Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ކުރިން ވެފައިވާ ވައުދާ ޚިލާފަށް، އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ސްޓާމާ ދެއްވައިފި

13 ޖުލައި 2026 | ހޯމަ 03:54

މީގެ ކުރިން 2023 ވަނަ އަހަރު ސްޓާމާ ވަނީ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނާކް، ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ އިސްތިއުފާގެ ޝަރަފުގެ ލިސްޓަށް ހުއްދަ ދެއްވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. އެފަހަރު ސްޓާމާ ވިދާޅުވެފައި ވަނީ، ޓޯނީ ބްލެއާ ފަދަ ބޭފުޅުން ވެސް އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާފައި ނުވާ ކަމަށާއި، ސިޔާސީ ގާތް ބޭފުޅުންނަށް "ނައިޓްހުޑް" ފަދަ ޝަރަފުތައް ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2026 | ހޯމަ 03:54
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުން ދުރުވެ ވަޑައިގަންނަވާއިރު، ރެޒިގްނޭޝަން އޮނާސް ނުވަތަ އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާނެ ކަމުގެ އިޝާރާތެއް ބޮޑު ވަޒީރު ކިއާ ސްޓާމާ ދެއްވައިފި އެވެ. 

މިއީ މީގެ ތިން އަހަރު ކުރިން އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނަވައި، އެފަދަ ލިސްޓެއް ނުނެރުއްވާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންފައިވާ ވައުދާ ޚިލާފު ނިންމުމެކެވެ. 

ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓުގައި ނޫސްވެރިން ކުރި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ސްޓާމާ ވަނީ، އިސްތިއުފާފެ ޝަރަފުގެ ލިސްޓެއް ނެރުއްވުމާ މެދު ސީދާ ޖަވާބެއް ދެއްވަން ދެ ފަހަރެއްގެ މަތިން އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެކަމާ މެދު އާންމު އުސޫލުން ކަންކަން ކުރިއަށްދާ ގޮތް ބައްލަވާނެ ކަމަށެވެ. 

ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ސްޓާމާ ބޮޑު ވަޒީރުގެ މަގާމުން ދުރަށް ވަޑައިގަންނަވާނެ އެވެ. ސްޓާމާގެ ފަހުން ދެން ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ، އެންޑީ ބާންހަމް އެވެ. 

މީގެ ކުރިން 2023 ވަނަ އަހަރު ސްޓާމާ ވަނީ ކުރީގެ ބޮޑު ވަޒީރު ރިޝީ ސުނާކް، ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ އިސްތިއުފާގެ ޝަރަފުގެ ލިސްޓަށް ހުއްދަ ދެއްވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. އެފަހަރު ސްޓާމާ ވިދާޅުވެފައި ވަނީ، ޓޯނީ ބްލެއާ ފަދަ ބޭފުޅުން ވެސް އިސްތިއުފާގެ ޝަރަފުގެ ލިސްޓެއް ނެރުއްވާފައި ނުވާ ކަމަށާއި، ސިޔާސީ ގާތް ބޭފުޅުންނަށް "ނައިޓްހުޑް" ފަދަ ޝަރަފުތައް ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ސްޓާމާ ވަނީ އޭނާގެ ފަރާތުން އެފަދަ ކަމެއް ނުފެންނާނެ ކަމަށް ވިދާޅުވެފައި އެވެ. އަދި އެކަން ނުކުރައްވާނެ ކަމަށް ސްޓާމާ ވަނީ ވައުދުވެ ވަޑައިގެންފައި އެވެ. 

އިނގިރޭސިވިލާތުގެ ސިޔާސީ އުސޫލުތައް އޮންނަ ގޮތުން، ބޮޑު ވަޒީރު ކަމުން ވަކިވާ ބޭފުޅުންނަށް އެ ބޭފުޅެއްގެ އަރިސް ބޭފުޅުންނަށް ޝަރަފު އެރުވުމަށް ނަން ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެ އެވެ. ނަމަވެސް، މި ލިސްޓު ފާސް ކުރަން ޖެހެނީ އޭގެ ފަހުން އަންނަ ބޮޑު ވަޒީރަކާއި، ހައުސް އޮފް ލޯޑްސްގެ އެޕޮއިންޓްމަންޓްސް ކޮމިޝަން އިންނެވެ. 

މީގެ ކުރިން އެންމެ 49 ދުވަހު ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވުމަށް ފަހު ލިޒް ޓްރަސް އިސްތިއުފާ ދެއްވިއިރު ވެސް، ސުނާކް ވަނީ އޭނާގެ އިސްތިއުފާގެ ޝަރަފުގެ ލިސްޓަށް ހުއްދަ ދެއްވައިފަ އެވެ. 

ލޭބާ ޕާޓީގެ ލީޑަރުގެ މަގާމާއި، ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ސްޓާމާ އިއުލާން ކުރައްވާފައިވާއިރު، އައު ލީޑަރަކު ހޮވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ކުރިމަތި ލެއްވީ ބާންހަމް އެކަންޏެވެ. ބާންހަމް ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ލޭބާ ޕާޓީގެ 322 މެމްބަރުންގެ ތާއީދު ހޯއްދަވައިފަ އެވެ. އެއާ އެކު، ބޮޑު ވަޒީރު ކަަމަށް ބާންހަމް ވަޑައިގަންނަވާނެކަން ވަނީ ގާތް ގަނޑަކަށް ކަށަވަރުވެފައި އެވެ.

ބާންހަމް އަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި ސްޓާމާގެ ސަރުކާރުގައި ހިމެނޭ މެމްބަރުން ވެސް ހިމެނެ އެވެ. އެގޮތުން ނައިބު ބޮޑު ވަޒީރު ޑޭވިޑް ލެމީ އާއި، ޗާންސެލަރު ރޭޗަލް ރީވްސް އާއި، އެނާޖީ މިނިސްޓަރު އެޑްވާޑް މިލިބޭޭންޑް އަދި ކުރީގެ ނައިބު ބޮޑު ވަޒީރު އެންޖެލާ ރޭނާ ފަދަ ބޭފުޅުން ހިމެނެ އެވެ. 

މިއީ ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ބާންހަމް ވާދަ ކުރައްވާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން 2010 ވަނަ އަހަރާއި، 2015 ވަނަ އަހަރު ވެސް އޭނާ ވަނީ ލޭބާ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަ ކުރައްވައިފަ އެވެ. 

މަސްދަރު: ދި ގާޑިއަން

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

11 ޖުލައި 2026

އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް

11 ޖުލައި 2026
އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނިއްޖެ، ތުހުމަތު ކުރެވެނީ އަނިޔާވެރި ގޮތަކަށް މަރާލީ ކަމަށް
11 ޖުލައި 2026

322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި

11 ޖުލައި 2026
322 މެމްބަރުންގެ ތާއީދާ އެކު، ލޭބާ ޕާޓީގެ ލީޑަރުގެ މަޤާމަށް ބާންހަމް ކުރިމަތި ލައްވައިފި
11 ޖުލައި 2026

ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ

11 ޖުލައި 2026
ބޮޑު ވަޒީރު ސްޓާމާގެ އާއިލީ ބުޅާ، ސަރުކާރުގެ ރަސްމީ ކާރު ކޮޅު ތަކުގައި އުފުލި މައްސަލަ ބޮޑު ވެއްޖެ
08 ޖުލައި 2026

ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!

08 ޖުލައި 2026
ތުހުމަތުތަކާ ގުޅިގެން ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި، އަލުން އިންތިޚާބުގައި ވާދަ ކުރައްވާނެ!
06 ޖުލައި 2026

އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ

06 ޖުލައި 2026
އިނގިރޭސި އަސްކަރިއްޔާގެ ސިއްރު ލިޔެކިޔުންތަކެއް ކުނިވަށިގަނޑަކުން ފެނިއްޖެ
05 ޖުލައި 2026

ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

05 ޖުލައި 2026
ޔޫރަޕަކީ 'ތިންވަނަ ދުނިޔެ' ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
05 ޖުލައި 2026

ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ

05 ޖުލައި 2026
ކާމިޔާބު މަސައްކަތް ތަކެއް ކުރެވުނު، ލޭބާ ޕާޓީ އަށް ކުރިއަށް އޮތް އިންތިޚާބު ވެސް ކާމިޔާބު ކުރެވެން ޖެހޭނެ: ބޮޑު ވަޒީރު ސްޓާމަރ
05 ޖުލައި 2026

ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ

05 ޖުލައި 2026
ބޮލުގައި ލާ ޖެލް އަކީ ދައުލަތުގެ ސިއްރެއް، ނަމެއް ނުބުނެވޭނެ: ބޮޑު ވަޒީރު ސްޓާމާ
05 ޖުލައި 2026

އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް

05 ޖުލައި 2026
އިނގިރޭސިވިލާތުގެ ލީޑަރުން ފެއިލް ވެއްޖެ، އައު ބޮޑު ވަޒީރު ބަދަލު ތަކެއް ގެންނަވާނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ނައިބު ރައީސް ވޭންސް
04 ޖުލައި 2026

މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި

04 ޖުލައި 2026
މެކްސިކޯއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ މެޗާ ދިމާކޮށް، ބަނގުރާ ވިއްކާ ތަންތަން ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމަށް ބޮޑު ވަޒީރު ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް