުކަން ޔޫރަޕުގެ ޕެނަޑޯލެއް، ހަމަ އެއްކަލަ އިންޑިއާގެ ބޭސް މި ކަނީ: ތަޒްމީލް
26 ޖޫން 2026

މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް

26 ޖޫން 2026
މިއަދު ފެންނަމުންދަނީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު: ފައްޔާޒް
12 ޖޫން 2026

އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ރައީސް ސޯލިޙު

12 ޖޫން 2026
އެމްޑީޕީން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ރައީސް ސޯލިޙު
11 ޖޫން 2026

ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒު ފައިދާ ނަގާނެ: ސައުދު

11 ޖޫން 2026
ރައްޔިތުން ވޯޓަށް ޒިންމާދާރުވާން ޖެހޭ، ޒިންމާދާރުނުވާ ނަމަ ވެރިން ނާޖާއިޒު ފައިދާ ނަގާނެ: ސައުދު
09 ޖޫން 2026

އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް

09 ޖޫން 2026
އިންތިހާއަށް ބޮޑެތި ޚަރަދު ކޮށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ފަސްގަނޑު އަދި ހިއްކާ ނުނިމޭ: ތަޒްމީލް
08 ޖޫން 2026

ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި

08 ޖޫން 2026
ތަޒްމީލު: ރާއްޖެއިން ސަރުކާރުގެ ކޮންޓްރޯލް ގެއްލެމުންދާ ބިރުވެރި މަންޒަރެއް ފެންނަން ހުރި
29 މެއި 2026

ހާމަކަން ކުޑަވެގެން ލިބޭނެ ހަމަޖެހުމެއް ނެތެވެ!

29 މެއި 2026
ހާމަކަން ކުޑަވެގެން ލިބޭނެ ހަމަޖެހުމެއް ނެތެވެ!
21 މެއި 2026

ޕީއެންއެފް އިން ތިން ރައީސުންގެ އިއްތިހާދަށް އެއްބާރުލުންދޭން ފާސްކޮށްފި

21 މެއި 2026
ޕީއެންއެފް އިން ތިން ރައީސުންގެ އިއްތިހާދަށް އެއްބާރުލުންދޭން ފާސްކޮށްފި
17 މެއި 2026

ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް: ކުރީގެ ރައީސް ނަޝީދު

17 މެއި 2026
ދަރަނީގެ މައްސަލަ ހައްލު ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން އިތުރު ނިކަމެތި ކަމެއްގެ ތެރެއަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް: ކުރީގެ ރައީސް ނަޝީދު
15 މެއި 2026

ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!

15 މެއި 2026
ތިން ރައީސުންވެސް ވިދާޅުވީ، އިނަފް އިސް އިނަފްކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް