Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި ދެ ތެޔޮ ޓޭންކަރެއް އީރާން އިން ހުއްޓުވައިފި

30 ޖުލައި 2026 | ބުރާސްފަތި 06:49

އައިއާރުޖީސީގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޓޭންކަރުތައް އެ މަގުން ދިޔުމަށް އިރުޝާދު ދިނީ އެމެރިކާގެ ވައިގެ ހަނގުރާމަ މަތީ އުޅަނދު ތަކުން ކަމަށާއި، އޭގެ ތެރެއިން އެއް ޓޭންކަރުގައި ބޮޑު އަލިފާން ގަނޑެއް ވެސް ރޯވި ކަމަށް. ނަމަވެސް އެ ބަޔާނުގައި ދެ ޓޭންކަރުގެ ނަމާއި، ދިދަ ނުވަތަ އޮޕަރޭޓަރުންގެ މައުލޫމާތު ހާމަ ކޮށްފައި ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2026 | ބުރާސްފަތި 06:49
ހުރްމުޒް ކަނޑު އޮޅި ސަރަހައްދުން ބޯޓެއް ދަތުރު ކުރަމުންދާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް

ހުރްމުޒް ކަނޑު އޮޅި ސަރަހައްދުން ބޯޓެއް ދަތުރު ކުރަމުންދާ މަންޒަރު ފެންނަ ފައިލް ފޮޓޯއެއް | ރޮއިޓާސް

ހުރްމުޒް ކަނޑު އޮޅީގެ ދެކުނުން ރައްކާތެރިކަން ނެތް މަގަކުން ދަތުރު ކުރަމުން ދިޔަ ދެ ތެޔޮ ޓޭންކަރެއް ހުއްޓުވައި، އަނބުރާ ފޮނުވާލާފައިވާ ކަމަށް އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ. 

އައިއާރުޖީސީގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ޓޭންކަރުތައް އެ މަގުން ދިޔުމަށް އިރުޝާދު ދިނީ އެމެރިކާގެ ވައިގެ ހަނގުރާމަ މަތީ އުޅަނދު ތަކުން ކަމަށާއި، އޭގެ ތެރެއިން އެއް ޓޭންކަރުގައި ބޮޑު އަލިފާން ގަނޑެއް ވެސް ރޯވި ކަމަށެވެ. ނަމަވެސް އެ ބަޔާނުގައި ދެ ޓޭންކަރުގެ ނަމާއި، ދިދަ ނުވަތަ އޮޕަރޭޓަރުންގެ މައުލޫމާތު ހާމަ ކޮށްފައި ނުވެ އެވެ. 

މި ހާދިސާގައި އެއްވެސް ބަޔަކަށް އަނިޔާއެއް ލިބުނު ކަމުގެ، ނުވަތަ ގެއްލުމެއްވީ ކަމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. 

އައިއާރުޖީސީ އިން ބުނީ ހުރްމުޒް ކަނޑު އޮޅި އެއީ އީރާންގެ ސަރަހައްދު ކަމަށާއި، އެ ކަނޑު އޮޅީގެ މައްޗަށް އެ ގައުމުގެ ސިފައިންގެ ފުރިހަމަ ކޮންޓްރޯލް އޮންނާނެ ކަމަށެވެ. އަދި އެ ކަނޑު އޮޅިން ބޭނުން ގޮތަކަށް ދަތުރު ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، އެ ކަނޑު އޮޅީގެ ކަންކަން ކުރިއަށް ގެންދާނީ އީރާން އިން ކަމަށް ވެސް ބުނެފައިވެ އެވެ. 

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެމެރިކާގެ ވެރިންގެ ބިރު ދެއްކުމާއި، އިންޒާރުގެ ވާހަކަތައް އަދި އަނިޔާވެރިކަން ހުއްޓާލަންދެން ކަނޑު އޮޅި ބަންދު ކޮށްފައި އޮންނާނެ ކަމަށެވެ. އަދި އެމެރިކާގެ އަމަލު ތަކުގެ ސަބަބުން ޙާލަތު އިތުރަށް ދަތި ވެގެން ދާނެ ކަމުގެ އިންޒާރު ވެސް އެ ބަޔާނުގައި ވަނީ ދީފައި އެވެ. 

ހުރްމުޒް ކަނޑު އޮޅި ބަންދު ކުރުމުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ވިޔަފާރި އަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. މި ކަނޑު އޮޅި އަކީ ދުނިޔޭގެ ތަލުގެ ވިޔަފާާރީގެ ބޮޑު ބައެއް ދަތުރު ކުރަމުން އަންނަ މުހިންމު މަގެކެވެ. މި ހާދިސާއާ ގުޅިގެން ސަރަހައްދީ ނުތަނަވަސްކަން އިތުރުވެ، ބައިނަލްއަޤުވާމީ ސަރަހައްދުގައި ކަންބޮޑުވުން އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސްހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

30 ޖުލައި 2026

ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި

30 ޖުލައި 2026
ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި
30 ޖުލައި 2026

އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި

30 ޖުލައި 2026
އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި
30 ޖުލައި 2026

އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުނަތްކެއް ދީފި

30 ޖުލައި 2026
އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުނަތްކެއް ދީފި
29 ޖުލައި 2026

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

29 ޖުލައި 2026
ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި
29 ޖުލައި 2026

އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

29 ޖުލައި 2026
އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
29 ޖުލައި 2026

އީރާން އިން ހުރްމުޒް ކަނޑުއޮޅީގައި އޮތް ތިން ތެޔޮ ޓޭންކަރަށް ހަމަލާދީ ހުއްޓުވައިފި

29 ޖުލައި 2026
އީރާން އިން ހުރްމުޒް ކަނޑުއޮޅީގައި އޮތް ތިން ތެޔޮ ޓޭންކަރަށް ހަމަލާދީ ހުއްޓުވައިފި
28 ޖުލައި 2026

ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ

28 ޖުލައި 2026
ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ
28 ޖުލައި 2026

އީރާނުގެ އަސްކަރިއްޔާ: އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ދޭ އިންޒާރުތަކަށް ރައްދު ދޭނެ

28 ޖުލައި 2026
އީރާނުގެ އަސްކަރިއްޔާ: އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ދޭ އިންޒާރުތަކަށް ރައްދު ދޭނެ
27 ޖުލައި 2026

ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން

27 ޖުލައި 2026
ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން
27 ޖުލައި 2026

އެމެރިކާގެ އަމަލުތައް "މާފިއާ ގޭންގަކާ" އެއްފަދަ، އެމީހުންނާ އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން

27 ޖުލައި 2026
އެމެރިކާގެ އަމަލުތައް "މާފިއާ ގޭންގަކާ" އެއްފަދަ، އެމީހުންނާ އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް