Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަސްވޭގަސްގައި ބަޑިޖެހުން

ލަސްވޭގަސްގެ މިއުޒިކް ފެސްޓިވަލެއްގެ ތެރެއަށް ބަޑި ޖަހާ އެތައް ބަޔަކު މަރާލައިފި

މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައި

ލީވާން އަލީ
ލީވާން އަލީ | 2 އޮކްޓޯބަރު 2017 | ހޯމަ 11:37
ލަސްވޭގަސްގައި ހިނގި ބަޑިޖެހުމުގެ ހާދިސާ ތެރެއިން

ލަސްވޭގަސްގައި ހިނގި ބަޑިޖެހުމުގެ ހާދިސާ ތެރެއިން

ލަސްވޭގަސްގައި ކުރިޔަށް ދިޔަ މިއުޒިކް ފެސްޓިވަލެއް ތެރެއަށް ބަޑިޖަހާ 50 އަށް ވުރެ ގިނަ މީހުން މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ބަޑިޖަހާފައި ވަނީ ލަސްވޭގަސްގެ ހޮޓަލެއްގެ 32 ވަނަ ފަންގިފިލާއިންނެވެ. އެހެން ނަމަވެސް މާގިނައިރުތަކެއް ނުވަނީސް ހުއްޓުމެއްނެތި ބަޑިޖަހަމުންދިޔަ މީހާ، ފުލުހުން ވަނީ ބަޑިޖަހާ މަރާލާފައެވެ. މިހާތަނަށް މި ހާދިސާގައި 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާ އަކީ އެމެރިކާގެ ތާރީހުގައި ވެސް ދެވުނު އެންމެ ބޮޑު އެއް ޓެރެރިސް ހަމަލާއެވެ. މިދިޔަ އަހަރު އޮލާންޑޯ ނައިޓް ކްލަބަކަށް ދިން ހަމަލާއެއްގައި 49 މީހުން ވަނީ މަރާލާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ބަޑިޖެހި މީހާއަކީ ލަސްވޭގަސްގެ ސްޓެފެން ޕެޑޮކް ނަމަކަށް ކިޔާ މީހެކެވެ. މި ހަމަލާ ދީފައިވަނީ އޭނާ އެކަނިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް ފުލުހުން ތުހުމަތު ކުރާގޮތުގައި އޭނާ މި ހަމަލާ ދީފައިވަނީ ޖަމާއަތަކާ ގުޅިގެންނެވެ.

ފުލުހުން ވަނީ ހަމަލާދިން މީހާގެ ރޫމް މޭޓް ހޯދާފައެވެ. މަރިލޯ ޑޭންލީ ނަމަކަށް ކިޔާ މި އަންހެން މީހާ ފުލުހުން ހޯދާފައިވާއިރު، އޭނާ އަކީ ހަމަލާދިން މީހާގެ އެސޯސިއޭޓް ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން ފުލުހުން ވަނީ ހަމަލާދިން މީހާ އަދި އެސޯސިއޭޓްކަމަށް ތުހުމަތުކުރެވޭ މީހާގެ ކާރު ވެސް ހޯދާފައެވެ.

ރިޕޯޓްތައް ބުނާގޮތުން ހަމަލާގައި ގިނައިން މަރުވެފައިވަނީ 20 އަހަރާ 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

އިގިރޭސި ޕާލަމަންޓް ބޭރުގައި ބަޔަކު ބަޑި ޖަހައިފި

22 މާރިޗު 2017
އިގިރޭސި ޕާލަމަންޓް ބޭރުގައި ބަޔަކު ބަޑި ޖަހައިފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު