Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއައި

މި ސަރުކާރުން އެންމެ އާދައިގެ މައުލޫމާތު ވެސް ހާމަކުރަން ބޭނުމެއް ނުވޭ: އެމްޖޭއޭގެ ރައީސް

27 ޖުލައި 2026 | ހޯމަ 13:38

ސިޔާސީ މުވައްޒަފުންގެ އަދަދު ފަދަ އަސާސީ މައުލޫމާތުތައް ހާމަނުކޮށް ސަރުކާރުން ހިފަހައްޓަމުންދާތީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން ކެނޑެމުންދާކަމަށް އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފް ވިދާޅުވެއްޖެ. މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ގާއިމުކުރުމުގެ ބަދަލުގައި، ބަޖެޓް ފޮތުންނާއި އާރްޓީއައި މެދުވެރިކޮށް ލިބެންޖެހޭ ތަފުސީލުތައް ފޮރުވަން މަސައްކަތްކުރާކަން އޭނާ ފާހަގަކުރެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 ޖުލައި 2026 | ހޯމަ 13:38
ރާއްޖެޓީވީގެ މިނިވަންދުވަހުގެ ޚާއްސަ ކަވަރޭޖްގައި، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަންގެ ރައީސް އަހުމަދު ނާއިފް ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ މިނިވަންދުވަހުގެ ޚާއްސަ ކަވަރޭޖްގައި، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަންގެ ރައީސް އަހުމަދު ނާއިފް ވާހަކަދައްކަވަނީ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އާދައިގެ މައުލޫމާތު ވެސް ހާމަކުރަން ބޭނުން ނުވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަންގެ ރައީސް އަހުމަދު ނާއިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ މިނިވަން ދުވަހުގެ ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ނާއިފް ވިދާޅުވީ ސަރުކާރުތައް ހިންގަން ވާނި ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގަކީ ސަރުކާރުގެ އެންމެ މުހިއްމު އެއް ވާޖިބެއް ގޮތުގައި ދެކިގެން ކަމަށެވެ. 

ސިޔާސީ މުވައްޒަފުންގެ އަދަދުފަދަ މައުލޫމާތުތައް ހިއްސާ ނުކުރުމާއި ގުޅުވައި ނާއިފް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން މައުލޫމާތު ހާމަކުރަން ބޭނުން ނުވަނީ ވަކި މިންވަރެއްގައި ސިޔާސީ މުވައްޒަފުންގެ އަދަދު ހިފަހައްޓާނެކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު ނުފުއްދެވުމުން ކަމަށެވެ. 

މިހާރު ސިޔާސީ މުވައްޒަފުންގެ އަދަދު އެބޭފުޅުން ފޮރުވާ މިންވަރަކީ ކުރީގައި އެބޭފުޅުން ބަޖެޓް ފޮތުގައި އޮންނާނެ ތާވަލެއް ފަހަތުގައި، ފަހަތުގައި އޮންނާނެ ތާވަލެއް އެ ތާވަލުގައި އޮންނާނެ ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ކުރާ ހަރަދުގެ ބައި، އޭގައި އޮންނާނެ ސިޔާސީ މުވައްޒަފުން، ޔުނީފޯމް ބޯޑީ މުވައްޒަފުން މިވެނި އަދަދަކަށް މުވައްޒަފުން ތިބި، އެމީހުންނަށް މިއަހަރު މިވެނި އަދަދަކަށް ހަރަދުވާނެ މިވެނި މިވެނި ކިޔާފައި އޮންނާނެ، ކޮންޓްރެކްޓް މުވައްޒަފުން މިވެނި އަދަދެއް ކިޔާފައި އޮންނާނެ، ލަފާކުރެމެއް ޖަހާފައި އޮންނާނެ އެ ސޮފަހާ ވެސް އެބައި ފޮރުވަން ވެގެން އުނި ކުރީ
އަހުމަދު ނާއިފް

ރައީސް އޮފީހުން އާރްޓީއައި ޤާނޫނަށް އަމަލު ނުކުރާކަން ފާހަގަކުރައްވައި ނާއިފް ވިދާޅުވީ މިހާރު އާރްޓީއައި ޤާނޫނުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ރައީސް އޮފީހުން އެ ޤާނޫނަށް އަމަލު ކުރުމެއްނެތި ރައީސް މުއިއްޒު ފިނޭންސް މިނިސްޓްރީ އަށް މައުލޫމާތު ހާމަކުރަން އެންގި ކަމުގައި ވިޔަސް އެ މައުލޫމާތެއް ހާމަނުކުރާނެ ކަމަށް ނާއިފް ވިދާޅުވި އެވެ.

ދެން ރައީސް މުއިއްޒު ވިދާޅުވަނީ އާރްޓީއައި ލާން ނުޖެހޭނެ އޭ، ދެން ރަނގަޅުތާ އާރްޓީއައި ލާކަށް ނުޖެހޭނެ އެންނު ދެން، އާރްޓީއައިން މައުލޫމާތު ނުދޭ ވިއްޔާ ދެން ލާނެ ކަމެއް ނެތްތާ، އެހެންވީމާ އެކަހަލަ ސަގާފަތެއް މިހާރު އުފައްދަމުން މިދަނީ
އަހުމަދު ނާއިފް

މީގެއިތުރުން ނާއިފް ވިދާޅުވީ އެއްވެސް ސަރުކާރަކަށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދިނުން މުހިއްމު ކަމަކަށް ނުވާ ކަމަށެވެ.

އެމްޖޭއޭއަޙްމަދު ނާއިފްއާރުޓީއައި ގާނޫނުމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

27 ޖުލައި 2026

ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް

27 ޖުލައި 2026
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް
27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު
27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު
25 ޖުލައި 2026

މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން

25 ޖުލައި 2026
މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން
25 ޖުލައި 2026

ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟

25 ޖުލައި 2026
ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟
25 ޖުލައި 2026

މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު

25 ޖުލައި 2026
މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު
25 ޖުލައި 2026

ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް

25 ޖުލައި 2026
ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް
24 ޖުލައި 2026

ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟

24 ޖުލައި 2026
ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
24 ޖުލައި 2026

މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!

24 ޖުލައި 2026
މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް