Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާއިން ވަކިކުރުން

މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން

25 ޖުލައި 2026 | ހޮނިހިރު 19:26

ފެނަކައިގެ މުވައްޒަފުންގެ ތައުލީމީ ސެޓްފިކެޓާއި ކުށުގެ ރެކޯޑު އަލުން ހުށަހަޅަން އެންގީ، ކުރިން ހުށަހެޅި ލިޔެކިޔުންތައް ނައްތާލުމަށްފަހު މުވައްޒަފުން ވަކިކުރާނެ ބަހަނާއެއް ހޯދުމަށް ކަމަށް ނިޝާން ވިދާޅުވި. އަދި މިއީ ސަރުކާރުން ސިޔާސީ ބޭނުމަށް ނަހަމަ ގޮތުގައި ވަޒީފާ ދިނުމުގެ ނަތީޖާކަމަށް އޭނާ ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 ޖުލައި 2026 | ހޮނިހިރު 19:26
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް | ރާއްޖެއެމްވީ

މި ސަރުކާރުން ދިވެހި ރައްޔިތުންނާއި ދިވެހި މަސައްކަތްތެރިން ލޭބަލް ކުރަމުންދަނީ ކުށްވެރިންގެ ގޮތުގައި ކަމަށާއި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާމެދު އަމަލު ވެސް ކުރަމުންދަނީ އެހެން ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ މިކަން އެންމެ ބޮޑަށް ސާފު ވަނީ މި ސަރުކާރުން ފެނަކަ ކުންފުނީގެ މުވައްޒަފުންނާމެދު ކަންކުރަމުންދާ ގޮތުން ކަމަށެވެ.

ފެނަކަ ކުންފުނި އައިސް އެގޮތް މިގޮތަށް ވާހަކަ އައިސް، މުވައްޒަފުން މަދު ކުރާނެ ވާހަކައާ މުވައްޒަފުންނަށް އަނެއްކަމެއް ކުރާނެ ވާހަކައާ، ފެނަކަ އަށް ލިބޭ އާމްދަނީ އަކުން މުވައްޒަފުންނަށް މުސާރަ ދީފަ ކުންފުންޏަކަށް ކޮޅަކަށް ނުތެދުވެވެއޭ. ފެނަކަ އަށް އެވަރަކަށް އާމްދަނީ އެއް ނުލިބެ އޭ. ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުން ދައްކަމުން އައިސް އެންމެ ފުރަތަމަ އިއުލާނު ކުރީ މުވައްޒަފުންގެ ތައުލީމީ ސެޓްފިކެޓުތައް ފެނަކައިގެ މައި އޮފީހަށް ހުށަހަޅަން. ފެނަކައިގެ ހުރިހާ މުވައްޒަފުންނަށް އެންގި. މި ސަރުކާރު އައިސްފަ މި ސަރުކާރުން ވިސްނީ ކުރީ ސަރުކާރުން ފެނަކައިގެ ވަޒީފާތަކަށް ވައްދާފަ ތިިބޭނީ ޝަރުތު ހަމަނުވާ މީހުންނޭ. ވައްދާ މީހުންނަކީ ކުފޫ ހަމަނުވާ މީހުންނޭ. މި ވިސްނުމުގައި ފެނަކައިގެ ހުރިހާ މުވައްޒަފުންނަށް މި އަންގަނީ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅާށޭ. މި ރާއްޖޭގައި އަބަދުވެސް ވަޒީފާ ދެމުންދިޔައީ ތައުލީމީ ސެޓްފިކެޓް ހުށަހަޅައިގެން
މުހައްމަދު ނިޝާން އިބްރާހީމް

އޭނާ ވިދާޅުވީ ފެނަކައިން ވެސް ވަޒީފާ ދީފައިވަނީ ބަޔާން ކޮށްފައިވާ ޝަރުތުތަކާއި އެހެނިހެން ކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމާއެކު ފެނަކައިގެ އާކައިވްގައި ހުރި މުވައްޒަފުންގެ ތައުލީމީ ސެޓްފިކެޓްތަކަށް ވީ ގޮތެއް ނޭންގި ގެއްލިފައިވާކަމަށް ނިޝާން ވިދާޅުވި އެވެ.

އެ ނައްތާލީ ކަމެއް ނުވަތަ އަންދާލީ ކަމެއް ވެސް ސާފު ނުވޭ. އެއަށް ހެދި ގޮތެއް ނޭންގޭ ނަމަވެސް އެނގޭ ކަމަކީ ހުރިހާ މުވައްޒަފުންނަކީ ވެސް ބޭނުންވާ ލިޔެކިޔުން ހުށަހަޅައިގެން ވަޒީފާ އަށް ނަގާފައިވާ ބައެއް ކަން. އެވަރުން ވެސް ނުވެގެން އެންމެ ފަހުން މުވައްޒަފުން ކަނޑާލެވޭނެ ކޮންމެވެސް ގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ފެށި. އެކަން ކުރުމަށްޓަކައި ކުށުގެ ރެކޯޑު ހޯދުމަށް ސަރކިއުލާ އަކުން މުވައްޒަފުންނަށް އެންގި. މިއީ ވެސް މުވައްޒަފަކު ވަޒީފާ އަށް ނެގުމުގެ ކުރިން އެ ކުންފުންޏަކުން ބަލާ އެއްޗެހި. އެ ތަކެތި ވެސް ނައްތާލީ
މުހައްމަދު ނިޝާން އިބްރާހީމް

ނިޝާން އިތުރަށް ވިދާޅުވީ، މި ހުރިހާ ކަމެއް ކޮށްގެން ވެސް ވަޒީފާ އިން މުވައްޒަފުން ކަނޑާލެވޭނެ ގޮތެއް ސަރުކާރަށް ނުފެނުމުން، މުވައްޒަފުން އަމިއްލަ އަށް ވަޒީފާ އިން ވަކިވުމަށް ވެސް ފުރުސަތު ހުޅުވާލީ ކަމަށެވެ. ނަމަވެސް، އެ ގޮތަށް ވެސް މުވައްޒަފުން ވަޒީފާ ދޫކޮށްލަން ބޭނުން ނުވުމުން، ވަޒީފާއިން ވަކިކުރަން ފެށީ ކަމަށާއި ބައެއް މަގާމުތައް ވެސް އުވާލާ، ކުންފުނިތެރޭގައި އެގޮތް މިގޮތް ހެދީ ކަމަށެވެ. މި ހުރިހާ ކަމަކުން ދޭހަވަނީ މި ސަރުކާރަށް މިއަދު މުވައްޒަފުންނާ ހުރެ އުނދަގޫ ވެގެން އުޅޭ ކަމަށާއި މި ހުރިހާ ކަމަކީ ވެސް މި ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި ނަހަމަ ގޮތުގައި ވަޒީފާ ދިނުމުން ނުކުތް ނަތީޖާ ކަމުގައި ނިޝާން ވިދާޅުވި އެވެ. 

ފެނަކަމުއިއްޒު ސަރުކާރުމުހައްމަދު ނިޝާން އިބްރާހީމް

އިތުރަށް ކިޔާލަން

25 ޖުލައި 2026

ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟

25 ޖުލައި 2026
ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟
25 ޖުލައި 2026

ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

25 ޖުލައި 2026
ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
25 ޖުލައި 2026

މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު

25 ޖުލައި 2026
މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު
25 ޖުލައި 2026

ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް

25 ޖުލައި 2026
ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް
24 ޖުލައި 2026

ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟

24 ޖުލައި 2026
ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
24 ޖުލައި 2026

މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!

24 ޖުލައި 2026
މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!
24 ޖުލައި 2026

ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، ދައުލަތުން ކުރާ އިސްރާފާއި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ފަހު: ޝަމްހީދު

ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް

24 ޖުލައި 2026
ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް
24 ޖުލައި 2026

އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު

24 ޖުލައި 2026
އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް