Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ހަތަރު އަހަރުގެ ތެރޭގައި ފަސް ވަނަ ބޮޑު ވަޒީރު، ބާންހަމް ވައުދުވެ ވަޑައިގެންނެވީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް

ޑައުނިން ސްޓްރީޓްގެ ކުރިމަތީގައި ހުންނަވައި ދެއްވި ތަޤުރީރުގައި ބާންހަމް ވިދާޅުވީ، މިއީ އިނގިރޭސިވިލާތަށް އައި އައު ފެށުމެއް ކަމަށާއި، ދިރިއުޅުމުގެ ހަރަދުތައް ކުޑަ ކުރުމަށް އަޅާނެ ފިޔަވަޅު ތަކުގެ ތަފްސީލު އަންގާރަ ފެށިގެން ހާމަ ކުރައްވަން ފައްޓަވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖުލައި 2026 | ހޯމަ 14:55
އިނގިރޭސިވިލާތުގެ އައު ބޮޑު ވަޒީރަކަށް ވަޑައިގެންނެވި އެންޑީ ބާންހަމް

އިނގިރޭސިވިލާތުގެ އައު ބޮޑު ވަޒީރަކަށް ވަޑައިގެންނެވި އެންޑީ ބާންހަމް | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަޤާމާ އެންޑީ ބާންހަމް ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވުމާ އެކު، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ޤައުމަށް ވަޑައިގެންނެވި ފަސް ވަނަ ބޮޑު ވަޒީރަކަށް އޭނާ ވެއްޖެ އެވެ.

އައު ބޮޑު ވަޒީރުގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ތަގުރީރުގައި، ބާންހަމް ވަނީ ދިރިއުޅުމުގެ ހަރަދުތައް ކުޑަ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ވައުދުވެ ވަޑައިގެންފައި އެވެ. ޤައުމާ މުޚާތަބު ކުރައްވަމުން ބާންހަމް ވިދާޅުވީ، އިނގިރޭސިވިލާތުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށާއި، ކުރިއަށް އޮތް 10 އަހަރު ދުވަހަށް އަމާޒު ކޮށްގެން އެކުލަވާލާފައިވާ ހާއްސަ ޕްލޭނެއް ތަންފީޒު ކުރައްވާނެ ކަމަށެވެ.

ޑައުނިން ސްޓްރީޓްގެ ކުރިމަތީގައި ހުންނަވައި ދެއްވި ތަޤުރީރުގައި ބާންހަމް ވިދާޅުވީ، މިއީ އިނގިރޭސިވިލާތަށް އައި އައު ފެށުމެއް ކަމަށާއި، ދިރިއުޅުމުގެ ހަރަދުތައް ކުޑަ ކުރުމަށް އަޅާނެ ފިޔަވަޅު ތަކުގެ ތަފްސީލު އަންގާރަ ފެށިގެން ހާމަ ކުރައްވަން ފައްޓަވާނެ ކަމަށެވެ. މީގެ އިތުރުން، މަގުމަތީގައި ނިދާ މީހުން ނުވަތަ "ރަފް ސްލީޕިންގް" އެއްކޮށް ނައްތާލުމަށާއި، ކައުންސިލް ހައުސިންގް ނުވަތަ ސޯޝަލް ހައުސިންގެ ގިނަ މަޝްރޫއު ތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބާންހަމްގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ވެސްޓްމިންސްޓާ އަށް ޖަމާވެފައިވާ ބާރުތައް ދޫކޮށްލައި، ޤައުމުގެ އެކި ސަރަހައްދު ތަކަށް ބާރުތައް ބަހާލުމެވެ. މި ބަދަލާއެކު ވޭލްސް، ސްކޮޓްލޭންޑް އަދި ނޮދަން އަޔަލެންޑް އަށް އިތުރު ބާރުތައް ލިބިގެން ދާނެ ގޮތްތަކާ ގުޅޭ ގޮތުން ކަމާ ބެހޭ މާހިރުން އަންނަނީ ދިރާސާ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން، ބޮޑު ވަޒީރުގެ އޮފީހުގެ ގޮތްޕެއް މެންޗެސްޓާގައި ޤާއިމުކުރުމަށް ރާވާފައިވާ "ނަމްބަރު 10 ނޯތު" ގެ މަސައްކަތްތައް މިހާރު ވެސް ފެށިފައިވާ ކަމަށް ބީބީސީ އަށް ވަނީ މައުލޫމާތު ލިބިފައި އެވެ.

ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަސް ވަނަ ބޭފުޅާގެ ގޮތުގައި ބާންހަމް މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގެންނެވިއިރު، ހޯމަ ދުވަހުގެ ވަގުތެއްގައި ކެބިނެޓު އެކުލަވާލުމުގެ މަސައްކަތް ފައްޓަވާނެ އެވެ.

މިގޮތުން ވަޒީރުން އައްޔަން ކުރުމާއި، ބައެއް ވަޒީރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ. ބާންހަމްގެ ކެބިނެޓުގައި ހިމެނޭނެ ބޭފުޅުންގެ މައުލޫމާތު އޭނާގެ ޓީމުން މިހާތަނަށް ސިއްރު ކޮށްފައިވާއިރު، މިއީ ވަރަށް ބޮޑަށް ރޭވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްއެންޑީ ބާންހަމް

އިތުރަށް ކިޔާލަން

20 ޖުލައި 2026

ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ

20 ޖުލައި 2026
ޤައުމަށް ހެޔޮ ބަދަލެއް ގެނެވިއްޖެ، މަސައްކަތުން ދުރަށް މި ދިޔައީ ފަޚުރުވެރިކަމާ އެކު: ސްޓާމަރ
17 ޖުލައި 2026

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމް އެނގޭތަ؟

17 ޖުލައި 2026
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާ އެންޑީ ބާންހަމް އެނގޭތަ؟
13 ޖުލައި 2026

ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި

13 ޖުލައި 2026
ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި
11 ޖުލައި 2026

އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް

11 ޖުލައި 2026
އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް
11 ޖުލައި 2026

322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި

11 ޖުލައި 2026
322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި
11 ޖުލައި 2026

ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ

11 ޖުލައި 2026
ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ
08 ޖުލައި 2026

ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!

08 ޖުލައި 2026
ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!
06 ޖުލައި 2026

އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ

06 ޖުލައި 2026
އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ

05 ޖުލައި 2026
ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު