Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ ކުންފުނި

މިސަރުކާރުގައި ފެނަކައިގެ މައްޗަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައި އޮއްވައި، މިދިޔަ ސަރުކާރުގެ މައްސަލަތައް ބަލައިދޭން އެދުމަށް މަޖިލީހުން ފާސްކޮށްފި

28 ޖުލައި 2026 | އަންގާރަ 08:16

ފެނަކައިން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގެ އޮޑިޓް ރިޕޯޓުން ފާހަގަވި ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ މައްސަލަތައް ތަހުގީގުކުރަން ފުލުހުންނަށާއި އޭސީސީއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި. މި މައްސަލައިގައި އޭރުގެ ބޯޑު މެންބަރުންނާއި ޒިންމާވާންޖެހޭ ފަރާތްތައް ހޯދުމަށް މާލިއްޔަތު ކޮމިޓީން ނިންމާފައިވާއިރު، ފެނަކައަށް ބޮޑެތި ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާކަން އޮޑިޓުން ވަނީ ހާމަވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ޖުލައި 2026 | އަންގާރަ 08:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން | ރާއްޖެއެމްވީ

އައްޑޫ ސިޓީ ގައި ފެނަކާ ކޯޕަރޭޝަން ލިމިޓެޑް އިން ހިންގި މަޝްރޫއުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ބަލައި، އެކަމުގައި މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ނިންމުން މަޖިލީހުން ފާސްކޮށްފި އެވެ.

އެ ނިންމުން ފާސްކޮށްފައިވަނީ އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގަ އެވެ.

މާލިއްޔަތު ކޮމިޓީން ތަހުގީގުތައް ހިންގުމަށް އެދެން ނިންމީ ފެނަކައިން އައްޑޫގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހުގައެވެ.  އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އައްޑޫގެ ފެނަކަ ބްރާންޗުން މަޝްރޫއުތައް ހިންގީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް ކަމަށާއި އަދި ކަރަންޓާއި ފެން ބިލްތަކުން ވެސް 77 މިލިއަން ރުފިޔާ ނުލިބި އެބައޮތެވެ.

އޭރު މަޝްރޫއުތައް ހިންގިއިރު ހުންނެވި ބޯޑް އޮފް ޑިރެކްޓަރުނާއި ފައިސާއަށް ހިޔާނަތްތެރިވެފައިވާ ފަރާތްތަށް ހޯދައި، އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންނަށާއި ފުލުހުންނަށް އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. 

އަންގާރަ ދުވަހުގެ ޖަލްސާގައި މާލީއްޔަތު ކޮމިޓީން ކޮމިޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން  53 މެންބަރުންގެ ވޯޓާއެކު ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ. 

މިދިޔަ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް މަޖިލީހުން މަސައްކަތް ކުރަމުންދާއިރު، މި ހިނގަމުންދާ ސަރުކާރުގައި ފެނަކައާއި ސަރުކާރުގެ އެހެނިހެން ކުންފުނިތަކާ ގުޅޭ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާއިރު، ތަހުގީގީ އިދާރާތަކަށް ހުށަހެޅިފައިވާ މައްސަލަތައްވެސް ކުރިއަކަށް ނުދެއެވެ. އަދި މަޖިލީހަށް ހުށަހެޅޭ މައްސަލަތައްވެސް ސަރުކާރުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ގެންދަނީ ބޭރު ކުރަމުންނެވެެ. 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްމާލިއްޔަތު ކޮމިޓީކަރަޕްޝަން

އިތުރަށް ކިޔާލަން

26 ޖުލައި 2026

"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް

26 ޖުލައި 2026
"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް
20 ޖުލައި 2026

އުތުރުގެ ރަށަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ޒުވާނަކު ވަޒީފާއިން ވަކިކޮށްފި

20 ޖުލައި 2026
އުތުރުގެ ރަށަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ޒުވާނަކު ވަޒީފާއިން ވަކިކޮށްފި
16 ޖުލައި 2026

ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު

16 ޖުލައި 2026
ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު
11 ޖުލައި 2026

ރައީސް އޮފީހަށް ނޭގި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް، ސިވިލް ސާވިސް މުވައްޒަފުންނާއެކު ފޭކު އޮފީހެއް ނައިޖީރިއާގައި ހިންގީ ކިހިނެއް؟

11 ޖުލައި 2026
ރައީސް އޮފީހަށް ނޭގި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް، ސިވިލް ސާވިސް މުވައްޒަފުންނާއެކު ފޭކު އޮފީހެއް ނައިޖީރިއާގައި ހިންގީ ކިހިނެއް؟
07 ޖުލައި 2026

ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ 8 މިލިއަން ރުފިޔާ ހޯދި ކަމުގެ ތުހުމަތުގައި ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރަކު މަގާމުން ވަކިކޮށްފި

07 ޖުލައި 2026
ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ 8 މިލިއަން ރުފިޔާ ހޯދި ކަމުގެ ތުހުމަތުގައި ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރަކު މަގާމުން ވަކިކޮށްފި
07 ޖުލައި 2026

325 މިލިއަން ޑޮލަރު ރިޝވަތުގެ މައްސަލައިގައި ޗައިނާގެ ކުރީގެ އޮފިޝަލަކަށް މަރުގެ ހުކުމް އިއްވައިފި

07 ޖުލައި 2026
325 މިލިއަން ޑޮލަރު ރިޝވަތުގެ މައްސަލައިގައި ޗައިނާގެ ކުރީގެ އޮފިޝަލަކަށް މަރުގެ ހުކުމް އިއްވައިފި
04 ޖުލައި 2026

ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!

04 ޖުލައި 2026
ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!
30 ޖޫން 2026

ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

28 ޖޫން 2026

ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ

28 ޖޫން 2026
ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ
28 ޖޫން 2026

އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި

28 ޖޫން 2026
އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް