Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަވާހިލި

އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނުފޫޒުން: ނިޒާރު

29 ޖުލައި 2026 | ބުދަ 07:08

އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރީ މަޖިލިސް މެންބަރުންގެ ނުފޫޒުން ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ. ކައުންސިލުން އެ ރަށް ތަރައްގީކުރަން ބީލަމަށް ހުޅުވާލާފައި ވަނިކޮށް ސަރުކާރުން މި ނިންމުން ނިންމީ މަޝްވަރާކުރުމެއް ނެތި ކަމަށްވާތީ، އެކަން މުރާޖައާކޮށް އެ ރަށް އަލުން އައްޑޫގެ އިހުތިސާސަށް ގެނައުމަށް މޭޔަރު ވަނީ ގޮވާލައްވާފައި

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 29 ޖުލައި 2026 | ބުދަ 07:08
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު | އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނުފޫޒުން ކަމަަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، ސަވާހިލި މައްސަލައިގައި ސަރުކާރުގެ ބައެއް އިސް ފަރާތްތަކާއެކު މަޝަވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި އެ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުން ރައީސް މުއިއްޒު އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނުފޫޒާއެކުގައި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. މިކަން ޔަގީންކުރެވުނީ އެކަމާ ގުޅިގެން އެ މެންބަރުންގެ ބަސްމަގު ހުރި ގޮތުން ކަމަށާއި ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ވިދާޅުވެ އެ މެންބަރުން ކައުންސިލްގެ މައްޗަށް ތުހުމަތުތައް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ ކައުންސިލްގެ މައްޗަށް އެ ބޭފުޅުން އެ ކުރައްވަނީ ވަރަށް ބޮޑު ތުހުމަތުތަކެއް ކަމަށާއި އެފަދަ ތުހުމަތެއް ކުރައްވާނަމަ އެކަން ބަލާނެ ކަމަށެވެ. އަދި ބައެއްގެ މައްޗަށް ތުހުމަތެއް ކުރާއިރު އެ ތުހުމަތުކުރެވެނީ ކޮންގޮތަކަށްކަން އެނގެންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނިޒާރު ވިދާޅުވީ، ސަވާހިލީގެ މުއާމަލާތް ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތަކީ ރުހެވޭނެ ގޮތެއް ނޫން ކަމަށާއި، ކައުންސިލްތަކަށް ހުރަސްއެޅޭ ގޮތަށް ތަރައްގީގެ ކަންކަން ބައްޓަންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން މި މައްސަލަ ބަލައި މުރާޖައާކުރުމަށް ފަހު އަލުން އައްޑޫ ސިޓީގެ އިހްތިސާސްގެ ތެރޭގައި އެ ރަށް ހިމަނައިދިނުމަށް ނިޒާރު ވަނީ ގޮވާލައްވައިފަ އެވެ.

މި ސަރުކާރުން ސަވާހިލީގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށާއި ސަރުކާރަށް އެކަން ނުވެސް ކުރެވޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ސަވާހިލި ގެނެވިއްޖެ ނަމަ އެ ރަށް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ސަވާހިލީގެ ތަރައްގީއަށް އެއްވެސް ކަމެއް ކުރެވޭނެ ކަމުގެ އުއްމީދެއް ނެތް، ސަރުކާރަކަށް އެކަމެއް ނުވެސް ކުރެވޭނެ، އަދިވެސް އެތަން އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވިއްޖެ ނަމަ އެތަން ތަރައްގީކޮށްދޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ރައްޔިތުންނަށް އަރުވަން
އަލީ ނިޒާރު

ސަވާހިލީގެ މުއާމަލާތް ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތާމެދު ނުރުހުން ފާޅުކުރައްވަމުން ނިޒާރު ވިދާޅުވީ، އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރިކަން އަންގައި ރައީސް މުއިއްޒު ގަރާރެއް ނެރުއްވީ "ނިދަން އެނދަށް އަރާ އޮއްވާ" ކަމަށެވެ. ދައުލަތުގެ ދެ މުއައްސަސާއެއްގެ ދޭތެރޭ މުއާމަލާތްތައް ހިނގަން ޖެހޭނީ ރަސްމީކޮށް ކަމަށާއި، ކައުންސިލަކީ ސަރުކާރުން އަންގާ ގޮތަށް ކަންކަން ކުރަން ތިބޭ ބައެއް ނަމަވެސް، ދެ ފަރާތުގެ މެދުގައި މަޝްވަރާތައް ކުރެވެންޖެހޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހިލި ވަކިކޮށްފައިވަނީ އެ ރަށް އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށް، އެ މަސައްކަތަށް ބީލަމަށް ހުޅުވާލާފައިވަނިކޮށެވެ. އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރަން ނިންމީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ބޭނުންކުރުމަށް ކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ގަރާރުގައި ބަޔާންކޮށްފައެއް ނުވެ އެވެ. މި މައްސަލައާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުމަށެވެ.

ސަވާހިލިއަލީ ނިޒާރުމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

27 ޖުލައި 2026

ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ، ނޫސްވެރިންނަށް ދެއްވި އިންޒާރެއް: ޑީޑީ

27 ޖުލައި 2026
ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ، ނޫސްވެރިންނަށް ދެއްވި އިންޒާރެއް: ޑީޑީ
27 ޖުލައި 2026

މި ސަރުކާރުން އެންމެ އާދައިގެ މައުލޫމާތު ވެސް ހާމަކުރަން ބޭނުމެއް ނުވޭ: އެމްޖޭއޭގެ ރައީސް

27 ޖުލައި 2026
މި ސަރުކާރުން އެންމެ އާދައިގެ މައުލޫމާތު ވެސް ހާމަކުރަން ބޭނުމެއް ނުވޭ: އެމްޖޭއޭގެ ރައީސް
27 ޖުލައި 2026

ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް

27 ޖުލައި 2026
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް
27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު
27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު
25 ޖުލައި 2026

މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން

25 ޖުލައި 2026
މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން
25 ޖުލައި 2026

ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟

25 ޖުލައި 2026
ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟
25 ޖުލައި 2026

މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު

25 ޖުލައި 2026
މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު
25 ޖުލައި 2026

ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް

25 ޖުލައި 2026
ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް
24 ޖުލައި 2026

ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟

24 ޖުލައި 2026
ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް