Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

30 ޖުލައި 2026 | ބުރާސްފަތި 09:26

އީރާނުން ދޭ ހަމަލާތަކުގެ ގެއްލުން ވަޒަންކުރުމަށް ތެހެރާނަށް އެހީތެރިކަން ލިބޭތީ، އެމެރިކާ ސިފައިން ހަމަލާތަކުގެ މަންޒަރުތައް ރެކޯޑްކުރުން ހުއްޓުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ފިޔަވަޅުތަކެއް އަޅާފައި. މިގޮތުން އުރުދުންގައި ތިބި ސިފައިންގެ ފޯނުތައް އަތުލުމަށް ނިންމާފައިވާއިރު، މިއީ ހަމަލާތަކުގެ ހަގީގީ ގެއްލުންތައް ފޮރުވައި މައުލޫމާތު ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބެލެވޭ

ރާއްޖެ އެމްވީ | 30 ޖުލައި 2026 | ބުރާސްފަތި 09:26

އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ގޮތުން، އެމެރިކާގެ ކަނޑުގެ ސިފައިން ހިންގާ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ހެލިކޮޕްޓަރެއް | ސެންޓްކޮމް

އީރާނުން ދޭ ޑްރޯން އަދި މިސައިލް ހަމަލާތަކަށްފަހު އެ ސަރަހައްދުތަކުގެ މަންޒަރުތައް ފޯނުން ރެކޯޑް ނުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން އިންޒާރު ދީފި އެވެ. އަދި އުރުދުންގައި ތިބި ބައެއް ސިފައިންގެ އަތުން، "އޮޕަރޭޝަނަލް ސެކިއުރިޓީ" ނުވަތަ އަސްކަރީ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި މޯބައިލް ފޯނުތައް އަތުލާނެ ކަމަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރޮއިޓާސް ނޫހަށް ލިބިފައިވާ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ އިސްވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ ޖުލައި 28 ގައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އެމެރިކާ ސިފައިން އާންމުކުރާ ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، އީރާނުން ދޭ ހަމަލާތަކުގެ އަމާޒު އިތުރަށް ސީދާކުރުމަށް ތެހެރާނަށް އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

ކޫޕާ ޝަކުވާ ކުރެއްވި ގޮތުގައި، ނޫސްވެރިންނާއި އިންޓަނެޓްގައި ހަރަކާތްތެރިވާ "އޯޕަން ސޯސް އިންޓެލިޖެންސް" ދިރާސާކުރާ ފަރާތްތަކުން އާންމުކުރާ މައުލޫމާތުގެ ސަބަބުން، އީރާނަށް އެއްވެސް ޚަރަދަކާ ނުލައި ހަމަލާތަކުން ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ ފުރުސަތު ލިބެ އެވެ. "ހަމަލާ ފޮނުވާލިކަން އީރާނަށް އެނގޭ. ނަމަވެސް އެ ހަމަލާ އަމާޒުވީ 50 މީޓަރު ދުރަށްތޯ، ހުސް ބިމަކަށްތޯ ނުވަތަ މީހުން ގިނަ ތަނަކަށްތޯ އެމީހުންނަކަށް ނޭނގޭ،" ކޫޕާ ލިޔުއްވާފައިވެ އެވެ. އޭނާ އިތުރަށް ވިދާޅުވީ، ހަމަލާ އަމާޒުވި ތަންތަނުގެ ތަފްސީލީ ލިސްޓުތަކާއި، ސިފަކުރުންތަކާއި، ދިރާސާތައް ނޫސްތަކުން އާންމުކުރުމަކީ އީރާނަށްޓަކައި "ބެޓްލް ޑެމޭޖް އެސެސްމަންޓް" (ބީޑީއޭ) ހަދައިދިނުން ފަދަ ކަމެއް ކަމަށެވެ.

ކޫޕާ ފާހަގަކުރެއްވި އެއް ވީޑިއޯއަކީ، ޖުލައި 17 ވަނަ ދުވަހު އުރުދުންގައި ހުންނަ މުވައްފަގު ސަލްތީ އެއާ ބޭސްއަށް އީރާނުން ދިން ނުރައްކާތެރި މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ތެރޭގައި، "މެޓާ" ސްމާޓް ގްލާސް ބޭނުންކޮށްގެން ރެކޯޑްކޮށްފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަނީ ނުރައްކަލުގެ ސައިރަން އަޅަމުންދިޔަ ވަގުތު، އެމެރިކާ ސިފައިން ރައްކާތެރިކަން ހޯދުމަށް ބަންކަރުތަކަށް ދުވާ މަންޒަރެވެ.

އުރުދުންގެ މުވައްފަގު ސަލްތީ އެއާ ބޭސްއަށް އީރާނުން ދިން ނުރައްކާތެރި ހަމަލާގެ ވީޑިއޯ

އެ ރޭގެ ހަމަލާތަކާ ގުޅޭގޮތުން ކައިރިން ނަގާފައިވާ އެހެން ވީޑިއޯއަކުން ފެންނަ ގޮތުގައި، ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލްތައް ވަނީ އުރުދުންގައި ހުންނަ އެ މަރުކަޒަށް ސީދާ އަމާޒުވެފަ އެވެ. އެ ހަމަލާގައި އެމެރިކާގެ ތިން ސިފައިން މަރުވިކަން ޕެންޓަގަންއިން ފަހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އުރުދުންގައި ތިބި ސިފައިންގެ ފޯނުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަތުލާނެ ކަމަށް އެމީހުންނަށް އަންގާފައިވާ ކަމަށް ދެ މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދީފައިވެ އެވެ. އަދި ތިންވަނަ މަސްދަރަކުން ބުނި ގޮތުގައި މުޅި ސަރަހައްދުގައި މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ދަނީ ވިސްނަމުންނެވެ. ނަމަވެސް ސެންޓްކޮމްއިން ބުނީ ކޫޕާގެ ސިޓީއަކީ ހަމައެކަނި ސަލާމަތީ ކަންކަމަށް ސަމާލުވުމަށް އެންގި އެންގުމެއް ކަމަށެވެ.

ޕެންޓަގަންއިން ބުނާ ގޮތުގައި މި ފިޔަވަޅު އަޅަނީ އީރާނުން އެ ވީޑިއޯތަކުގެ ފައިދާ ނަގައިފާނެތީ އެވެ. ނަމަވެސް، މިފަދަ ހުރަސްތަކުގެ ސަބަބުން އީރާނުގެ ހަމަލާތަކުން ލިބޭ ހަގީގީ ގެއްލުންތައް މިނިވަންކަމާއެކު ވަޒަންކުރުމަށް އާންމުންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

ސިފައިންގެ ފޯނުތައް އަތުލުމަށް ނިންމާ ނިންމުމުގެ ސަބަބުން، މައުލޫމާތު ފެތުރުމުގެ މައްޗަށް ވޮޝިންޓަނުން ބާއްވާ ކޮންޓްރޯލް އިތުރަށް ވަރުގަދަވެގެންދާނެ އެވެ. ސެންޓްކޮމްއިން އާންމުކުރަނީ ހަމައެކަނި އެމެރިކާގެ މަތިންދާބޯޓުތައް އުދުއްސާލާ މަންޒަރާއި، މިސައިލް ފޮނުވާލާ މަންޒަރުގެ އިތުރުން އީރާނުގެ އަމާޒުތަކަށް ހަމަލާދޭ މަންޒަރު ފެންނަ ކުރު ވީޑިއޯ ކޮޅުތަކެވެ.

އަނެއްކޮޅުން، އީރާނުން ދޭ ހަމަލާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ވަރަށް މަދެވެ. ސަބަބަކީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގައުމުތަކުން ވެސް، އެފަދަ މަންޒަރުތައް ރެކޯޑްކުރުން ހަރުކަށިކޮށް މަނާކޮށް، އެކަން ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ކަނޑައަޅާފައިވާތީ އެވެ. މިހާތަނަށް ފެނިފައިވާ ވީޑިއޯތަކުން އެނގޭ ގޮތުގައި، ރަސްމީ ބަޔާންތަކުގައި ހަމަލާތައް ނާކާމިޔާބު ކޮށްލެވުނު ކަމަށް ބުނި ނަމަވެސް، ހަގީގަތުގައި ބޮޑެތި ގެއްލުންތަކާއި މީހުން މަރުވުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.

މައުލޫމާތު ހާމަކުރުމުގެ ދެފުށް ފެންނަ މިންވަރާ މެދު އޮތް ކަންބޮޑުވުންތައް އިތުރުވެފައިވަނީ، ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އެމެރިކާގެ 18 ސިފައިން މަރުވެ، 624 މީހުން ޒަޚަމްވެފައިވާ ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ވޯގެ ޑޭޓާބޭސްއިން ދެއްކުމާ ގުޅިގެންނެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މިހާރު ދަނީ ރާޑަރު ސިސްޓަމްތަކާއި، މަތިންދާބޯޓު ބަހައްޓާ ހޭންގަރުތަކާއި، ސިފައިން ތިބޭ ތަންތަނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލަމުންނެވެ.

އީރާން-އެމެރިކާއެޑްމިރަލް ބްރެޑް ކޫޕާސެންޓްރަލް ކޮމާންޑްމުވައްފަގު ސަލްތީ އެއާ ބޭސްޕެންޓަގަންއީރާން ހަނގުރާމަ

އިތުރަށް ކިޔާލަން

30 ޖުލައި 2026

އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

30 ޖުލައި 2026
އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
30 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި ދެ ތެޔޮ ޓޭންކަރެއް އީރާން އިން ހުއްޓުވައިފި

30 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި ދެ ތެޔޮ ޓޭންކަރެއް އީރާން އިން ހުއްޓުވައިފި
30 ޖުލައި 2026

ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި

30 ޖުލައި 2026
ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި
30 ޖުލައި 2026

އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި

30 ޖުލައި 2026
އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި
30 ޖުލައި 2026

އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖުލައި 2026
އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖުލައި 2026

އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި

29 ޖުލައި 2026
އީރާނަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ދެއްވައިފި
29 ޖުލައި 2026

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

29 ޖުލައި 2026
ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި
29 ޖުލައި 2026

އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

29 ޖުލައި 2026
އުރުދުންގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
29 ޖުލައި 2026

އީރާން އިން ހުރްމުޒް ކަނޑުއޮޅީގައި އޮތް ތިން ތެޔޮ ޓޭންކަރަށް ހަމަލާދީ ހުއްޓުވައިފި

29 ޖުލައި 2026
އީރާން އިން ހުރްމުޒް ކަނޑުއޮޅީގައި އޮތް ތިން ތެޔޮ ޓޭންކަރަށް ހަމަލާދީ ހުއްޓުވައިފި
28 ޖުލައި 2026

ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ

28 ޖުލައި 2026
ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް