Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟

24 ޖުލައި 2026 | ހުކުރު 19:26

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާއިރު، މާލީ ނިކަމެތިކަމާއި، ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ކަންބޮޑުވުންތަކުގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ސިއްހަތު ހަލާކުވެ، މުޅިން ބަލިކަށިވެފައިވާކަން ރައީސަށް އެނގިވަޑައިނުގަންނަވަނީތޯ އެވެ؟ ނުވަތަ އެނގިހުރެ ވެސް ޒުވާނުންގެ ހަގީގީ އަޑުއަހަން ބޭނުންފުޅު ނުވަނީތޯ އެވެ؟ ދިރިއުޅުމުގެ ޚަރަދުތަކާއި ބޭސްފަރުވާއަށް ވެސް ފައިސާ ނެތިގެން އުޅޭއިރު، ކުޅިވަރު ކޮމްޕްލެކްސްތައް ބިނާކުރުމަކީ އަޅުގަނޑުމެންގެ ބަނޑުހައިކަން ފިލުވައިދޭނެ ކަމެއް ނޫން. އެހެންކަމުން، ސަރުކާރުން ޒުވާނުންގެ ނަމުގައި ހިންގާ ޝިއާރުތަކާއި، ޕޮޑްކާސްޓްތަކުގެ މަކަރުވެރި ވާހަކަތައް ހުއްޓާލައްވާ، އަޅުގަނޑުމެންގެ އެންމެ އަސާސީ ބޭނުންތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، މާލީ ފުދުންތެރިކަމާއި، ކިޔެވުމާއި ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ މަގުތައް ހަގީގީ މާނައިގައި ފަހިކޮށްދެއްވުމަކީ މިވަގުތު ސަޅި ބައިސާ ކެނޑުމަށް ވުރެ ޒުވާނުންގެ މަގުބޫލުކަމަށް ފެންބޮވައިގެންފައިވާ ރައީސް މުއިއްޒު ކުރެއްވުން މާ ބުއްދިވެރި ކަމެއް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ޖުލައި 2026 | ހުކުރު 19:26
ރައީސް މުއިއްޒު ފުޓްސަލް މެޗެއް ކުޅުއްވަނީ

ރައީސް މުއިއްޒު ފުޓްސަލް މެޗެއް ކުޅުއްވަނީ | ދަ ސްޓޭންޑަރޑް މޯލްޑިވްސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތަކާއި ފުރުސަތުތައް ތަރައްޤީ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަފުޅުތަކާއި، މިއަދު ދިވެހި ޒުވާނުން އުފުލަންޖެހިފައިވާ ހިތްދަތި ޙަޤީޤަތާ މުޅިން ފުށުއަރަމުންދާކަމީ މިއަދު އަޅުގަނޑުމެން ކޮންމެ ދުވަހަކު ލޮލުން ދެކެ ހަށިގަނޑުން ތަޖުރިބާކުރަމުންދާ ހަޤީޤަތެކެވެ. މިއަދު އަޅުގަނޑުމެން ފަދަ އާދައިގެ ޒުވާނުންނަށް ބޭނުންވަނީ ކުޅިވަރު ކުޅޭނެ އިތުރު ދަނޑުތަކެއް ނޫނެވެ. އަދި ކިއެއްތޯ، ޒުވާނުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ނަމުގައި ދައްކާ ކުޅިވަރު ކޮމްޕްލެކްސްތަކާއި ވާހަކަތަކަކީ މިވަގުތު އަޅުގަނޑުމެންގެ ބަނޑުހައިކަމާއި ހާސްކަމާއި މާލީ ނިކަމެތިކަމަށް އެއްވެސް މަންފާއެއް ކުރާ ކަންކަމެއް ނޫނެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާ، ފުުދުންތެރި ޖީލެއް ބިނާކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ވެރިކަމުގެ މި މަރުހަލާގައި ޒުވާނުން މިވީ އިތުރަށް ބިކަވެ، އުއްމީދުތައް ފުނޑުފުނޑުވެފައިވާ ބަޔަކަށެވެ. މިއަދު އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އަތުގައި އެއްވެސް ފައިސާއެއް ނެތި، ކިޔެވުމަށް ކޮލެޖު ފީއާއި އަމިއްލަ ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި މަހުން މަހަށް ކުރަންޖެހޭ ބުރަ މަސައްކަތާއެކު ވެސް އަނގަޔާއި އަތާ ދިމާނުވުމެވެ. ޑޮލަރުގެ ރޭޓް މައްޗަށް ގޮސް، ތަކެތީގެ އަގުބޮޑުވެ، މުޅި އިޤްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި، ޒުވާނުން ތިބީ ކޮންމެ މަހަކު ވެސް ބިލްތައް ނުދެއްކިގެންނާއި، ކޮލެޖުގެ ޑެޑްލައިންތަކަށް ފީ ނުދެއްކިގެން ހަމަ ނިދި ނުލިބިފަ އެވެ.

އެއްފަރާތުން ކިޔެވުމުގެ ބުރަ ފިއްތުންތަކާއި، އަނެއްފަރާތުން ދިރިއުޅުމުގެ ޚަރަދުތައް ކަމަށްވާ ކުއްޔާއި، ކެއުމާއި، ދަތުރުފަތުރުގެ ޚަރަދުތައް ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންދާއިރު، ބޯހިޔާވަހިކަމެއް ނެތި ރަށްރަށުން މާލެއަށް ހިޖުރަކޮށްގެން އުޅޭ ޒުވާނުންގެ ހާލަތަކީ ބަޔާންކުރަންދަތި ނިކަމެތި ކަމެކެވެ. ސަރުކާރުން ބޮޑެތި ޕޮޑްކާސްޓްތަކުގައާއި ރަސްމީ ވާހަކަފުޅުތަކުގައި 2030 ވަނަ އަހަރަށް ކްރިއޭޓިވް އިކޮނޮމީގެ ވާހަކައާއި، ޒުވާނުންނަށް ލޯން ސްކީމްތައް ތަޢާރަފުކުރާކަމަށް ބުނެ ވާހަކަދެއްކި ނަމަވެސް، އާދައިގެ ޒުވާނަކަށް އެއްވެސް ލުޔެއް، އެއްވެސް ފަސޭހައެއް ނުލިބެ އެވެ.

ލޯނުތަކަށް އެދުމުން ޝަރުތުތައް ބޮޑުވެ، އެންމެ ފަހުން ލިބެނީ މާޔޫސްކަމެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ވިޔަފާރިއެއް ފަށާނެ ފުރުސަތެއް، ނުވަތަ މަހުން މަހަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ވަޒީފާއެއް ނެތްއިރު، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުނުވެ، ދިވެހި ޒުވާނުންނަށް އޮތް ފުރުސަތުތައް ވަނީ ހަނިވެފަ އެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ކޮލެޖަށާއި މަސައްކަތަށް ނުކުންނައިރު، ތިބެނީ ހުސްއަތާ އެވެ.

ކުރިމަގު އޮތީ ބަނަކޮށެވެ. މުޅި ދިރިއުޅުން އޮތީ މާލީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ތާށިވެފަ އެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ޒުވާނުންނަށް ކުޅިވަރު ކޮމްޕްލެކްސްތަކާއި، ދަނޑުތަކާއި، ކުޅިވަރުގެ ފުރުސަތުތައް ހޯދައިދެމުންދާ ކަމަށް ވިދާޅުވެ ވާހަކަދެއްކެވުމަކީ، މުޅިން ހަޤީޤަތާ ޚިލާފަށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ޒުވާނުންގެ ހަގީގީ ވޭނާއި ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވުން ކަމުގައި ނޫނީ ނުވެ އެވެ.

އަޅުގަނޑުމެންނަށް މިއަދު ބޭނުންވަނީ ކުޅިވަރު ކުޅޭނެ ތަންތަނެއް ނޫނެވެ. އަޅުގަނޑުމެން ބޭނުންވަނީ ކިޔަވައިގެން ނުކުންނަ އިރު ވަޒީފާއެއް، ބޯހިޔާވަހިކަމެއް، އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މާލީ މިނިވަން ކަމެކެވެ. ކޮންމެ މަހަކު ކުލި ނުދެއްކިގެން ލިބޭ އިންޒާރުތަކާއި ކޮލެޖް ފީ ނުދެއްކިގެން ކިޔެވުން މެދުކަނޑާލަން ޖެހިދާނެ ކަމުގެ ބިރުވެރިކަމުގައި ރޭގަނޑުގެ ނިދިނަގާލައިގެން ތިބެންޖެހޭއިރު ކުޅިވަރު ދަނޑުތައް ހުޅުވާ ތަން ދެއްކުމުން ވާނީ އަޅުގަނޑުމެންނަށް ކުރާ އިތުރު މަލާމާތަކަށެވެ.

ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާއިރު، މާލީ ނިކަމެތިކަމާއި ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ކަންބޮޑުވުންތަކުގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ސިއްހަތު ހަލާކުވެ، މުޅިން ބަލިކަށިވެފައިވާކަން ރައީސަށް އެނގިވަޑައިނުގަންނަވަނީތޯ އެވެ؟ ނުވަތަ އެނގިހުރެ ވެސް ޒުވާނުންގެ އަޑުއަހަން ބޭނުންފުޅު ނުވަނީތޯ އެވެ؟ ދިރިއުޅުމުގެ ޚަރަދުތަކާއި ބޭސްފަރުވާއަށް ވެސް ފައިސާ ނެތިގެން އުޅޭއިރު، ކުޅިވަރު ކޮމްޕްލެކްސްތައް ބިނާކުރުމަކީ އަޅުގަނޑުމެންގެ ބަނޑުހައިކަން ފިލުވައިދޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ސަރުކާރުން ޒުވާނުންގެ ނަމުގައި ހިންގާ ޝިއާރުތަކާއި، ޕޮޑްކާސްޓްތަކުގެ މަކަރުވެރި ވާހަކަތައް ހުއްޓާލައްވާ، އަޅުގަނޑުމެންގެ އެންމެ އަސާސީ ބޭނުންތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، މާލީ ފުދުންތެރިކަމާއި، ކިޔެވުމާއި ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެ މަގުތައް ހަގީގީ މާނައިގައި ފަހިކޮށްދެއްވުމަކީ މިވަގުތު ސަޅި ބައިސާ ކެނޑުމަށް ވުރެ ޒުވާނުންގެ މަގުބޫލުކަމަށް ފެންބޮވައިގެންފައިވާ ރައީސް މުއިއްޒު ކުރެއްވުން މާ ބުއްދިވެރިކަމެކެވެ. 

ޒުވާނުންކުޅިވަރުގެ ވަޞީލަތްތައްމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
24 ޖުލައި 2026

މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!

24 ޖުލައި 2026
މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!
24 ޖުލައި 2026

ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، ދައުލަތުން ކުރާ އިސްރާފާއި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ފަހު: ޝަމްހީދު

24 ޖުލައި 2026
ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، ދައުލަތުން ކުރާ އިސްރާފާއި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ފަހު: ޝަމްހީދު
24 ޖުލައި 2026

ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް

24 ޖުލައި 2026
ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް
24 ޖުލައި 2026

މަތިމައްޗަށް ފުޓްސެލް ދަނޑުތައް ހުންނަ އިމާރާތެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް މުއިއްޒު

24 ޖުލައި 2026
މަތިމައްޗަށް ފުޓްސެލް ދަނޑުތައް ހުންނަ އިމާރާތެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް މުއިއްޒު
24 ޖުލައި 2026

ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް ހޯދައިދޭން މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް މިދަނީ ތަރައްގީ ކުރަމުން: ރައީސް މުއިއްޒު

24 ޖުލައި 2026
ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް ހޯދައިދޭން މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް މިދަނީ ތަރައްގީ ކުރަމުން: ރައީސް މުއިއްޒު
24 ޖުލައި 2026

އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު

24 ޖުލައި 2026
އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު
24 ޖުލައި 2026

ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު

24 ޖުލައި 2026
ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު
21 ޖުލައި 2026

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

21 ޖުލައި 2026
މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް
21 ޖުލައި 2026

މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ

21 ޖުލައި 2026
މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް