Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އެމެރިކާގެ އަމަލުތައް "މާފިއާ ގޭންގަކާ" އެއްފަދަ، އެމީހުންނާ އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން

27 ޖުލައި 2026 | ހޯމަ 11:10

ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއެކު އެއްވެސް ފެންވަރެއްގެ މަޝްވަރާއެއް ކުރިއަށް ނުދާކަމަށް އީރާނުން ބުނެފި. އީރާނުގެ ފޮރިން މިނިސްޓްރީން ބުނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އޮމާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ވޮޝިންޓަނުގެ އެއްވެސް ދައުރެއް ނެތް ކަމަށް. އަދި އެމެރިކާގެ އަމަލުތައް ހުރީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 27 ޖުލައި 2026 | ހޯމަ 11:10
އީރާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ

އީރާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ | ގެޓީ އިމޭޖަސް

ދެ ގައުމުގެ ދެމެދުގައި ކުރިއަށްދިޔަ ކުރިމަތިލުންތައް މިވަގުތަށް ހުއްޓިފައިވީ ނަމަވެސް، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނެފި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ސަރަހައްދީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން މެދުވެރިން މެދުވެރިކޮށް އެމެރިކާގެ މެސެޖުތައް ލިބިދާނެ ކަމަށެވެ. ނަމަވެސް، މިވަގުތު އެމެރިކާއާއެކު އެއްވެސް ފެންވަރެއްގެ މަޝްވަރާއެއްގައި އީރާނުން ބައިވެރިވަމުން ނުދާކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބަޣާއީ ވިދާޅުވީ، މަޝްވަރާ ކުރުމަށް އީރާނުން އެދިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، އެއީ އިދިކޮޅު ފަރާތްތަކުން ދޭތެރެ ދޭތެރެއިން ފަތުރާ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ކުރިއަށްދިޔަ ޑިޕްލޮމެޓިކް މަސައްކަތްތައް ނާކާމިޔާބުވެ، އީރާނާއި އެމެރިކާއާ ދެމެދު މި މަހުގެ ކުރީކޮޅު ވަނީ އަސްކަރީ ކުރިމަތިލުންތަކެއް ފެށިފަ އެވެ.

ދެ ފަރާތުގެ ދެމެދުގައި 13 ދުވަސް ވަންދެން ބަދަލުކުރި ހަމަލާތަކަށްފަހު، ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން މި ކުރިމަތިލުންތައް ވަނީ މެދުކެނޑިފަ އެވެ.

އެމެރިކާއަށް ފާޑުވިދާޅުވަމުން ބަޣާއީ ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި އެމެރިކާގެ އަމަލުތައް ހުރީ އެއްވެސް ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ބޯނުލަނބާ "މާފިއާ ގޭންގަކާ" އެއްފަދަ ގޮތަކަށް ކަމަށެވެ.

އަދި އެމެރިކާގެ މިފަދަ އަމަލުތައް ދެމިއޮތްހާ ހިނދަކު، ހަމަޖެހޭ އުސޫލެއްގެ ތެރެއިން ކަންކަން ކުރިއަށްދާނެ ކަމުގެ އުންމީދެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހުރްމުޒް ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުމާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމުގެ ފުރިހަމަ ބާރު އީރާނަށް އޮންނަންޖެހޭނެ ކަމަށް އެ ގައުމުން ބުނެ އެވެ. އަދި މިކަމުގައި އައްސޭރިފަށުގެ ގައުމެއްގެ ގޮތުގައި އޮމާން ބައިވެރިކުރުމަށް އީރާނުން ބޭނުންވެ އެވެ.

އީރާނުން ކަނޑައަޅާފައިވާ މަގުން ނޫން ގޮތްގޮތަށް އެ ކަނޑުއޮޅި ހުރަސްކުރަން އުޅުނު ބައެއް އުޅަނދުތައް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) އިން ވަނީ ފާއިތުވި ދުވަސްތަކުގައި ހުއްޓުވާފަ އެވެ. މީގެ ތެރޭގައި ހޯމަ ދުވަހުގެ ކުރީކޮޅު ހުއްޓުވި ހަ އުޅަނދެއް ހިމެނެ އެވެ.

ހޯމަ ދުވަހު ބަޣާއީ އަނެއްކާވެސް ތަކުރާރުކޮށް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ވޮޝިންޓަނުގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.

މި މަޝްވަރާތަކަކީ އީރާނާއި އޮމާނާ ދެމެދު ކުރިއަށްދާ ދޭދޭ މަޝްވަރާތަކެއް ކަމަށާއި، އެމެރިކާއާ މީގެ އެއްވެސް ގުޅުމެއް ނެތް ކަމަށް ބަޣާއީ ވިދާޅުވި އެވެ. އަދި އެ ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއިސްމާޢީލް ބަޣާއީހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

27 ޖުލައި 2026

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެއްޖެ: ސީއެންއެން

27 ޖުލައި 2026
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެއްޖެ: ސީއެންއެން
27 ޖުލައި 2026

ނުރައްކާތެރި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގާ އީރާނުގެ ނިއުކްލިއާ މާއްދާތައް ވަގަށްނެގުމަށް ޕެންޓަގަން އިން ރާވަނީ

27 ޖުލައި 2026
ނުރައްކާތެރި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގާ އީރާނުގެ ނިއުކްލިއާ މާއްދާތައް ވަގަށްނެގުމަށް ޕެންޓަގަން އިން ރާވަނީ
27 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި

27 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި
27 ޖުލައި 2026

އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި

27 ޖުލައި 2026
އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި
27 ޖުލައި 2026

އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި

27 ޖުލައި 2026
އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
26 ޖުލައި 2026

އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ

26 ޖުލައި 2026
އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ
26 ޖުލައި 2026

ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު

26 ޖުލައި 2026
ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު
26 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި

26 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރެއް މައިނެއްގައި ޖެހި ގޮވައިފި
26 ޖުލައި 2026

އީރާނާއި އެމެރިކާ ހަމަލާތައް މެދުކަނޑާލައިފި

26 ޖުލައި 2026
އީރާނާއި އެމެރިކާ ހަމަލާތައް މެދުކަނޑާލައިފި
26 ޖުލައި 2026

އީރާން ހަނގުރާމަ ވަރުގަދަކުރުމާ މެދު އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި ޖެނެރަލް ކޭން ކަންބޮޑުވެއްޖެ

26 ޖުލައި 2026
އީރާން ހަނގުރާމަ ވަރުގަދަކުރުމާ މެދު އެމެރިކާގެ ނައިބު ރައީސް ވޭންސް އާއި ޖެނެރަލް ކޭން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް