Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި

ކާމިލް ފާހަގަ ކޮށްފައިވާ ގޮތުގައި މި ހުރިހާ ކަމެއްގެ ތެރެއިން ވެސް، ޓްރަމްޕްގެ އަމަލުތައް ހުންނަނީ އާދަޔާ ޚިލާފު ގޮތަކަށް. ޚާއްސަކޮށް، ޕްރޮޓޮކޯލްތަކަށް އަމަލު ނުކުރެއްވުމާއި، އުސޫލުތައް އެއް ފަރާތް ކުރެއްވުމުގައި، ޓްރަމްޕް ހުންނަނީ ކުރީގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2026 | އާދީއްތަ 10:31
ފްރާންސްގައި އޮތް ޖީ7 ގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ފްރާންސްގައި އޮތް ޖީ7 ގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

ފްރާންސްގެ އެވިއަން-ލެ ބެއިންސްގައި ބޭއްވި ޖީ7 ގެ ބައްދަލުވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ފޮޓޯގްރާފަރު ކާލިމް ޒިހްނިއޯގްލޫގެ ތަޖުރިބާ އިން އެނގިގެން ދިޔައީ، ބައިނަލްއަޤުވާމީ އުސޫލުތަކާއި ޕްރޮޓޮކޯލްތައް ކިތަންމެ ވަރުގަދަ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމަލުފުޅުތައް ހުންނަނީ އެ ހުރިހާ ކަމަކަށް ވުރެ މަތީގައި ކަމެވެ. 

ފްރާންސްގެ މަޝްހޫރު ނޫހެއް ކަމަށްވާ "ލެ މޮންޑޭ" ތަމްސީލު ކުރި ހަމައެކަނި ފޮޓޯގްރާފަރުގެ ހައިސިއްޔަތުން، ތިން ދުވަހުގެ މި ބައްދަލުވުމުގެ ހުރިހާ ހަރަކާތްތަކެއް ގާތުން ބަލާލުމުގެ ފުރުސަތު ކާމިލް އަށް ވަނީ ލިބިފައި އެވެ. 

މި ސަމިޓް ކަވަރު ކުރުމަށް ފްރާންސްގެ މީޑިއާ ޕޫލްގެ ތެރެއިން ހޮވާލެވުނު އަށް ފޮޓޯގްރާފަރުންގެ ތެރޭގައި ކާމިލް ހިމެނުނުއިރު، މިއީ ވަރަށް ބުރަ މަސައްކަތެކެވެ. ކޮންމެ ދުވަހަކު ފަތިހު ފަހެއް ޖަހާއިރު މަސައްކަތް ފަށައިގެން 40 މިނެޓުގެ ބަސް ދަތުރަކަށް ފަހު، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެއް ގަޑިއިރު ހޭދަ ކުރަންޖެހެ އެވެ.

މީގެ ތެރޭގައި ބޮން ހުރިތޯ ބެލުމާއި، ކެމެރާ ސާމާނުތައް ޗެކް ކުރުން ހިމެނެ އެވެ. ދުނިޔޭގެ ލީޑަރުންގެ ކުރިމަތީގައި މަދު ސިކުންތު ކޮޅެއް ނުވަތަ މިނެޓު ކޮޅެއް ހޭދަ ކުރުމަށްޓަކައި، ޕްރެސް ރޫމުގައި އެތައް ގަޑިއިރަކު އިންތިޒާރު ކުރަން ޖެހޭ ކަމަށް ކާމިލް ކިޔައިދިނެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ތިން ދުވަހުގެ ތެރޭގައި ލީޑަރުންގެ ކުރި މަތީގައި އޭނާ އަށް ހޭދަ ކުރެވުނީ ޖުމްލަ ފަސް ވަރަކަށް ގަޑިއިރެވެ.

ކާމިލް ބުނި ގޮތުގައި ފޮޓޯގްރާފަރެއްގެ ހައިސިއްޔަތުން އެންމެ މުހިންމީ ފެންނަ ފެނުމަށްވުރެ ބޮޑަށް، އެ ވަގުތެއްގެ މާހައުލު ދެނެގަތުމެވެ. ބައެއް ފަހަރު ލީޑަރުން ސަލާމް ކުރާއިރު ގާތް ގުޅުމެއް އޮތްކަން ދައްކުވައިދިން ނަމަވެސް، އެއީ ހަމައެކަނި ދެއްކުންތެރި ކަމެއްކަން އެތަނުގެ މާހައުލުން އެނގޭ ކަމަށް އޭނާ ބުންޏެވެ. ރަސްމީ މުއާމަލާތްތަކާއި, ލީޑަރުންގެ ހަށިގަނޑުގެ ބަހުރުވައިން ފެންނަ ތަފާތުތަކަކީ އެންމެ ޝައުގުވެރި ފޮޓޯތައް ނެގޭ ވަގުތު ތަކެވެ. މިފަދަ މަންޒަރުތައް ދެނެގަތުމަށްޓަކައި ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށް އޭނާ ފާހަގަކުރި އެވެ.

ސަމިޓުގެ ހުރިހާ ކަމެއް ތަރުތީބު ކޮށްފައި ވަނީ ވަރަށް ވަރުގަދަ ޕްރޮޓޮކޯލެއްގެ ދަށުންނެވެ. ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ކޮންމެ ލީޑަރަކަށް ވަކި ވަކިން މަރުހަބާ ވިދާޅުވާއިރު، އެއީ ވަކި ތަރުތީބަކުން ހިނގާ ކަމެކެވެ. އަދި ލީޑަރުން އިށީނދެ ވަޑައިގަންނަވާ ތަރުތީބު ސިއްރު ކުރުމަށްޓަކައި ފަރުދާތައް ދަމައިލެވެ އެވެ. ނަމަވެސް، މިފަދަ ހަރުކަށި އުސޫލުތަކުގެ ތެރެއިން ވެސް ތަފާތު މަންޒަރެއް ހޯދުމަކީ ފޮޓޯގްރާފަރުންގެ ހުނަރެވެ.

މިގޮތުން ކާމިލް ނެގި އެންމެ ފާހަގަ ކޮށްލެވޭ އެއް ފޮޓޯއަކީ، ރަސްމީ ފަރިއްކޮޅުގެ ކުރިން ލީޑަރުންނަށް މަރުހަބާ ދެންނެވި ވަގުތު، ދެ ފަރުދާގެ ދޭތެރެއިން ޑޮނަލްޑް ޓްރަމްޕްގެ ހިޔަނި ފެންނަން ހުރި މަންޒަރެވެ. އެހެން ފޮޓޯގްރާފަރުންނަށް ނުފެންނަ ކަނަކުން ނެގި މި ފޮޓޯ އިން، ޓްރަމްޕްގެ ނުފޫޒު ގަދަކަން ހިޔަނިން ވެސް ސިފަ ވެގެންދާ ކަމަށް އޭނާ ބުންޏެވެ.

ކާމިލްގެ ތަޖުރިބާ އިން އެނގިގެން ދިޔައީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ލީޑަރުންގެ ބައްދަލުވުންތަކުގައި ރަސްމީ އުސޫލުތަކުގެ ބޭރުން ހިނގާ ކުދިކުދި ކަންކަމަކީ މުޅި ސަމިޓުގެ އަސްލު މަންޒަރު ސިފަ ކޮށްދޭ ކަންކަން ކަމެވެ. ނަމަވެސް، ކާމިލް ފާހަގަ ކޮށްފައިވާ ގޮތުގައި މި ހުރިހާ ކަމެއްގެ ތެރެއިން ވެސް، ޓްރަމްޕްގެ އަމަލުފުޅުތައް ހުންނަނީ އާދަޔާ ޚިލާފު ގޮތަކަށެވެ. ޚާއްސަކޮށް، ޕްރޮޓޮކޯލްތަކަށް އަމަލު ނުކުރެއްވުމާއި، އުސޫލުތައް އެއް ފަރާތް ކުރެއްވުމުގައި، ޓްރަމްޕް ހުންނަނީ ކުރީގައި އެވެ.

އެމެރިކާޖީ-7 ސަމިޓްޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

19 ޖުލައި 2026

އީރާން ހަނގުރާމައިން އެމެރިކާ އަށް ނުކުމެވޭނެ ގޮތެއް ނެތް، ކުރިމަތިލީ ކެތްތެރި ހިތްވަރުގަދަ ދުޝްމަނަކާ!

19 ޖުލައި 2026
އީރާން ހަނގުރާމައިން އެމެރިކާ އަށް ނުކުމެވޭނެ ގޮތެއް ނެތް، ކުރިމަތިލީ ކެތްތެރި ހިތްވަރުގަދަ ދުޝްމަނަކާ!
18 ޖުލައި 2026

ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި

18 ޖުލައި 2026
ސަރަހައްދުގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމެރިކާގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކުގެ ވަސީލަތްތަކަށް ހަމަލާދީ ހަނގުރާމަ ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
17 ޖުލައި 2026

އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި

17 ޖުލައި 2026
އުރުދުންގައި ހުރި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ހަމަލާދީފި
17 ޖުލައި 2026

ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ފީފާއިން "އަނގޮޓި" ދެނީ

17 ޖުލައި 2026
ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ފީފާއިން "އަނގޮޓި" ދެނީ
17 ޖުލައި 2026

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ރައީސް އާ ބެހޭ ގޯސް ވާހަކަތައް ލިޔަން ނޫސްވެރިންނަށް ޗައިނާ އިން ފައިސާ ދޭން އުޅުނު: ޓްރަމްޕް
17 ޖުލައި 2026

އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް
17 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ

17 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގެ ހަމަނުޖެހުންތަކާ އެކު ދުނިޔެއަށް ބޭނުންވާ ހަކަތަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފީ
17 ޖުލައި 2026

އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް

17 ޖުލައި 2026
އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް
17 ޖުލައި 2026

ވައިޓް ހައުސްގެ ޓެލެޕްރޮމްޕްޓަރ އޮޕަރޭޓަރަކު ޓްރަމްޕްގެ ސްޕީޗްތަކުގެ ސިއްރު މަޢުލޫމާތު ބެޓް ކުރަން ބޭނުންކޮށްގެން ލައްކަ އެއްހާ ޑޮލަރު ހޯދި މައްސަލަ ފަޅާ އަރައފި

17 ޖުލައި 2026
ވައިޓް ހައުސްގެ ޓެލެޕްރޮމްޕްޓަރ އޮޕަރޭޓަރަކު ޓްރަމްޕްގެ ސްޕީޗްތަކުގެ ސިއްރު މަޢުލޫމާތު ބެޓް ކުރަން ބޭނުންކޮށްގެން ލައްކަ އެއްހާ ޑޮލަރު ހޯދި މައްސަލަ ފަޅާ އަރައފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު