Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލިފާނުގެ ހާދިސާ

ފްރާންސާއި ސްޕެއިންގައި ފެތުރެމުންދާ އަލިފާނުގެ ސަބަބުން 220،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި

25 ޖުލައި 2026 | ހޮނިހިރު 05:17

ފްރާންސާއި ސްޕެއިންގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ ވަރުގަދަ އަލިފާންގަނޑުތައް ކޮންޓްރޯލުން ނެއްޓި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދެ ގައުމުން 220،000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރުން ބަދަލުކޮށްފަ. މި ހާދިސާތަކާ ގުޅިގެން ސްޕެއިންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ފްރާންސްގެ ރައީސް ވަނީ އަލިފާން ނިއްވުމުގެ މަސައްކަތަށް އަސްކަރިއްޔާ ނެރުއްވާފައި. ބާރުގަދަ ވަޔާއި ހޫނުގަދަވުމުގެ ސަބަބުން އަލިފާންގަނޑުތައް ހަލުވިކަމާއެކު ފެތުރެމުންދާތީ، މިއީ ތާރީޚީ ގޮތުން ކުރިމަތިވި އެންމެ ނުރައްކާތެރި ހާލަތު ކަމަށް އޮފިޝަލުން ސިފަކުރޭ

ރާއްޖެ އެމްވީ | 25 ޖުލައި 2026 | ހޮނިހިރު 05:17

ސްޕެއިންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެ ގައުމުގެ ސަރަހައްދީ އިދާރާތަކަށް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް އަލިފާންގަނޑު ފެތުރެމުންދާތީ، ހާލަތުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި އެހީތެރިކަމަށް އެދިފައި | ސޯޝަލް މީޑިއާ

ފްރާންސާއި ސްޕެއިންގައި ރޯވެފައިވާ ވަރުގަދަ އަލިފާންގަނޑުތަކުގެ ސަބަބުން 220،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި އެވެ.

ފްރާންސްގެ ބޯޑޯ ސަރަހައްދުން ގާތްގަނޑަކަށް 60،000 މީހުން ގެދޮރު ދޫކޮށް ދިއުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަމުރުކޮށްފައެވެ. މިއާއެކު ފްރާންސާއި ސްޕެއިންގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ނުރައްކާ އޮތް ސަރަހައްދުތަކުން ފޭބުމަށް އެންގި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 220،000 އަށްވުރެ މައްޗަށް އަރާފަ އެވެ.

ފްރާންސްގެ ހުޅަނގު ދެކުނުގެ ސަރަހައްދުތައް ކަމަށްވާ ޖިރޮންޑޭ އަދި ލޭންޑްސް ރީޖަނުން ގާތްގަނޑަކަށް 200،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެ ގައުމުގެ އަސްކަރިއްޔާ ނެރުއްވާފަ އެވެ.

މީގެ އިތުރުން، ސްޕެއިންގެ ވެރިރަށް މެޑްރިޑް ކައިރީގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުން މިހާރު އޮތީ އަލިފާން ނިއްވާ މީހުންގެ ގާބިލިއްޔަތަށްވުރެ މަތީގައި ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ އިންޒާރު ދެއްވާފަ އެވެ. މިއީ މެޑްރިޑްގެ ހުޅަނގުން ރޯވި ތިން އަލިފާންގަނޑެއް އެކުވެ، އެއް އަލިފާންގަނޑަކަށް ބަދަލުވުމާ ގުޅިގެން ކުރިމަތިވި ހާލަތެކެވެ.

ސްޕެއިންގެ ސަރުކާރުން މިހާރު ވަނީ ގައުމީ ފެންވަރުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި 25،000 މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގާފައިވާއިރު، ގާތްގަނޑަކަށް 40،000 މީހުން ގޭގައި މަޑުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މެޑްރިޑްގެ ރީޖަނަލް ޕްރެޒިޑެންޓް އިސަބެލް ޑިއާޒް އަޔޫސޯ މި ހާދިސާ ސިފަކުރެއްވީ އެ ސަރަހައްދުގެ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ މިއީ މަތީ ހޫނުމިނާއި، ބާރުގަދަ ވަޔާއި، އަލިފާންގަނޑުތައް އެކުވުމުގެ ސަބަބުން ކުރިމަތިވި ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށެވެ.

ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އަލިފާންގަނޑު މިހާރު ދަނީ ވެރިރަށް މެޑްރިޑާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ރޮބްލެޑޯ ޑި ޗަވޭލާ އަދި ފްރެސްނެޑިލާސް ޑި ލަ އޮލީވިއާ ފަދަ އަވަށްތަކާ ދިމާލަށް ފެތުރެމުންނެވެ.

މެޑްރިޑްގެ ރީޖަނަލް ގަވަރުމަންޓްގެ އިމަޖެންސީ މެނޭޖްމަންޓް ޗީފް ކާލޮސް ނޮވިލޯ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލިފާންގަނޑު މިހާރު ހުރީ އޭގެ އެންމެ ނުރައްކާތެރި މަރުހަލާގައި ކަމަށާއި، އެއީ އަލިފާން ނިއްވާ މީހުންނަށް ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ބޮޑު އަލިފާންގަނޑެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ސަރަހައްދުގައި އަލިފާނާ ކުރިމަތިލުމަކީ މިވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެހެންކަމުން މިހާރު އަޅަމުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމަށެވެ.

އަލިފާންގަނޑު ފެތުރުން ހުއްޓުވުމަށްޓަކައި މިލިޓަރީ އިމަޖެންސީ ޔުނިޓް (ޔޫ.އެމް.އީ) މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ. އެ ޔުނިޓްގެ މައިގަނޑު އަމާޒަކީ އެލް އެސްކޯރިއަލް އަވަށާ ގާތަށް އަލިފާންގަނޑު ދިޔަ ނުދީ ހިފެހެއްޓުމެވެ.

މީގެ އިތުރުން، ކައިރީގައި އޮތް އަވިލާ ޕްރޮވިންސްގައި ރޯވެފައިވާ ވަކި އަލިފާންގަނޑެއްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ މޮނިޓަރު ކުރަމުންނެވެ. އޮފިޝަލުން ބިރުގަންނަނީ ބާގޯހޮންޑޯގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑު މެޑްރިޑްގެ އަލިފާންގަނޑާ އެކުވެދާނެތީ އެވެ.

ސްޕެއިންގެ އިންޓީރިއާ މިނިސްޓަރު ފެނާންޑޯ ގްރާންޑޭ-މާލާސްކާ ވިދާޅުވީ މި ދެ އަލިފާންގަނޑު އެކުވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

މެޑްރިޑްގައި ހުންނަވާ ސަރުކާރުގެ މަންދޫބު ފްރެންސިސްކޯ މާޓިން އިންޒާރު ދެއްވި ގޮތުގައި، އަލިފާނުގެ ކަނިތައް އެތައް މޭލަކަށް ބުރަމުންދާތީއާއި އަލިފާންގަނޑު ދުރު ހިސާބުތަކަށް ފުންމަމުންދާތީ، އަލިފާނުގެ އަސަރުކުރާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ސްޕެއިންގެ އޮފިޝަލުން ހާމަކުރި ގޮތުގައި މެޑްރިޑް ސަރަހައްދުން މިހާތަނަށް 6،000 ހެކްޓަރުގެ ބިން ވަނީ އަނދާފައެވެ. އަދި އަވިލާގައި ރޯވި އަލިފާނުގައި ގާތްގަނޑަކަށް 9،000 ހެކްޓަރުގެ ބިން ވަނީ އަޅިއަށް ވެފަ އެވެ.

މި ހާދިސާއާ ގުޅިގެން އަށް އަވަށަކުން މީހުން ހުސްކޮށްފައިވެއެވެ. 

މީގެ އިތުރުން ބައެއް އެހެން ރަށްތައް އަދިވެސް އޮތީ ލޮކްޑައުންގަ އެވެ.

ފަރަންސޭސިވިލާތުގެ ހުޅަނގު ދެކުނުގެ ޖިރޮންޑް އަދި ލޭންޑްސް ސަރަހައްދުގައި ފެތުރޭ ވަރުގަދަ އަލިފާންގަނޑުތަކުގެ ސަބަބުން އެ ސަރަހައްދުތަކުން ގާތްގަނޑަކަށް 200،000 މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ބޯޑޯ ސަރަހައްދާ ކައިރީގައި އޮންނަ ހަތަރު ރަށަކުން މީހުން ހުސްކޮށްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.  މި ހަތަރު ރަށުގައި ޖުމްލަ 58،400 މީހުން ދިރިއުޅެއެވެ.

ޖިރޮންޑް ސަރަހައްދުގެ ޕްރިފެކްޓް ސޯފީ ބްރޮކާސް "އެކްސްއެކްސްއެލް" ނުވަތަ އާދަޔާ ހިލާފު ބޮޑު އަލިފާންގަނޑެއްގެ ގޮތުގައި ސިފަކުރެއްވި މި އަލިފާންގަނޑުގައި މިހާތަނަށް 19،000 ހެކްޓަރު (46،000 އޭކަރު) ގެ ޖަންގަލި ވަނީ އަނދާފަ އެވެ. އަދި މި ހާދިސާގައި 80 އެއްހާ ގެ ވަނީ ސުންނާފަތިވެފަ އެވެ.

ފަރަންސޭސިވިލާތުގެ ހުޅަނގު ދެކުނު އައްސޭރިފަށުގައި އޮންނަ، ފަތުރުވެރިންގެ މެދުގައި މަގުބޫލު ކެޕް ފެރޭ ޕެނިންސިއުލާގެ ހުރިހާ ސަރަހައްދަކުން މީހުން ހުސްކުރުމަށް އޮފިޝަލުން ވަނީ އަންގާފަ އެވެ. އަލިފާންގަނޑު އެ ސަރަހައްދަށް ފެތުރުމާ ގުޅިގެން، އެތައް ސަތޭކަ ބަޔަކު ވަނީ ކަނޑުމަގުން ބޯޓުފަހަރުގައި އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

ފަޔަރ އެންޑް ރެސްކިއު ޗީފް މާކް ވާމިއުލެން ވިދާޅުވި ގޮތުގައި، 2022 ވަނަ އަހަރު އެ ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކަށްވުރެ މިފަހަރުގެ ހާލަތު މާ ނުރައްކަލެވެ. އަދި ބޮޑު ސަރަހައްދަކަށް ހަނަފަސްކަން ކުރިމަތިވެފައިވުމުގެ ސަބަބުން، ރޭގަނޑުގެ ވަގުތުތަކުގައިވެސް އަލިފާންގަނޑު ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ފަރަންސޭސިވިލާތުގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް އެ ގައުމުގެ ޓީއެފް1 ބްރޯޑްކާސްޓަރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާ ބޮޑު އަލިފާންގަނޑެއް މީގެ ކުރިން ފެނިފައިނުވާ ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު 50 އެއްހާ ފަޔަރ ފައިޓަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަސްދަރު: ބީބީސީ

ފްރާންސްސްޕެއިންޖަންގަލީގައި ރޯވުން

އިތުރަށް ކިޔާލަން

21 ޖުލައި 2026

ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން

21 ޖުލައި 2026
ސްޕެއިން އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާ އާއި އިސްރާއީލްއާ ދެކޮޅަށް ތިބި ރައްޔިތުންނަށް ލިބުނު އުފަލެއް: އީރާން
21 ޖުލައި 2026

ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި

21 ޖުލައި 2026
ވޯލްޑް ކަޕް ފައިނަލް މެޗު ނިމުމާއެކު އާޖެންޓިނާގެ ޓީމުން ދަނޑުމަތީގައި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަން ފީފާ އިން ޕްރޮސެކިއުޓަރަކު އައްޔަނު ކޮށްފި
21 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އުފާފާޅުކުރުން ފުލުހުން ލައްވައި މާކުރިން ކޮންޓްރޯލު ކުރުމަށްފަހު ސްޕެއިންގެ ކާމިޔާބީ މުޅި ރާއްޖޭގައި ވަނީ ވަރަށް އުފަލާއެކު ފާހަގަކޮށްފައި ކަމަށް އެ ގައުމުގެ ވެރިންނަށް ފޮނުވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ

21 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އުފާފާޅުކުރުން ފުލުހުން ލައްވައި މާކުރިން ކޮންޓްރޯލު ކުރުމަށްފަހު ސްޕެއިންގެ ކާމިޔާބީ މުޅި ރާއްޖޭގައި ވަނީ ވަރަށް އުފަލާއެކު ފާހަގަކޮށްފައި ކަމަށް އެ ގައުމުގެ ވެރިންނަށް ފޮނުވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ
20 ޖުލައި 2026

ސްޕެއިންގެ ކާމިޔާބަށް ފުއެންޓޭގެ ތައުރީފު، ކާމިޔާބުގެ ސިއްރަކީ އެކުވެރިކަމާއި އެއްބައިވަންތަކަން!

20 ޖުލައި 2026
ސްޕެއިންގެ ކާމިޔާބަށް ފުއެންޓޭގެ ތައުރީފު، ކާމިޔާބުގެ ސިއްރަކީ އެކުވެރިކަމާއި އެއްބައިވަންތަކަން!
20 ޖުލައި 2026

ފަސް އަހަރުގެ ތެރޭގައި ސްޕެއިން އިން ފުޓުބޯޅައިގެ 16 ތަށި، އެއީ ގަދަ ބާރެއް!

20 ޖުލައި 2026
ފަސް އަހަރުގެ ތެރޭގައި ސްޕެއިން އިން ފުޓުބޯޅައިގެ 16 ތަށި، އެއީ ގަދަ ބާރެއް!
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ގޯލްކީޕަރު ސްޕެއިންގެ އުނާއީ ސިމޯން އަށް ގޯލްޑަން ގްލޯވް އިނާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ގޯލްކީޕަރު ސްޕެއިންގެ އުނާއީ ސިމޯން އަށް ގޯލްޑަން ގްލޯވް އިނާމު ލިބިއްޖެ
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެންމެ މޮޅު ކުޅުންތެރިޔާ ސްޕެއިންގެ ރޮޑްރީ އަށް ގޯލްޑަން ބޯލް ގެ އިނާމު
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - އެމްބާޕޭ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ރަން ބޫޓު ކާމިޔާބުކޮށްފި

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - އެމްބާޕޭ ދެވަނަ ފަހަރަށް ވޯލްޑް ކަޕް ރަން ބޫޓު ކާމިޔާބުކޮށްފި
20 ޖުލައި 2026

ޒުވާން އަދި ބަދަހި ސްޕެއިން ޓީމުން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރި ގޮތް

20 ޖުލައި 2026
ޒުވާން އަދި ބަދަހި ސްޕެއިން ޓީމުން ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރި ގޮތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް