Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

ހަމަލާ ދިން މީހާ އާއިލާގެ ތިން މީހަކު ފްރާންސް ފުލުހުން ވަނީ ހައްޔަރުކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 21 އެޕްރީލު 2017 | ހުކުރު 19:15
ހާދިސާއަށް ފަހު އިމާޖެންސީ ސާވިސަސްގެ އޮފިޝަލުން ހަަރަކާތްތެރި ވަނީ

ހާދިސާއަށް ފަހު އިމާޖެންސީ ސާވިސަސްގެ އޮފިޝަލުން ހަަރަކާތްތެރި ވަނީ

ފްރާންސްގެ ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިފައިވާ ކަމަށާއި އެމީހާއަކީ ހައްދުފަހަނައަޅައިފައިވާ މުސްލިމެއް ކަމަށް ފްރާންސް ފުލުހުން ބުނެފިއެވެ.

ފްރާންސް ފުލުހުން ބުނީ އެމީހާ ދެނެގަނެވިފައި ވަނީ އޭނާގެ ކާރުގައި ހުރި ގަނޑުތަކެއްގެ އެހީގައި ކަމަށެވެ. އެހެންނަމަވެސް ފުލުހުން އޭނާގެ ނަން ހާމަކޮށްފައެއް ނުވެއެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބަޑިން ހަމަލާ ދިން މީހާއަކީ ވެރިރަށް ޕެރިހުގެ ރަށްބޭރުގައި ދިރިއުޅެމުން އަންނަ އުމުރުން 39 އަހަރުގެ މީހެކެވެ.

ޕެރިހުގެ މަޝްހޫރު މަގެއް ކަމުގައިވާ ޗެމްޕްސް އެލިސީސްގައި ބަޑިޖެހުމުގެ ހާދިސާ ހިނގިއިރު، ބަޑިން ހަމަލާދިން މީހާ ވަނީ ފްރާންސް ފުލުހުންގެ ހަމަލާގައި މަރުވުމުގެ ކުރިން، އެއް ފުލުހަކު މަރާލައި ދެ ފުލުހަކު ޒަޚަމްކޮށްލާފައެވެ.

ފްރާންސް ފުލުހުން ބުނާ ގޮތުން ހަމަލާ ދިން މީހާގެ ކާރުން ވަނީ ޕަމްޕް-އެކްޝަން ޝޮޓް ގަންއަކާއި އަދި ވަޅިތަކެއް ފެނިފައެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި ހަމަލާ ދިން މީހާ އާއިލާގެ ތިން މީހަކު ފްރާންސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނޫސް އެޖެންސީ، "އަލްއަޢްމާޤް" އިން ބުނެފައި ވަނީ ޕެރިހުގެ މަގަކަށް ހަމަލާ ދިން މީހާ އަކީ އައިއެސް އަށް ނިސްބަތްވާ ހަނގުރާމަވެރިއެއް ކަމަށްވާ އަބޫޔޫސުފް އަލްބެލްޖީކީ ކަމަށެވެ.

ފްްރާންސްގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އާދީއްތަ ދުވަހު ބާއްވާއިރު ސަލާމަތީ ޚިދުމަތްތަކުން ވަނީ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު