Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީސީބީ

ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް، ޕީސީބީ ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި: މެންބަރު މައުރޫފް

27 ޖުލައި 2026 | ހޯމަ 12:25

ރާއްޖޭގެ މިނިވަން މުއައްސަސާތައް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ކަމަށް ވިދާޅުވެ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި. ކުންފުނިތަކަށް ބޭނުންނުވާ ވަރަށް މުވައްޒަފުން އިތުރުކުރިއިރު ޕީސީބީން ފިޔަވަޅު ނާޅާ އޮތުމާއި، ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރާ މައްސަލާގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވި. ވަޒީފާގެ ބިރުވެރިކަން އޮތުމުން ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ އަޅުވެތިކަމަކާ ދިމާލަށް ކަމަށްވެސް މައުރޫފް ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖުލައި 2026 | ހޯމަ 12:25
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ | މަޖިލިސް

ދިވެހިރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް ކަމަށާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ވެސް އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހާ ގުޅިގެން ރާއްޖެޓީވީން ގެނެސްދިން ''މިނިވަންކަމުން އަޅުވެތިކަމަށް'' ޚާއްސަ ކަވަރޭޖްގައި މެންބަރު މައުރޫފް ވަނީ ރާއްޖޭގައި މިނިވަންކަމާއެކު މަސައްކަތްކުރާ އެއްވެސް މުއައްސަސާއެއް މިހާރު ހުރި ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އޭނާ ވިދާޅުވީ ރައީސް ޑރ. މުއިއްޒަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތުމުން، ހުރިހާ ތަނެއް އޮތީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.

ޕީސީބީއަށް އެންމެ ފަހުން އައްޔަންކުރެވުނު މެންބަރުންނާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، އެ ބޭފުޅުންގެ ތައުލީމީ ގާބިލުކަމާ މެދު ސުވާލު ނުއުފައްދާ ކަމަށެވެ. ނަމަވެސް، ވަޒީފާގެ މަޖުބޫރުކަން އޮތް މިންވަރުން، އެހެން މުވައްޒަފުންގެ ހައްގުތައް ނިގުޅައިގަންނަ ފަދަ އުސޫލުތައް ކަނޑައަޅަން އެ ބޭފުޅުންނަށް މަޖުބޫރުވަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭގޮތުން ޕީސީބީން ފިޔަވަޅު އަޅާއިރު، ކުންފުނިތަކަށް ބޭނުންނުވާ ވަރަށް މުވައްޒަފުން އިތުރުކުރަމުންދިޔަ ވަގުތު ޕީސީބީން އެކަން ހުއްޓުވަން މަސައްކަތް ނުކުރި ސަބަބާ ގުޅޭގޮތުން މެންބަރު މައުރޫފް ވަނީ ސުވާލު އުފައްދަވާފަ އެވެ. 

ޕީސީބީއަށް ބުނެވިދާނެ، ޕީސީބީގެ މެންޑޭޓް އޮންނަގޮތުން، ކުންފުންޏެއްގެ މާލީ ހާލަތު ގޯސްވީމާ، ކުންފުނިން އެޅިދާނެ ފިޔަވަޅުތައް. ޕީސީބީއަށް ބުނެވިދާނެ އެހެންނަމަވެސް، އެ ކުންފުންޏަކުން އެގޮތަށް އަމަލުކުރުމާއި ނުކުރުމަކީ އަނެއްކާވެސް އެ ކުންފުންޏެއްގެ ރެސްޕޮންސް ޒިންމާގެ ދަށުގައި އޮތް ކަމެއް. މީގެ އެންމެ ހަމަނުޖެހޭ ނުވަތަ ދެކޮޅުނުޖެހޭ ކަމަކީ، ކުންފުންޏަކުން މުވައްޒަފުން ހަޔާކުރަމުން، އިންތިހާއަށް ނަގަމުން، ކުންފުންޏަށް ބޭނުން ނުވާވަރަށް ނަގަމުންދިޔަ ވަގުތުގައި ޕީސީބީ ކީއްތޯ ކުރީ؟ ތިޔަ ކޮށްގެންވާނެ ކަމެއް ނޫނޭ ޕީސީބީ އަށް ކީއްވެތޯ ނުބުނެވުނީ؟
މައުރޫފް ޒާކިރު

ފެނަކަ ފަދަ ކުންފުނިތަކަކީ ރައްޔިތުންގެ ފައިސާއިން ހިންގާ ތަންތަންކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެއްވެސް ދިވެހި ރައްޔިތެއްގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ވަޒީފާއިން ވަކިކޮށް ބިކަކޮށްލުމަކީ މީގެ އެތައް ޒަމާނެއް ކުރީގެ އުސޫލެއް ކަމަށް ވެސް ވިދާޅުވި އެވެ.

މެންބަރު މައުރޫފް އިތުރަށް ވިދާޅުވީ، ވަޒީފާގެ މިނިވަންކަން ނެތް ގައުމެއްގައި ހަގީގީ މިނިވަން ކަމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އެންމެ ފުރަތަމަ މަސައްކަތް ކުރަނީ އާއިލާގެ ބަނޑުފުރާ މުއްތިކުރުމަށް ކަމަށްވާއިރު، މިހާރު ރާއްޖެ މިދަނީ އަޅުވެތިކަމަކާ ދިމާލަށް ކަމަށް ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)މައުރޫފް ޒާކިރުމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

27 ޖުލައި 2026

މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރަމުންގޮސް، މާދަމާއަށް ޖަލްސާއެއް ތާވަލުކޮށްފި، އެޖެންޑާގެ އެއްވަނައިގައި އޮތީ ބޭރުގެ މަންދޫބަކު އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލައެއް

ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު އަޅުވެތި ކުރުމަށް މި ސަރުކާރުން އަޅުވަމުންދާ ތަޅުތައް ނެއްޓުމަށްޓަކައި، އެ ނިޒާމުގެ ފައިދާތައް ރައްޔިތުންނަށް އެނގެންޖެހޭ: ނިޔާޒު
27 ޖުލައި 2026

ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު

27 ޖުލައި 2026
ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލިކަމުގެ ޗެންޕިއަންކަން ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ، އެއީ ސުވާލެއް ވެސް ނެތް ކަމެއް: ނިޔާޒު
26 ޖުލައި 2026

މިއަދު މި ފެންނަނީ ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން: މެންބަރު މައުރޫފް

26 ޖުލައި 2026
މިއަދު މި ފެންނަނީ ނުބައި ނުލަފާ ވެރިޔެއްގެ ކިބައިން ރައްޔިތުންނަށް ކުރިމަތިވާނެ ކަންކަން: މެންބަރު މައުރޫފް
25 ޖުލައި 2026

މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން

25 ޖުލައި 2026
މި ސަރުކާރުން ދިވެހި ރައްޔިތުން ލޭބަލް ކުރަނީ ކުށްވެރިން ގޮތުގައި، ސަރުކާރު މުވައްޒަފުންނާމެދު އަމަލު ވެސް ކުރަނީ އެހެން: ނިޝާން
25 ޖުލައި 2026

ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟

25 ޖުލައި 2026
ފިރިމީހާ ޚަރަދުކޮށްދޭތީ ކޮންމެ ދުވަހަކު ތޭންކްސް ބުނަންވީތަ؟
25 ޖުލައި 2026

މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު

25 ޖުލައި 2026
މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު
25 ޖުލައި 2026

ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް

25 ޖުލައި 2026
ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް
24 ޖުލައި 2026

ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟

24 ޖުލައި 2026
ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް