Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ އަސްކަރިއްޔާ: އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން ދޭ އިންޒާރުތަކަށް ރައްދު ދޭނެ

28 ޖުލައި 2026 | އަންގާރަ 06:15

އީރާނުގެ އުޅަނދުފަހަރަށް އެމެރިކާއިން އިންޒާރުދީ، ކަނޑުގެ މަގުން ހިސާރުކުރަން އުޅޭ ކަމަށް ބުނެ އެ ގައުމުގެ އަސްކަރިއްޔާއިން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި. އެމެރިކާގެ އަމަލުތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެމެރިކާއިން ކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅާތީ އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި

ރާއްޖެ އެމްވީ | 28 ޖުލައި 2026 | އަންގާރަ 06:15
އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްއެޅުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން، އެމެރިކާގެ މަނަވަރު "ޔޫއެސްއެސް ފްރޭންކް އީ. ޕީޓަސަން ޖޫނިއާ" (DDG 121) އަރަބި ކަނޑުގައި ފޯރިމަރަނީ

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްއެޅުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން، އެމެރިކާގެ މަނަވަރު "ޔޫއެސްއެސް ފްރޭންކް އީ. ޕީޓަސަން ޖޫނިއާ" (DDG 121) އަރަބި ކަނޑުގައި ފޯރިމަރަނީ | ސެންޓްކޮމް

އީރާނުގެ ވިޔަފާރި އުޅަނދުފަހަރާއި ތެޔޮ ޓޭންކަރުތަކަށް ކުރިމަތިކުރާ އެއްވެސް އިންޒާރަކަށް ރައްދު ނުދީ ދޫކޮށްނުލާނެ ކަމަށް އީރާނުގެ އަސްކަރިއްޔާގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑުން އެމެރިކާއަށް އިންޒާރު ދީފި އެވެ. މިއީ ވޮޝިންޓަނުން އީރާނާ ދެކޮޅަށް ކުރަމުންދާ އުދުވާނީ ހަނގުރާމަ ވަރުގަދަކޮށް، އެ ގައުމާ ދެކޮޅަށް ގާނޫނާ ހިލާފަށް ކަނޑުގެ ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ ހިސާރު އެޅުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ދީފައިވާ އިންޒާރެކެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓާޒް އިން ވަނީ މުޅި ސަރަހައްދުގައި އެމެރިކާއިން ހިންގަމުންދާ ނުބައި އަމަލުތަކާއި، ސަލާމަތީ ނުރައްކާތައް ކުށްވެރިކޮށްފަ އެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ތިން ދުވަހު އެމެރިކާގެ ސިފައިން ވަނީ އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކާއި ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ އީރާނުގެ އުޅަނދުފަހަރަށް އިންޒާރު ދީފަ އެވެ. މިއީ އީރާނާ ދެކޮޅަށް ކަނޑުގެ މަގުން ހިސާރު އެޅުމަށް އެމެރިކާއިން ކުރަމުންދާ ގާނޫނާ ހިލާފު މަސައްކަތްތަކުގެ ތެރެއިން ހިންގި އަމަލެކެވެ.

"އެމެރިކާގެ މި އަމަލަކީ މި ސަރަހައްދުގައި ހަނގުރާމަ ފުޅާކުރުން ކަމުގައި ބެލެވޭ،" އެ ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ. "އީރާނުގެ ހަތިޔާރު އެޅި ސިފައިން ހަނގުރާމައިގެ މައިދާނުގައި ސާބިތުކޮށްދީފައިވާ ފަދައިން، އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާއިން ކުރިމަތިކުރާ އެއްވެސް އިންޒާރެއް ނުވަތަ ނުބައި އަމަލެއް ރައްދު ނުދީ ދޫކޮށްނުލާނެ ކަމަށާއި، އެކަންކަމާ ސާބިތުކަމާއެކު ކުރިމަތިލާނެ." ކަމަށްވެސް ބަޔާނުގައިވެ އެވެ.

އީރާނުގެ މި މަރުކަޒީ އިދާރާއިން ވަނީ ބޭރުގެ ނުފޫޒުތަކާއި ކުރިމަތިކުރާ ގޮންޖެހުންތަކާ ދެކޮޅަށް، އެ ގައުމުގެ މިނިވަންކަމާއި ކަނޑުގެ ސަރަހައްދުގެ ހައްގުތައް ދިފާއުކުރުމުގައި އީރާނުން ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަލުން ދީފަ އެވެ.

ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި، ކުރިމަތިވާ އުދުވާންތަކަށް އެކަށީގެންވާ ރައްދު ދިނުމުގެ ގާބިލުކަމާއި އަޒުމް އީރާނުގެ ކިބައިގައި ހުރިކަން އެ ގައުމުން ވަނީ ތަކުރާރުކޮށް ސާބިތުކޮށްދީފައެވެ. އަދި ބޭރުގެ ބާރުތަކުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް، ސަރަހައްދީ ހަމަޖެހުމަށް ބުރޫ އެރުވުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އީރާނުން މި އިންޒާރު ދީފައިވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އެމެރިކާއިން އީރާނަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި ހުޅަނގު އޭޝިއާގެ ސުލްހަޔާއި ސަލާމަތަށް އޮތް ސީދާ ނުރައްކަލެކެވެ.

އީރާނުގެ އަސްކަރިއްޔާ އޮތީ އެ ގައުމުގެ ކަނޑުގެ ސަރަހައްދާއި ވިޔަފާރި އުޅަނދުތައް ދަތުރުކުރާ މަގުތައް ދިފާއުކުރުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގަމުންދާ އުދުވާންތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށްޓަކައި، އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ މަހު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.

މި ފަހުމުނާމާގެ ދަށުން، 60 ދުވަހުގެ މުއްދަތަށް އެއްވެސް ފީއަކާ ނުލައި ކަނޑުއޮޅި މެދުވެރިކޮށް އުޅަނދުފަހަރަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އީރާނުން އެއްބަސްވި އެވެ.

މި އެއްބަސްވުމާ އެއްގޮތަށް، އީރާނުން ވަނީ އުޅަނދުފަހަރު ދަތުރުކުރުމަށް ހާއްސަ ކަނޑުގެ މަގެކެއް ކަނޑައަޅައި، ގާނޫނާ ހިލާފު މަގުތަކުން ދަތުރު ނުކުރުމަށް އިންޒާރު ދީފަ އެވެ.

ނަމަވެސް، އެމެރިކާއިން ދަނީ ގާނޫނާ ހިލާފު މަގަކުން އުޅަނދުފަހަރު ދަތުރުކުރުމަށް އެހީތެރިވަމުންނެވެ. މިއާއެކު، ސަރަހައްދީ ކަނޑުގެ ދަތުރުފަތުރަށް އެމެރިކާއިން ހުރަސްއެޅުން ހުއްޓާލަންދެން، އީރާނުން ވަނީ އެ ކޮރިޑޯ ބަންދުކޮށްފަ އެވެ.

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

27 ޖުލައި 2026

ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން

27 ޖުލައި 2026
ހަނގުރާމައާއި ސުލްހައިގެ ވަގުތު ކަނޑައަޅެމުގެ ފުރުސަތެއް އެމެރިކާއަކަށް ނުދޭނަން: އީރާން
27 ޖުލައި 2026

އެމެރިކާ-އީރާން ހަމަލާތައް މެދުކެނޑުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ

27 ޖުލައި 2026
އެމެރިކާ-އީރާން ހަމަލާތައް މެދުކެނޑުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ
27 ޖުލައި 2026

އެމެރިކާގެ އަމަލުތައް "މާފިއާ ގޭންގަކާ" އެއްފަދަ، އެމީހުންނާ އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން

27 ޖުލައި 2026
އެމެރިކާގެ އަމަލުތައް "މާފިއާ ގޭންގަކާ" އެއްފަދަ، އެމީހުންނާ އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން
27 ޖުލައި 2026

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެއްޖެ: ސީއެންއެން

27 ޖުލައި 2026
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެއްޖެ: ސީއެންއެން
27 ޖުލައި 2026

ނުރައްކާތެރި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގާ އީރާނުގެ ނިއުކްލިއާ މާއްދާތައް ވަގަށްނެގުމަށް ޕެންޓަގަން އިން ރާވަނީ

27 ޖުލައި 2026
ނުރައްކާތެރި އަސްކަރީ ބޮޑު އޮޕަރޭޝަނެއް ހިންގާ އީރާނުގެ ނިއުކްލިއާ މާއްދާތައް ވަގަށްނެގުމަށް ޕެންޓަގަން އިން ރާވަނީ
27 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި

27 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތް ނޫން ކަމަށް ސެންޓްކޮމްގެ އެންމެ އިސް ކޮމާންޑަރު ލަފާދީފި
27 ޖުލައި 2026

އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި

27 ޖުލައި 2026
އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި
27 ޖުލައި 2026

އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި

27 ޖުލައި 2026
އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
26 ޖުލައި 2026

އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ

26 ޖުލައި 2026
އީރާނާ ދެކޮޅަށް ހަމަލާތައް ފެށުމަށްފަހު، އެހެން ބައެއްގެ ބޮލުގައި ހަނގުރާމަ އަޅުވާ، ހުރިހާ ފައިދާ އެއް އިސްރާއީލުން ނަގަނީ
26 ޖުލައި 2026

ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު

26 ޖުލައި 2026
ޓްރަމްޕް އިރާނަށް ހަމަލާދިނުން މެދުކަނޑާލީ މަޝްވަރާއަށް ފުރުސަތު ދިނުމަށް: އެމެރިކާގެ ސަފީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް