Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ، ނޫސްވެރިންނަށް ދެއްވި އިންޒާރެއް: ޑީޑީ

27 ޖުލައި 2026 | ހޯމަ 18:25

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް ދީދީ ވިދާޅުވެއްޖެ. ނޫސްވެރިން ކުރާ ސުވާލުތަކާ ގުޅިގެން ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތުން ނޫސްވެރިންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާކަމަށާއި، މިއީ މީޑިއާގެ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 27 ޖުލައި 2026 | ހޯމަ 18:25
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީ

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީ | ރާއްޖެއެމްވީ

ރާއްޖޭގެ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ، ނޫސްވެރިންނަށް ވެދެއްވި އެހީތެރިކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަަމަށާއި، އެއީ ނޫސްވެރިންނަށް ދެއްވި އިންޒާރެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުތަކުން ދޭހަވަނީ، މީޑިއާތަކަށް ބަޖެޓް ހަމަޖައްސައިދިނުމުގެ ބޭނުމަކީ ނޫސްވެރިންނަކީ އެމަނިކުފާނުގެ "ޕޭ ރޯލް" ގައި ތިބި ބަޔަކަށް ހެދުމެވެ. އަދި އެއީ ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުންނާ ހަމައަށް ހަބަރުތައް ގެނެސްދިނުމަށް ނުސީދާކޮށް ކުރިމަތިކުރުވި ފިއްތުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީޑިއާއަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށްވާއިރު މީޑިއާއަށް ދޭންޖެހޭ އެއްބާރުލުމަކީ އެމަނިކުފާނުގެ ހެޔޮފުޅުކަމުން ދެއްވަންޖެހޭ އެއްޗެއް ނޫން ކަމަށް ޑީޑީ ވިދާޅުވި އެވެ.

މީގެ އިތުރުން، ނޫސްވެރިން ކުރާ ސުވާލުތަކާ ގުޅިގެން ރައީސް އަމަލުކުރައްވަމުން ގެންދަވާ ގޮތާމެދު ވެސް ޑީޑީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ވަގުތުން ދައްކާ ޕްރޮގްރާމްތަކުގައި ނޫސްވެރިން ކުރާ ސުވާލުތަކަށް ރައީސް މުއިއްޒު ދެއްވާ ރައްދުތަކަކީ ފަނޑިޔާރެއް ފަދައިން ވަގުތުން ހުކުމް އިއްވައި ފިޔަވަޅު އެޅުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ. މިއީ މީޑިއާގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށާއި، މިކަމުގެ ސަބަބުން ނޫސްވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.

އަމުދުން އަޅުގަނޑުމެންނަށް ފެނިގެން ގޮސްފަ އެބަހުރި ބައެއް ނޫސްވެރިން އެންމެ ސުވާލެއް ކޮށްލީމައި އެ ސުވާލަށް ހުކުމް އިއްވާފައި ލައިވް މީޑިއާގައި ހަމަ ހީވަނީ ފަނޑިޔާރެއްގެ ގޮތުގައި ބަދަލުވެ ވަޑައިގެން ހުންނެވިހެން. ހުކުމް އިއްވާފައި އަނެއް ދުވަހު ޖަލުގެ ކުޑަގޮޅިއަށް ގެންދިޔަ މަންޒަރު ވެސް ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިގެން ގޮސްފައި އެބަހުރި
ޑރ. އިބްރާހީމް ދީދީ

ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލާފައިވާ ކަމަށާއި ނޫސްވެރިންނަށް އެއްވެސް ބިރެއް ނެތި އެ މީހުން ބޭނުންވާ ކޮންމެ ވާހަކައެއް ލިޔެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، ނޫސް މަޖައްލާތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، އެ ނޫސްތަކުން ގެނެސްދޭ ކޮންޓެންޓު ހުއްޓުވޭގޮތަށް ނޫސްތަކާ މެދު ފިޔަވަޅުއެޅުމުގެ އިތުރުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރުމަށް މި ސަރުކާރުން ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި "ކޮންޓްރޯލް" ކޮމިޝަނެއް ވެސް އުފައްދައިފަ އެވެ. އަދި ތެދު ހަބަރާއި ނުވަތަ ދޮގު ހަބަރަކީ ކޮބައިކަން ނިންމުމުގެ ބާރު ވެސް އެ ކޮމިޝަނަށް ފުރިހަމައަށް ވަނީ ލިބިދީފަ އެވެ.

މީގެ އިތުރުން، އަދަދު ނޫހުން ގެނެސްދިން ކޮންޓެންޓަކާ ގުޅިގެން އެ ނޫސް ހިންގަމުންދާ އޮޮފީސް ރެއިޑްކޮށް، އެތަނުގައި ބޭނުންކުރަމުންދިޔަ ސިސްޓަމްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައީ މި ސަރުކާރުގަ އެވެ. އަދި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ޕްރެސް ކޮންފަރެންސްއެއްގައި ރައީސް މުއިއްޒަށް ދެންނެވި ސުވާލެއްގެ ސަބަބުން ރައީސް އޮފީހުން އޭނާ ނެރެލައި، އެ ސުވާލުކުރުމާއި ގުޅިގެން 15 ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށް ވެސް ލިއެވެ. އަދި ހަމަ އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ލިޔުނު ލިޔުމެއްގެ ސަބަބުން އޭނާ ވެސް 10 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާފައިވެ އެވެ.

އިބްރާހިމް ދީދީނޫސްވެރިކަމުގެ މިނިވަންކަންމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

27 ޖުލައި 2026

މި ސަރުކާރުން އެންމެ އާދައިގެ މައުލޫމާތު ވެސް ހާމަކުރަން ބޭނުމެއް ނުވޭ: އެމްޖޭއޭގެ ރައީސް

27 ޖުލައި 2026
މި ސަރުކާރުން އެންމެ އާދައިގެ މައުލޫމާތު ވެސް ހާމަކުރަން ބޭނުމެއް ނުވޭ: އެމްޖޭއޭގެ ރައީސް
27 ޖުލައި 2026

ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް

27 ޖުލައި 2026
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް
27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު
27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު
25 ޖުލައި 2026

މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން

25 ޖުލައި 2026
މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން
25 ޖުލައި 2026

ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟

25 ޖުލައި 2026
ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟
25 ޖުލައި 2026

މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު

25 ޖުލައި 2026
މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު
25 ޖުލައި 2026

ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް

25 ޖުލައި 2026
ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް
24 ޖުލައި 2026

ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟

24 ޖުލައި 2026
ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް