Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސިވިލާތުގެ އައު ޚާރިޖީ ވަޒީރު އެޑް މިލިބޭންޑް އަކީ ކޮންބޭފުޅެއް؟

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމްގެ ސަރުކާރުން ޚާރިޖީ ވަޒީރުގެ މަގާމަށް އެޑް މިލިބޭންޑް އައްޔަންކުރެއްވުމާ ގުޅިގެން، އޭނާގެ ތަޖުރިބާއާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން. ޚާއްސަކޮށް ހަކަތައިގެ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދަށް ކުރި އަސަރުތަކާއި ބައިނަލްއަގުވާމީ މަސްރަހުގައި އޭނާ މީގެ ކުރިން ގެންގުޅުއްވި ބައެއް ނިންމުންތަކާ ގުޅިގެން އެމެރިކާ ފަދަ ގައުމުތަކުގެ ނުރުހުން ވެސް ވަނީ މިކަމުގައި އަމާޒުވެފައި.

ރާއްޖެ އެމްވީ | 22 ޖުލައި 2026 | ބުދަ 17:57
އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުކަމުގެ މަގާމަށް އަލަށް އައްޔަންކުރެއްވި އެޑް މިލިބޭންޑް ލަންޑަނުގެ ޑައުނިންގް ސްޓްރީޓުން ނުކުމެވަޑައިގަންނަވަނީ

އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުކަމުގެ މަގާމަށް އަލަށް އައްޔަންކުރެއްވި އެޑް މިލިބޭންޑް ލަންޑަނުގެ ޑައުނިންގް ސްޓްރީޓުން ނުކުމެވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް


އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާންހަމް، އެ ގައުމުގެ ފޮރިން ސެކްރެޓަރީ (ޚާރިޖީ ވަޒީރު) ގެ މަގާމަށް، ލޭބަރ ޕާޓީގެ ކުރީގެ ލީޑަރު އަދި 'ނެޓް-ޒީރޯ' ސިޔާސަތު އެކުލަވާލެއްވި އެޑް މިލިބޭންޑް އައްޔަންކުރައްވައިފި އެވެ. މިލިބޭންޑް މި މަގާމަށް އައްޔަންކުރައްވާފައި މިވަނީ، އޭނާގެ ޑިޕްލޮމެޓިކް ދާއިރާގެ ތަޖުރިބާ މަދުވުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ބޮޑުވަޒީރު ބާންހަމް މިކަން އިޢުލާން ކުރެއްވީ، މިދިޔަ ހޯމަ ދުވަހު ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހުގަ އެވެ. ބާންހަމް ބޮޑުވަޒީރުކަމުގެ މަގާމަށް ވަޑައިގަތީ، އާންމުންގެ ތާއީދު ކުޑަވުމާއި، ލޯކަލް އިލެކްޝަންތަކުގައި ލޭބަރ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއާއި، ސަރުކާރުގެ ތެރޭގައި ފެންމަތިވި ގިނަ ސީރިއަސް މައްސަލަތަކާ ގުޅިގެން އިސްތިއުފާ ދެއްވި ކިއަރ ސްޓާމަރގެ ބަދަލުގަ އެވެ.

އުމުރުން 56 އަހަރުގެ މިލިބޭންޑަކީ 2024 ވަނަ އަހަރުން ފެށިގެން ސްޓާމަރގެ ސަރުކާރުގައި އެނާޖީ ސެކްރެޓަރީގެ މަގާމު ފުރުއްވި، އެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރެވެ. އޭނާއަކީ 2030 ވަނަ އަހަރާ ހަމައަށް އިނގިރޭސިވިލާތުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ކާބަން އެއްކޮށް ނައްތާލުމަށް އެކުލަވާލި، މަޝްހޫރު 'ނެޓް-ޒީރޯ' ޕްރޮގްރާމްގެ މޭސްތިރިޔާގެ ގޮތުގައި ބެލެވޭ ބޭފުޅެކެވެ. މީގެ އިތުރުން، 2010 އާއި 2015 އާ ދެމެދު އޭނާ ވަނީ ލޭބަރ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާފަ އެވެ. ނަމަވެސް 2015 ވަނަ އަހަރުގެ އާންމު އިންތިޚާބުން އެ ޕާޓީ ބަލިވުމާ ގުޅިގެން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

މިލިބޭންޑް ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރުމާއެކު، އޭނާ އެނާޖީ ސެކްރެޓަރީގެ މަގާމުގައި ހުންނެވިއިރު ކުރެއްވި މަސައްކަތްތަކަށް އަމާޒުވި ފާޑުކިޔުންތައް އަލުން ވަނީ ފެންމަތިވެފަ އެވެ. ކޮންޒަވޭޓިވް ޕާޓީއާއި، ރިފޯމް ޔޫކޭއާއި، ޓްރޭޑް ޔޫނިއަންތަކުގެ އިތުރުން އިނގިރޭސި މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރުމަށާއި ނޯތު ސީގައި ތެޔޮ ނެގުމަށް ކޮނުމާ ދެކޮޅަށް އޭނާ ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ ހަކަތައިގެ މައްސަލަ ވަނީ އިތުރަށް ގޯސްވެފަ އެވެ.

ތެލާއި ގޭސް އުފެއްދުމަށް މިލިބޭންޑް އެޅުއްވި ހުރަސްތަކުގެ ސަބަބުން ވަޒީފާތަކަށާއި ސިނާއީ ދާއިރާއަށް ނުރައްކާވާ ކަމަށް ބުނެ ޓްރޭޑް ޔޫނިއަންތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޮންފެޑަރޭޝަން އޮފް ބްރިޓިޝް އިންޑަސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އިނގިރޭސި ވިޔަފާރިތަކުން މިހާރު ހަކަތައަށް ކުރާ ހޭދަ، ޖީ7 ގެ ގައުމުތަކުގެ އެވްރެޖަށްވުރެ 45 އިންސައްތަ އިތުރެވެ.

މި ތުހުމަތުތައް ދޮގުކުރައްވަމުން މިލިބޭންޑް ވިދާޅުވީ، ބިލްތައް ބޮޑުވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގަށް އަންނަ ބަދަލުތަކާއި، ބޭރުން އެތެރެކުރާ ތެލަށް އިނގިރޭސިވިލާތް ބަރޯސާވާން ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތަ އިތުރަށް ފުޅާކުރުމުން، ކުރިމަގުގައި ހަކަތައިގެ އަގު ހެޔޮވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، މިލިބޭންޑަކީ މީގެ ކުރިން ދިފާއީ، ޚާރިޖީ ނުވަތަ ގައުމީ ސަލާމަތާ ބެހޭ އެއްވެސް މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫންކަން ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެ އެވެ. ނަމަވެސް އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، މޫސުމީ ބަދަލުތަކާ ގުޅޭ ބައިނަލްއަގުވާމީ މަޝްވަރާތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައިވާތީ، އެ މަގާމަށް ބޭނުންވާ ތަޖުރިބާ އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ.

ދަ ޓެލެގްރާފް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިލިބޭންޑް މި މަގާމަށް އައްޔަންކުރުމާ ގުޅިގެން އެމެރިކާގެ ވައިޓް ހައުސްއިން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޚާއްސަކޮށް 2013 ވަނަ އަހަރު ސީރިއާގައި އިނގިރޭސި ސިފައިން އަސްކަރީ ހަރަކާތްތަކެއް ހިންގުމަށް ހުށަހެޅި ހުށަހެޅުން ބާތިލްކުރުމުގައި އޭނާ އަދާކުރި ދައުރާ ގުޅިގެންނެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރާ ހަނގުރާމައިގެ ކުރީކޮޅު، އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ނުދިނުމަށް އޭނާ ސްޓާމަރަށް ބާރުއެޅުއްވި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ފޮރިން ސެކްރެޓަރީގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ބަޔާނުގައި މިލިބޭންޑް ވައުދުވެވަޑައިގަތީ، އިނގިރޭސިވިލާތުގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ގައުމުތަކާއެކު އޮންނަ ގުޅުންތައް ވަރުގަދަކުރުމަށެވެ. އަދި އީރާނުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި، އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދަނޑިވަޅުގައި ބޮޑުވަޒީރު ބާންހަމް ވަނީ އިނގިރޭސިވިލާތަށް "އުންމީދީ ދުވަސްތަކެއް" ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް، މިހާތަނަށް އޭނާ ގެންގުޅުއްވަނީ ސްޓާމަރގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކެވެ. އެގޮތުން، ގައުމުގެ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އާންމު ޚިދުމަތްތައް ބަލިކަށިވެ، ވަޒީފާނެތް މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، ޔޫކްރޭނަށާއި ނޭޓޯއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އީޔޫއާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ދިފާއީ ޚަރަދުތައް އިތުރުކުރުމަށް އޭނާ ވަނީ ނިންމަވާފަ އެވެ.

އިސްރާއީލާ މެދު ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް ބާންހަމް ވިދާޅުވި ނަމަވެސް، އެކަން ކުރައްވާނީ ކިހާ މިންވަރަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ. ސަބަބަކީ އޭނާގެ އާ ސަރުކާރުގެ ކެބިނެޓްގެ 22 މެންބަރުންގެ ތެރެއިން އޭނާ ހިމެނޭހެން 11 މެންބަރުންނަކީ، އިނގިރޭސިވިލާތުގައި އިސްރާއީލުގެ މަސްލަހަތު ކުރިއަރުވާ "ލޭބަރ ފްރެންޑްސް އޮފް އިސްރާއީލް" (އެލް.އެފް.އައި) ލޮބީ ގްރޫޕްގެ މެންބަރުންނަށް ވާތީ އެވެ.

އެންޑީ ބާންހަމްއެޑް މިލިބޭންޑްކިއަރ ސްޓާމަރއިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

22 ޖުލައި 2026

އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި

22 ޖުލައި 2026
އީރާނަށްދޭ ހަމަލާތަކަށް ފޯޅަވަހި ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި އައު ބޮޑުވަޒީރު ބާންހަމް އެމެރިކާ އަށް ދީފި
20 ޖުލައި 2026

ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް

20 ޖުލައި 2026
ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް
20 ޖުލައި 2026

ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ

20 ޖުލައި 2026
ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ
17 ޖުލައި 2026

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމް އެނގޭތަ؟

17 ޖުލައި 2026
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމް އެނގޭތަ؟
13 ޖުލައި 2026

ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި

13 ޖުލައި 2026
ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި
11 ޖުލައި 2026

އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް

11 ޖުލައި 2026
އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް
11 ޖުލައި 2026

322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި

11 ޖުލައި 2026
322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި
11 ޖުލައި 2026

ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ

11 ޖުލައި 2026
ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ
08 ޖުލައި 2026

ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!

08 ޖުލައި 2026
ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!
06 ޖުލައި 2026

ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި

06 ޖުލައި 2026
ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް