Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަޒްމީލް އަބްދުއްސަމަދު

ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

10 މެއި 2026 | އާދީއްތަ 09:34

މި ސަރުކާރަކީ ދޮގު ހެދުމުގެ މައްޗަށް ބިނާވެފައިވާ ސަރުކާރެއް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ނޫސްވެރިންނަށް އަދަބު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ. މީގެ އިތުރުން ގާނޫނުއަސާސީން ކަނޑައަޅާފައިވާ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކުރަމުންދާ ކަމަށް ވިދާޅުވެ، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 މެއި 2026 | އާދީއްތަ 09:34
މީޑިއާ ފެންޑާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މިހާރު މި ފެންނާ ވަނީ ބަންދުކޮށްފައި

މީޑިއާ ފެންޑާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މިހާރު މި ފެންނާ ވަނީ ބަންދުކޮށްފައި | ރައީސް އޮފީސް

މި ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ނުހަނު ގާތުން މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ދެއްކުމަށް ކަމަށާ ނަމަވެސް ނޫސްވެރިންނަށް ޚާއްސަކޮށް ހެދި ނޫސްވެރިންގެ ފެންޑާ ވެސް ފެންނަން ނެތް ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޒްމީލް ވިދާޅުވީ މި ސަރުކާރަކީ އިންތިހާ އަށް ދޮގު ހަދާ ސަރުކާރެއް ކަމަށެވެ. ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭނގޭ ހިސާބަށް ގޮސްފައިވާ ކަމަށާ އެކަން އެހިސާބަށް ވެސް ދިޔައީ ދޮގު ހަދަމުން ހަދަމުން ގޮސް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ހަގީގަތަކީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ހުރިހާ ކަމެއް ދޮގު ހެދުމުގެ މައްޗަށް ބިނާވެފަ އޮތުން ކަމަށާ މި ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ވެސް އެންމެ ގުޅިގެން މަސައްކަތް ކުރާނެ ސަރުކާރު ކަމަށް ދެއްކުމަށް ކަމަށް ތަޒްމީލް ވިދާޅުވި އެވެ. އެކަމަށްޓަކައި ރައީސް އޮފީހުގެ ކުރިމަތީގައި ނޫސްވެރިންގެ ފެންޑާއެއް ހެދި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސަރުކާރުގެ އިސްވެރިންނަށް ރައީސް އޮފީހުގެ ކުރިމަތީގައި ނޫސްވެރިންގެ ފެންޑާގެ ނަމުގައި ފެންޑާއެއް ބަހައްޓަން ކެތް ނުވި ކަމަށެވެ.  ސަބަބަކީ ނޫސްވެރިން އެތަނަށް ގޮސް ނޫސްވެރިންގެ މަސައްކަތް ކޮށް ރައީސާ ސުވާލު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މިއަދު އެ ފެންޑާ ވެސް ނެތް ކަމަށާ އެތަނުން އެ ފެންޑާ ނަގައިފި ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ނޫސްވެރިންނާ ސަރުކާރާ އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ދައްކައި، އެކަން ކުރުމަށްފަހުގައި މިއަދު އެކަން ނުކުރެވުނީމާ، ނޫސްވެރިންގެ އަނގަމަތީގައި މަލަން އަޅައި، ދިވެހި ރައްޔިތުންނަށް ގެނަސްދޭ މައުލޫމާތު ހުއްޓުވުމަށްޓަކައި، ސަރުކާރުގެ އަތުގައި އޮތް ބާރެއް، ރައްޔިތުންގެ މަޖިލީހުގައި ތިބި އަޅުގަނޑުމެންގެ މަންދޫބުން އަތުގަޔާއި ފައިގައި ބިޑި އަޅުވާފައި ލިބިފަ އޮތް ހުރިހާ ހައްގުތައް އުނި ކުރުން. ނޫސްވެރިންނަކީ ސަރުކާރެއް ނުވަތަ ދައުލަތެއް ހިންގުމަށް ބޭނުންވާ އެންމެ އަސާސީ އެއް ކޮމްޕޯނަންޓް
އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު

ތަޒްމީލް ވިދާޅުވީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިންނަކީ ގައުމަށް އެންމެ މުހިއްމު އެއް ބައެއް ކަމަށާ ނޫސްވެރިންނަކީ ހިތްވަރުގަދަ، ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ކަމަށެވެ. ނަމަވެސް މިއަދު އެއީ އެއްވެސް ބަޔަކަށް ނުހަދާ، ނޫސްވެރިޔާ އޭނާ ލިޔާ ޚަބަރަކުން ނުވަތަ އޭނާ ބުނާ ބަހަކުން ނުވަތަ އޭނާ ލިޔާ ލިޔުމަކުން ހިފާ ހައްޔަރުކޮށް އަދަބުދީ އޭނާ ގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭތޯ މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.  

މިފަދަ ކަންކަން ކުރުމަށްވުރެ، ގައުމުގެ ހިންގުން އެހެން ބަޔަކާ ހަވާލުކުރުމަކީ އެންމެ ރީތި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތަޒްމީލް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސްއަޅަމުން ދާއިރު ރައީސް ގެ މުށުތެރެއަށް ބާރުތައް ޖަމާކޮށްގެން މަސައްކަތް ކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

އެގޮތުން ދިވެހިރާއްޖޭގެ 3 ބާރު ވަކިވެފަވާ ނިޒާމެއް އޮންނަ ކަމަށާ ބާރުތައް އޮންނަން ވީ ގޮތް ގާނޫނު އަސާސީގައި ވަރަށް ތަފްސީލުކޮށް ލިޔެފަ ވާއިރުވެސް ރައީސް އެ ބާރުތައް މުށުތެރެއަށް ލަމުންދާތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު އިލެކްޝަންސް ކޮމިޝަނާ އޭސީސީ އާ ޖުޑީޝިއަރީގެ ބާރުތައް ވެސް މުށުތެރެއަށް ލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ތަޒްމީލް އަބްދުއްސަމަދުއެމްޓީޑީސީރާއްޖެ ޓީވީޑރ. މުޙައްމަދު މުޢިއްޒުޕްރެސް ފްރީޑަމްރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

09 މެއި 2026

މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް

09 މެއި 2026
މި ސަރުކާރަށް މިއަދު ތާއީދު އޮތީ 30 އިންސައްތަ، 2028 އަށް ދާއިރު ތާއީދު 15 އިންސައްތަ އަށް ދަށްވާނެ: ތަޒްމީލް
09 މެއި 2026

ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!

09 މެއި 2026
ކަމަދޫގެ ފޯރި ގަދަ އީދު ކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ!
09 މެއި 2026

ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟

09 މެއި 2026
ވެރިކަމަށް އައުމަށް ބޭނުންކުރި ހަރުގަނޑު އެއްލާލުމަށްފަހު، މިހާރު އަނެއްކާވެސް އެ ހަރުގަނޑު ގެނެސް ޖެއްސީތަ؟
09 މެއި 2026

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒް އަވަހާރަވެއްޖެ

09 މެއި 2026
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒް އަވަހާރަވެއްޖެ
08 މެއި 2026

ޒަހަމްގައި މަލަން އަޅާނީ އެންގީމަތާ އެވެ.

08 މެއި 2026
ޒަހަމްގައި މަލަން އަޅާނީ އެންގީމަތާ އެވެ.
07 މެއި 2026

ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު

07 މެއި 2026
ރ. މަޑުއްވަރީގެ ޔޫތް ސެންޓަރުގެ މަސައްކަތް ނިމުނު ނަމަވެސް ސަރުކާރަށް މިވީ 2 އަހަރާއި ބައިގެ ތެރޭގައި އެތަނަށް ވަސީލަތްތައް ހޯދައި ނުދެވުނު
06 މެއި 2026

2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ

06 މެއި 2026
2 އަހަރު ވީއިރުވެސް ކާބޯތަކެއްޗާ ގުޅޭ ގަވާއިދުތައް ނުހެދުނީ ބަޖެޓު ނެތުމުން، ލަސްވާކަން ގަބޫލުކުރަން: މިނިސްޓްރީ
06 މެއި 2026

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

06 މެއި 2026
މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު
05 މެއި 2026

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު
05 މެއި 2026

"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"

05 މެއި 2026
"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް