Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުނަތްކެއް ދީފި

30 ޖުލައި 2026 | ބުރާސްފަތި 05:21

އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ދޭން އުޅުނު ހަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ ސެންޓްކޮމްއިން އީރާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި. މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ މަރުކަޒުތަކާއި އާންމުން ދިރިއުޅޭ ބައެއް އިމާރާތްތަކަށް ގެއްލުންވެފައިވާއިރު، އީރާނުން ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އުދުވާނީ އަމަލެއް ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި.

ރާއްޖެ އެމްވީ | 30 ޖުލައި 2026 | ބުރާސްފަތި 05:21

އީރާނަށް އަމާޒުކޮށް އެމެރިކާއިން "ބާރުގަދަ" ބޮން އެޅުމުގެ ހަމަލާތަކެއް ދޭން ފަށައިފި | ސެންޓްކޮމް

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާއިން އަނެއްކާވެސް އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

އީރާނުގެ ގަޑިން ބުދަ ދުވަހުގެ ރޭ ދަންވަރު އެކްސްގައި ކުރި ޕޯސްޓެއްގައި ސެންޓްކޮމް އިން ބުނީ، އެމެރިކާގެ ސިފައިން މި ހަމަލާތައް ދޭން ފެށީ އީސްޓަން ޓައިމްއިން ރޭގަނޑު 8:00 (ޖީއެމްޓީން ބުރާސްފަތި ދުވަހުގެ 00:00) ގައެވެ. ސެންޓްކޮމް އިން މި ހަމަލާތައް ސިފަކޮށްފައިވަނީ، އެ ސަރަހައްދުގައި ގާއިމުވެ ތިބި އެމެރިކާ ސިފައިންނަށް އީރާނުން ދޭން އުޅުނު ކަމަށް ބުނާ ހަމަލާތަކަކަށް ދިން "ވަރުގަދަ ރައްދެއް" ގެ ގޮތުގަ އެވެ.

އެމެރިކާގެ މި ހަމަލާތަކާ ގުޅިގެން އީރާނުގެ ދެކުނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވާ އަޑުތައް އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ގިޝްމް ޖަޒީރާގެ އެތެރެއިން ތިން ގޮވުމެއްގެ އަޑު ވަނީ އިވިފަ އެވެ. މީގެ އިތުރުން ބޫޝެހްރު ޕްރޮވިންސުން ވެސް ގޮވާ އަޑުތައް އިވިފައިވާ ކަމަށް އައިއާރުއައިބީ ސްޓޭޓް ބްރޯޑްކާސްޓަރުން ބުނެ އެވެ.

ޚޫޒިސްތާން ޕްރޮވިންސުގެ ޑެޕިއުޓީ ސެކިއުރިޓީ މިނިސްޓަރާ ހަވާލާދީ އައިއާރުއައިބީން ބުނީ، އެމެރިކާ ސިފައިން އާބާދާންގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހުރްމުޒްގާން ޕްރޮވިންސުގެ ބަންދަރު އައްބާސް އިން ދެ ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށާއި، އަބޫ މޫސާ، ކިޝް އަދި ގިޝްމް ރަށުން ވެސް މިފަދަ އަޑުތައް އިވިފައިވާ ކަމަށް އެ މީޑިއާއިން ރިޕޯޓުކުރެ އެވެ. 

ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، މިސައިލް ހަމަލާއެއް މީހުން ދިރިއުޅޭ ސަރަހައްދަކަށް އަރާފައިވާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ބުނި ނަމަވެސް، ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ. މީގެ އިތުރުން އެމެރިކާ ސިފައިން އީރާނުގެ ހުޅަނގު ދެކުނު ފާރްސް ޕްރޮވިންސަށާއި ޕާޝިއަން ގަލްފުގައި އޮންނަ ކިޝް އައިލެންޑަށް ވެސް ހަމަލާދީފައިވާ ކަމަށް އެ އެޖެންސީން ބުނެ އެވެ.

ފާރްސް ޕްރޮވިންސުގެ ކަޒޭރޫން ސިޓީގެ ބޭރު ސަރަހައްދަކަށް ހަމަލާ އަމާޒުވެފައިވާއިރު، ކިޝް އައިލެންޑަށް ދިން މިސައިލް ހަމަލާއަކާ ގުޅިގެން ބާރުގަދަ ދެ ގޮވުމެއްގެ އަޑު ވަނީ އިވިފަ އެވެ.

ގިޝްމްގެ މީހުން ދިރިއުޅޭ އިމާރާތަކަށް އެމެރިކާއިން ދިން ހަމަލާއެއްގައި ދެ މީހަކު އިމާރާތުގެ ބައިތަކުގެ ދަށުވެ ތާށިވެފައިވާ ކަމަށް އައިއާރުއައިބީން ރިޕޯޓުކުރެ އެވެ. ހުރްމުޒްގާން ޕްރޮވިންސުގެ ޑެޕިއުޓީ ގަވަރުނަރާ ހަވާލާދީ އެ މީޑިއާއިން ބުނީ، ގިޝްމް ސިޓީގެ ޗާ-ޓަންގޯ އަވަށުގެ އިމާރާތަކަށް "ދުޝްމަނުންގެ ހަމަލާތަކެއް" އަމާޒުވެފައިވާ ކަމަށާއި، ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން، ހުޅަނގު ދެކުނު ޚޫޒިސްތާން ޕްރޮވިންސުގެ އަހްވާޒްގެ އެކި ސަރަހައްދުތަކަށް އެމެރިކާ ސިފައިން ހަމަލާދީފައިވާ ކަމަށާއި، އެ ސިޓީގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ތަސްނީމް ނިއުސް އެޖެންސީން ބުނެ އެވެ. އައިއާރުއައިބީން އިތުރަށް ބުނި ގޮތުގައި އެ ސިޓީގެ މަދުވެގެން ހަތް ސަރަހައްދަކަށް ހަމަލާ އަމާޒުވި އެވެ. އަދި ޚޫޒިސްތާން ޕްރޮވިންސުގެ ޝަދޭގާން، އަރުވަންދުކެނާރު އަދި އާބާދާން ސިޓީން ވެސް ގޮވުންތަކުގެ އަޑު އިވިފައިވެ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ސެންޓްކޮމް އިން ބުނީ، އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ދޭން އުޅުނު މިސައިލް ހަމަލާތަކާ ގުޅިގެން، އީރާނާ ދެކޮޅަށް ދިން "ވަރުގަދަ ހަމަލާތަކުގެ ސިލްސިލާ" މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ އެތައް އަމާޒަކަށް ހަމަލާދީފައިވާ ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.

އެމެރިކާގެ މި ފަހުގެ ހަމަލާތަކަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އަދި ކުރިން ވެފައިވާ އެއްބަސްވުންތަކާ ޚިލާފަށް ވޮޝިންގޓަނުން ހިންގަމުންދާ އުދުވާނީ އަމަލުތަކުގެ ކުރިއަށް އޮތް ބައެއްގެ ގޮތުގައި ބެލެވޭ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މި ހަމަލާތައް މިދިނީ، އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އައިއާރުޖީސީން ދިން ގާނޫނީ ދިފާއީ މިސައިލް ހަމަލާތަކަށް ފަހުގަ އެވެ. އީރާނުން އެ ހަމަލާ ދިނީ އެމެރިކާއިން އެ ސަރަހައްދުގައި ގާއިމުވެ ތިބުމާއި، އީރާނުގެ މަސްލަހަތުތަކަށް ތަކުރާރުކޮށް ހަމަލާދެމުންދާތީ އެކަމުގެ ރައްދުގަ އެވެ.

އާންމުން ދިރިއުޅޭ ގެއަކަށް ބޮންއެޅުމުގެ ސަބަބުން ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ

އެމެރިކާ އާއި އުރުދުންގެ އޮފިޝަލުން ބުނާ ގޮތުގައި، އީރާނުން ފޮނުވާލި ހުރިހާ ބެލިސްޓިކް މިސައިލެއް ވަނީ ވައްޓާލާފަ އެވެ. އަދި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ. މި ނަތީޖާއިން ހާމަވަނީ، އީރާނުގެ ރައްޔިތުންނާއި "އެކްސިސް އޮފް ރެސިސްޓެންސް" އާ ދެކޮޅަށް ހަމަލާދޭ ބޭރުގެ އަސްކަރީ މަރުކަޒުތަކާ ދެކޮޅަށް އަމިއްލަ ދިފާއުގައި އީރާނުން ގެންގުޅޭ ހަރުދަނާ ސިޔާސަތު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާތައް ދީފައިވަނީ، ޑިޕްލޮމެސީއަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބުނެ އެމެރިކާއިން ބޮން އެޅުން މެދުކަނޑާލާފައި އޮތް ކުރު މުއްދަތަކަށް ފަހުގަ އެވެ. ނަމަވެސް، އެމެރިކާއިން އެ ސަރަހައްދުގައި ޣައިރު ގާނޫނީ ގޮތެއްގައި ތިބި ތިބުން ނިމުމަކަށް ގެނައުމަށް އިންކާރުކުރުމާއި، ސަރަހައްދީ ހަމަނުޖެހުންތަކަށް ތާއީދުކުރަމުން ދިއުމުގެ ސަބަބުން އެ މެދުކަނޑާލުން ވަނީ ނިމުމަކަށް އައިސްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހުގެ ކުރީކޮޅު ވަނީ އީރާނަށް އިތުރު އަދަބު ދޭނެ ކަމަށް ބުނެ ފާޅުގައި އިންޒާރު ދެއްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ މިއީ "އަހަރެމެންގެ ފުރުސަތު" ކަމަށާއި، އީރާނަށް "ވަރަށް ވަރުގަދަ ހަމަލާއެއް" ދީ، އެ ގައުމު "ބަލިކޮށްލާނެ" ކަމަށެވެ. މިފަދަ ބަސްމަގަކުން ހާމަވަނީ އެމެރިކާގެ ލީޑަޝިޕްގެ ކިބައިގައި ހުރި ގަދަބާރު ދެއްކުމާއި އިސްތިއުމާރީ ވިސްނުން ކަމަށް ވެސް އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެ ގައުމުގެ ފަސްގަނޑަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

އީރާނުގެ އަސްކަރީ އަދި މަދަނީ އުމްރާނީ ވަސީލަތްތަކަށް އެމެރިކާއިން މީގެ ކުރިން ދީފައިވާ ހަމަލާތަކަކީ ހަނގުރާމައިގެ ބޮޑެތި ކުށްތަކެއް ކަމަށާއި، އެއީ އދ. ގެ ޗާޓަރާއި ކުރިން ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށް ބުނެ ތެހެރާނުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ހުޅަނގު އޭޝިއާ ސަރަހައްދުގައި އެމެރިކާ ސިފައިން ތިބުމަކީ ނުތަނަވަސްކަމުގެ އަސްލު ސަބަބު ކަމަށާއި، އެމެރިކާ ސިފައިން އެ ސަރަހައްދުން ބޭރުވުމުން ވޮޝިންގޓަނުން އަމިއްލައަށް އުފައްދަމުންދާ މި ކުރިމަތިލުންތަކުގެ ސިލްސިލާ ނިމުމަކަށް އަންނާނެ ކަމަށް ވެސް އީރާނުން ބުނެ އެވެ.

ޑޮނަލްޑް ޓްރަމްޕްއުރުދުންސެންޓްކޮމްއީރާން-އެމެރިކާއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

29 ޖުލައި 2026

ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟

29 ޖުލައި 2026
ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟
29 ޖުލައި 2026

އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި

29 ޖުލައި 2026
އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި
29 ޖުލައި 2026

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

29 ޖުލައި 2026
ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި
29 ޖުލައި 2026

ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!

29 ޖުލައި 2026
ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!
29 ޖުލައި 2026

އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

29 ޖުލައި 2026
އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
29 ޖުލައި 2026

އީރާން އިން ހުރްމުޒް ކަނޑުއޮޅީގައި އޮތް ތިން ތެޔޮ ޓޭންކަރަށް ހަމަލާދީ ހުއްޓުވައިފި

29 ޖުލައި 2026
އީރާން އިން ހުރްމުޒް ކަނޑުއޮޅީގައި އޮތް ތިން ތެޔޮ ޓޭންކަރަށް ހަމަލާދީ ހުއްޓުވައިފި
29 ޖުލައި 2026

އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި

29 ޖުލައި 2026
އެމެރިކާގެ ކޮންގްރެސް އަށް އިންފަންޓީނޯ ހާޒިރުކުރުމުގެ މަސައްކަތް ޑިމޮކްރަޓިކް ޕާޓީ އިން ފަށައިފި
28 ޖުލައި 2026

އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައިފި

28 ޖުލައި 2026
އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައިފި
28 ޖުލައި 2026

ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ

28 ޖުލައި 2026
ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ
28 ޖުލައި 2026

އީރާނުގެ އަސްކަރިއްޔާ: އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ދޭ އިންޒާރުތަކަށް ރައްދު ދޭނެ

28 ޖުލައި 2026
އީރާނުގެ އަސްކަރިއްޔާ: އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ދޭ އިންޒާރުތަކަށް ރައްދު ދޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް