Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ހޯމަ ދުވަހު އާންމު ކުރި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާނުގެ މައްސަލަ ހުންނާތީ ނަންތައް ނޯޓުކޮށްގެން އުޅުއްވި ކަމާއި، ސިއްރު ލިޔެ ކިޔުންތަކެއް ގޭގައި ބެހެއްޓެވި ކަމުގެ ވާހަކަތައް!

30 ޖުލައި 2026 | ބުރާސްފަތި 07:35

މި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާން ބަލިކަން ވަނީ ހާމަވެފައި. އެގޮތުން އަފްޣާނިސްތާން އަށް ސިފައިން ފޮނުވުމާ ބެހޭ ގޮތުން ލިޔުއްވި މެމޯއެއްގެ ވާހަކަ ދައްކަވަމުން، އެއީ އިރާގަށް ފޮނުވި ސިފައިންގެ ވާހަކަ ކަމަށް ވިދާޅުވެ ބައިޑަން އަށް އޮޅުން އަރާފައިވޭ. މީގެ އިތުރުން، ވައިޓް ހައުސްގެ އިޤްތިޞާދީ މުޝީރުގެ ނަންފުޅުން ހަނދާން ނެތިގެން، ނަންތައް ހަނދާން ނެތޭތީ އެ ނަންތައް ލިޔެގެން ގެން ގުޅެން ޖެހޭ ކަމަށް ވެސް ބައިޑަން ވިދާޅުވެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2026 | ބުރާސްފަތި 07:35
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން | ރޮއިޓާސް

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ހަނދާން ބަލިވުމާ ގުޅޭ ކަންބޮޑުވުންތަކާއި، ސިއްރު ލިޔެކިޔުންތަކާ ބެހޭ ގޮތުން އޭނާ ދައްކަވާފައިވާ ވާހަކަަތައް ހިމެނޭ ދެ ގަޑިއިރަށް ވިރެ ދިގު އޯޑިއޯ ރެކޯޑިންތަކެއް ހޯމަ ދުވަހު އާންމު ކޮށްފި އެވެ.

މި ރެކޯޑިންތަކަކީ ބައިޑަންގެ ހަނދާނީ ފޮތް ލިޔުއްވި މާކް ޒްވޮނިޓްޒާ އާއެކު 2016 ވަނަ އަހަރުން، 2017 ވަނަ އަހަރަށް ބޭއްވި އިންޓަވިޔުތަކުގެ ރެކޯޑިންތަކެކެވެ. 

މި އިންޓަވިޔުގައި ބައިޑަން ވަނީ އޭނާގެ ގޭގައި ހުރި ބައެއް ނޯޓުތަކަކީ، ސިއްރު ލިޔެކިޔުން ތަކެއް ކަމަށް އިއުތިރާފުވެ ވަޑައިގެންފައި އެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޭޕްރޯލް މަހު ބޭއްވި އިންޓަވިޔުއެއްގައި، ބައެއް ލިޔެ ކިޔުންތަކަކީ ކްލެސިފައިޑް ނުވަތަ ސިއްރު އެއްޗެހި ކަމަށް ވެދާނެ ކަމަށާއި، އެހެންވެ އެއަށް ސަމާލުވުމަށް ޒްވޮނިޓްޒާގެ ކިބައިން ބައިޑަން އެދިވަޑައިގެންނެވި އެވެ. 

މީގެ އިތުރުން 2009 ވަނަ އަހަރުގެ ލިޔުމަކަށް އިޝާރާތް ކުރައްވައި، ތިރީ ފަންގިފިލާ އިން ހުރިހާ ސިއްރު ލިޔެ ކިޔުންތަކެއް ފެނިފައިވާ ކަމަށް ވެސް، އެ ރެކޯޑިންގައި ބައިޑަން ވަނީ ވިދާޅުވެފައި އެވެ.

މި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާން ބަލިކަން ވަނީ ހާމަވެފައި އެވެ. އެގޮތުން އަފްޣާނިސްތާން އަށް ސިފައިން ފޮނުވުމާ ބެހޭ ގޮތުން ލިޔުއްވި މެމޯއެއްގެ ވާހަކަ ދައްކަވަމުން، އެއީ އިރާގަށް ފޮނުވި ސިފައިންގެ ވާހަކަ ކަމަށް ވިދާޅުވެ ބައިޑަން އަށް އޮޅުން އަރާފައިވެ އެވެ. މީގެ އިތުރުން، ވައިޓް ހައުސްގެ އިޤްތިޞާދީ މުޝީރުގެ ނަންފުޅުން ހަނދާން ނެތިގެން، ނަންތައް ހަނދާން ނެތޭތީ އެ ނަންތައް ލިޔުއްވައިގެން ގެން ގުޅެން ޖެހޭ ކަމަށް ވެސް ބައިޑަން ވިދާޅުވެފައިވެ އެވެ. 

މި ރެކޯޑިންތަކަކީ ބައިޑަންގެ އަމިއްލަ ގެއިން ފެނުނު ލިޔެކިޔުންތަކާ ގުޅިގެން 2023 ވަނަ އަހަރު ހިންގި ތަހުގީގުގައި ހެކީގެ ގޮތުގައި ބޭނުން ކުރި ތަކެއްޗެވެ. އެ ތަހުގީގަށް ފަހު ސްޕެޝަލް ކައުސެލް ރޮބަޓް ހާ ނިންމެވީ، ބައިޑަންގެ މައްޗަށް ދައުވާ ނުކުރުމަށެވެ. އޭނާ ވިދާޅުވީ، ބައިޑަން އަކީ ހަނދާން ބަލި، އޯގާތެރި، ދުވަސްވީ ބޭފުޅެއްގެ ގޮތުގައި ޖޫރީންނަށް ފެންނާނެތީ، ކުށް ސާބިތު ކުރުމަކީ ދަތި ކަމަކަށް ވާނެ ކަމަށެވެ. 

މި ރެކޯޑިންތައް އާންމު ކޮށްފައި ވަނީ ކޮންޒަވޭޓިވް ޖަމިއްޔާއެއް ކަމަށްވާ އޯވަސައިޓް ޕްރޮޖެކްޓުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މީގެ ކުރިން ބައިޑަންގެ ވަކީލުން ވަނީ މި ރެކޯޑިންތައް އާންމުވިޔަ ނުދިނުމަށް ކޯޓުގައި މަސައްކަތް ކޮށްފައި އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައި އެވެ.

ރެކޯޑިންތަކުގައި ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ބައިޑަންއާ ދެމެދު އޮތް ނުތަނަވަސް ކަމުގެ ވާހަކަތައް ވެސް ހިމެނެ އެވެ. އިގްތިސާދީ ސިޔާސަތުތަކާ މެދު އޮތް ހިޔާލު ތަފާތުވުންތަކާ ހުރެ، އޮބާމާ ވަރަށް ބޮޑަށް ކޯފާވާ ކަމަށް ބައިޑަން ވިދާޅުވެފައިވެ އެވެ. އަދި އޮބާމާގެ ޓީމުން ސިލިކަން ވެލީގެ ކުންފުނިތަކުގެ ނުފޫޒުގައި ޖެހިފައިވާ ކަމަށް ވެސް ބައިޑަން ތުހުމަތު ކުރައްވާފައިވެ އެވެ.

މިކަމާ ގުޅިގެން ބައިޑަންގެ ތަރުޖަމާނު ޓީޖޭ ޑަކްލޯ ވިދާޅުވީ، މި ރެކޯޑިން ތަކަކީ ސިއްރުގެ ގޮތުގައި ބެހެއްޓުމަށް ޖަސްޓިސް ޑިޕާޓްމަންޓް އަށް ދީފައިވާ ތަކެތި ކަމަށެވެ. އަދި މި ތަކެތި އާންމު ކުރުމަކީ ސިޔާސީ ބޭނުމަކަށްޓަކައި ކުރި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ކޯޓުގެ ނިންމުމަށް ބައިޑަން އިހުތިރާމް ކުރައްވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. އާންމުކުރި ރެކޯޑިންތަކުގެ ބައެއް ބައިތައް ގައުމީ ސަލާމަތަށްޓަކައި ވަނީ އުނިކޮށްފައި އެވެ.

މަސްދަރު: ދި ހިލް

އެމެރިކާޖޯ ބައިޑަން

އިތުރަށް ކިޔާލަން

29 ޖުލައި 2026

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި

ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!

29 ޖުލައި 2026
ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!
26 ޖުލައި 2026

ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި

26 ޖުލައި 2026
ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި
25 ޖުލައި 2026

ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!

25 ޖުލައި 2026
ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!
24 ޖުލައި 2026

ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ

24 ޖުލައި 2026
ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ
22 ޖުލައި 2026

މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް

22 ޖުލައި 2026
މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް
19 ޖުލައި 2026

ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި

19 ޖުލައި 2026
ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި
17 ޖުލައި 2026

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް
17 ޖުލައި 2026

އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް
16 ޖުލައި 2026

ބައިޑަންގެ ވެރިކަމުގެ ދުވަސްތަކަށް ޚާއްސަކޮށް ފޮތެއް ލިޔުއްވައިފި، ނޮވެމްބަރު މަހު ނެރެނީ

16 ޖުލައި 2026
ބައިޑަންގެ ވެރިކަމުގެ ދުވަސްތަކަށް ޚާއްސަކޮށް ފޮތެއް ލިޔުއްވައިފި، ނޮވެމްބަރު މަހު ނެރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް