Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒުގެ ސަރުކާރު

މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު

25 ޖުލައި 2026 | ހޮނިހިރު 10:03

ސަރުކާރުން ރިޓަޔަރމަންޓް އުމުރު އިތުރުކުރުމަށްފަހު ޒުވާން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ، ސަރުކާރުގެ ސިޔާސަތުތަކުގައި އެއްވެސް ހަމަޖެހޭ އުސޫލެއް ނެތްކަމަށް މަޖިލިސް މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވި. މި ބަދަލުތަކުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންނަށް އޮތް ފުރުސަތުތައް ހަނިވަމުންދާކަން ފާހަގަކުރައްވައި، ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާކަމަށް އޭނާ ތުހުމަތުކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖުލައި 2026 | ހޮނިހިރު 10:03
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު ޒުވާން މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމަނުޖެހޭ ކަމަށާއި، މިސަރުކާރުގައި ހަމަޖެހޭ އެއްވެސް ސިޔާސަތެއް ނެތްކަން ހާމަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ، ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގައި އެއްވެސް ކަހަލަ އެއްގޮތްކަމެއް ނުވަތަ ހަމަޖެހޭ އުސޫލެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ވަޒީފާއާއި ރިޓަޔަރމަންޓާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ބައެއް ނިންމުންތަކުން އެކަން ހާމަވާ ކަމަށެވެ. 

މެންބަރު ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަނީ ރާއްޖޭގައި މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރުކޮށްފަ އެވެ. މި ބަދަލު ގެނައުމަށްޓަކައި މަޖިލީހުގެ ޗުއްޓީ ތެރޭގައި ވަރަށް އަވަސްއަރުވާލައިގެން ބިލު ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު އޭރުވެސް ބުނީ ތީ މާދަމާ ވަޒީފާއަށް މަޑުކޮށްގެން ތިބޭ އެތައް ކުދިންގެ ވަޒީފާއޭ. އެކަމަކު އެ އުސޫލު ބަދަލުކުރީ މަސައްކަތްކުރާނެ ބައެއް ނެތޭ ބުނެފައި
އަހްމަދު ޝަމްހީދު

މެންބަރު ޝަމްހީދު އިތުރަށް ވިދާޅުވީ، އާންމު އުސޫލަކީ ބަޔަކު ރިޓަޔަރ ކުރުމުން އައު ކުދިންނަށް ވަޒީފާގެ ފުރުސަތު ލިބުން ކަމުގައި ވިޔަސް، މިހާރު ފެންނަނީ އެ ފުރުސަތުތައް ބަންދުވެފައިވާ މަންޒަރު ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ ވާހަކަތަކާއި އަމަލުތައް ދިމާނުވާކަން ފާހަގަކުރައްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، އެއް ދުވަހު މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނާއިރު، އަނެއް ދުވަހު ފެންނަނީ މީހުން ވަޒީފާއިން ވަކިކުރާ މަންޒަރު ކަމަށެވެ. މިކަމަކީ ޑޮލަރުގެ މައްސަލައިގައިވެސް ކަން ހިނގަމުންދާ ފަދައިން، ކޮންމެ ދުވަހަކު ތަފާތު ވާހަކަތަކެއް ދައްކާ އުސޫލެއް ނެތް ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ ސަރުކާރުގެ މިފަދަ ސިޔާސަތުތަކުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ނުކުންނަން ތިބި ޒުވާނުންނަށް އޮތް ފުރުސަތުތައް ހަނިވަމުންދާ ކަމަށާއި، މިއީ އެއްވެސް ކަހަލަ ހަމަޖެހޭ އުސޫލެއްގެ ތެރެއިން ހިނގާ ކަންކަން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ޑރ. އަހްމަދު ޝަމްހީދުރިޓަޔަރމަންޓް އުމުރުމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

25 ޖުލައި 2026

ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް

25 ޖުލައި 2026
ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް
24 ޖުލައި 2026

ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟

24 ޖުލައި 2026
ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
24 ޖުލައި 2026

މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!

24 ޖުލައި 2026
މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!
24 ޖުލައި 2026

ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، ދައުލަތުން ކުރާ އިސްރާފާއި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ފަހު: ޝަމްހީދު

ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް

24 ޖުލައި 2026
ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް
24 ޖުލައި 2026

އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު

24 ޖުލައި 2026
އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު
24 ޖުލައި 2026

ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު

24 ޖުލައި 2026
ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު
21 ޖުލައި 2026

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

21 ޖުލައި 2026
މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް
21 ޖުލައި 2026

މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ

21 ޖުލައި 2026
މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް