Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާއިން ވަކިކުރުން

ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް މިސަރުކާރުން ގަބޫލުކުރޭ: ހަސަން ލަތީފް

25 ޖުލައި 2026 | ހޮނިހިރު 08:57

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މަދުކުރަން ޕީސީބީން ނިންމުމާ ގުޅިގެން، އެކަމުގައި އެއްވެސް ހަމަޖެހޭ އުސޫލެއް ނެތް ކަމަށް ވިދާޅުވެ ހަސަން ލަތީފް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. މި ބަދަލާއެކު ކުންފުނިތަކުގައި ބާކީ ތިބޭނެ އަދަދަކީ ކުރީ ސަރުކާރު ނިމުނުއިރު ތިބި މިންވަރު ކަމަށްވާތީ، މި ސަރުކާރުން އެއްބަސްވަނީ ކުރީގެ އަދަދުތަކަކީ "ރައިޓް ސައިޒް" ކަމަށް އޭނާ ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖުލައި 2026 | ހޮނިހިރު 08:57
ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް ވާހަކަ ދައްކަވަނީ

ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ތިބީ ރައިޓް ސައިޒްގައި ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަބޫލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ހަސަން ލަތީފް ވަނީ މިސަރުކާރުން މުވައްޒަފުން ކަނޑަމުން ގެންދާތީ ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ކުންފުނިތައް "ރައިޓް ސައިޒް" ކުރާނެ ކަމަށް ބުނާއިރު، އެއީ ކޮން މިންގަނޑަކުން ކަނޑައަޅާ ކަމެއްކަން ސާފުނުވާ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ޖުމްލަ 44,645 މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން މުވައްޒަފުންގެ 33 އިންސައްތަ އުނިކުރަން އުޅޭ ކަމަށް ބެލެވޭއިރު، އެއީ ގާތްގަނޑަކަށް 14,700 މުވައްޒަފުން ކަމަށެވެ. އެ އަދަދު އުނިކުރުމުން ކުންފުނިތަކުގައި ބާކީ ތިބޭނީ ގާތްގަނޑަކަށް 30,000 މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ކުންފުނިތަކުގައި ތިބީ 30,000 އެއްހާ މުވައްޒަފުން ކަމަށާއި، އޭރު އެ އަދަދު ގިނަވެގެން މިހާރުގެ ސަރުކާރުގެ އިސްވެރިން ވާހަކަދެއްކެވި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރު ނިމުނުއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބީ ގާތްގަނޑަކަށް 30،000 މުވައްޒަފުން. އެހެންވީމާ، ނިޒާރާ، ޑރ. މުއިއްޒު އެ ވިދާޅުވަނީތޯއޭ، އެމްޑީޕީ ސަރުކާރު ނިމުނުއިރު އެއޮތީ ރައިޓް ސައިޒުގައޭ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު. އެހެއްނުންތޯ އެ ވިދާޅުވަނީ. ކީއްވެތޯ 40 ޕަސެންޓް ކަނޑާނުލާ މިއޮތީ. އޭރު މަދުން އޮންނަންޖެހޭ ކަމަށް އެ ބޭފުޅުން ވާހަކަ ދެއްކެވީ. އޭރު ތަކުރާރުކޮށް އެ ބޭފުޅުން ދައްކަވަމުން ގެންދެވި ވާހަކައެއް އެއީ. އެމްޑީޕީގެ ސަރުކާރުގައި ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުންގެ އަދަދު މާގިނައޭ. އެހެންނަމަވެސް، މި ބޭފުޅުން ހިސާބަށް ޖައްސަވާ ބެއްލެވިއިރު، އޮންނަންޖެހޭ ރައިޓް ސައިޒް ކަމަށް އެބަ ވިދާޅުވޭ. ޑރ.މުއިއްޒު އިނގޭތޯ؟ ޑރ. މުއިއްޒު. އަޅުގަނޑު އެހެން މި ދަންނަވާ ސަބަބަކީ ޕީސީބީން އެހެން ނިންމީމަ ޑރ.މުއިއްޒު އެ އަންގަވަނީ އެކަން ކުރައްވަމުން އެހެންނޫންތޯ؟ 
ހަސަން ލަތީފް

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ދައްކާ ވާހަކަތަކާއި އަމަލުތަކާ ދެކޮޅުނުޖެހޭ ކަމަށާއި، މުވައްޒަފުން ވަކިކުރުމަށް ކުރާ މަސައްކަތުގައި އެއްވެސް ހަމަޖެހޭ އުސޫލެއް ނެތް ކަމަށެވެ. 

ސަރުކާރުގެ ހަރަަދު އިންތިހާއަށް ބޮޑުވުމާއި ގުޅިގެން 3 މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ އަށް ކުޑަ ކުރުމަށް ޕީސީބީން ސަރުކާރަށް ވަނީ އަންގާފަ އެވެ. 

ޕީސީބީހަސަން ލަތީފްމުއިއްޒު ސަރުކާރުސޯލިހު ސަރުކާރު

އިތުރަށް ކިޔާލަން

24 ޖުލައި 2026

ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟

24 ޖުލައި 2026
ރައީސް މުއިއްޒެވެ. ޒުވާނުންނަށް ކުޅިވަރު ވެސް ކުޅެވޭނީ އަނގަޔާއި އަތާދިމާވެގެން ނޫން ހެއްޔެވެ؟
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
24 ޖުލައި 2026

މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!

24 ޖުލައި 2026
މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!
24 ޖުލައި 2026

ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، ދައުލަތުން ކުރާ އިސްރާފާއި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ފަހު: ޝަމްހީދު

ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް

24 ޖުލައި 2026
ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ހުރިހާ މަގެއް މި ސަރުކާރުން ވަނީ ބަންދުކޮށްފައި: ހަސަން ލަތީފް
24 ޖުލައި 2026

އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު

24 ޖުލައި 2026
އިގުތިސާދީ ކާރިސާއެއް ނެތް މިއުޅެނީ ހިންގަން ނޭންގިގެން: ރިޔާޒް މަންސޫރު
24 ޖުލައި 2026

ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު

24 ޖުލައި 2026
ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު
22 ޖުލައި 2026

މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް: އާސިފް

22 ޖުލައި 2026
މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް: އާސިފް
21 ޖުލައި 2026

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

21 ޖުލައި 2026
މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް
21 ޖުލައި 2026

މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ

21 ޖުލައި 2026
މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް