Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ ކޯޕަރޭޝަން ލިމިޓެޑް

އުތުރުގެ ރަށަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ޒުވާނަކު ވަޒީފާއިން ވަކިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ޒުވާނަކު ފެނަކައިގެ ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ ޒުވާނާއަށް އަލުން ވަޒީފާ ހަމަޖައްސައިދިނުމަށް ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ސަރުކާރަށް ގޮވާލައްވައިފި. ރަށުގައި ދިމާވި ބުލީކުރުމުގެ މައްސަލަތަކާ ހެދި ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އާއިލާ މާލެއަށް ބަދަލުވުމުން، މާލޭ އޮފީހުން ޖާގަ ނެތް ކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖުލައި 2026 | ހޯމަ 08:44
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. އިންތިޚާބުތަކާ ދިމާކޮށް ގިނަ ބަޔަކަށް ސިޔާސީ ގޮތުން ވަަޒީފާ ހަމަޖައްސާދީފައިވޭ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. އިންތިޚާބުތަކާ ދިމާކޮށް ގިނަ ބަޔަކަށް ސިޔާސީ ގޮތުން ވަަޒީފާ ހަމަޖައްސާދީފައިވޭ. | ކޯޕަރޭޓް މޯލްޑިވެސް

އުތުރުގެ ރަށަކަށް ނިސްބަތްވާ ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ޒުވާނަކު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޖެންޑަރ މިނިސްޓްރީން ދޭ "ރިވެލި އެވޯޑު" ވެސް ހާސިލުކޮށްފައިވާ ޒުވާނެއްކަން ފާހަގަކުރައްވައި ހޯމަ ދުވަހު އެކްސްގައި އިފްހާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން އެޒުވާނާ ވަޒީފާ އަދާކުރަމުން ދިޔައީ ފެނަކައިގެ ރަށު އޮފީހުގައި ކަމަށެވެ.

ނަމަވެސް، ރަށު ތެރޭގައި ކުރިމަތިވި ބުލީކުރުމުގެ މައްސަލަތަކުގެ ސަބަބުން އެ ޒުވާނާގެ ނަފްސާނީ ހާލަތު ގޯސްވެ، އާއިލާއަށް ޖެހުނީ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި މާލެއަށް ދިރިއުޅުން ބަދަލުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. 

އާއިލާ މާލެއަށް ބަދަލުވުމާ ގުޅިގެން ފެނަކައިގެ މާލޭ އޮފީހުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދުމުން ދިން ޖަވާބަށް އިޝާރާތް ކުރައްވައި އިފްހާމް ވިދާޅުވީ، މާލޭ އޮފީހުގައި ޖާގަ ނެތް ކަމަށް ބުނެފައިވާ ކަމަށާއި، ހަތަރު މަހުގެ މުސާރަ ދިނުމަށްފަހު ވަޒީފާއިން ވަކިވުމަށް އެޒުވާނާ އަށް އަންގާފައިވާ ކަމަށެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވާހަކަ ދައްކަވަނީ

އިފްހާމް ވިދާޅުވީ، ސިޔާސީ ބޭނުންތަކަށް ފެނަކައިން އެތައް ހާސް މުވައްޒަފުންނަކަށް ނިމިދިޔަ އިންތިޚާބުތަކުގައި ވަޒީފާ ދީފައިވާއިރު، މިފަދަ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތެއްގެ ވަޒީފާ، ޖާގަނެތް ކަމަށްބުނެ ބަދަލުކޮށް ނުދީ ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

މީގެ އިތުރުން މި މައްސަލައަކީ އެކަނިވެރި މައެއްގެ ގޮތުގައި ދަރިފުޅު ބަލަހައްޓަމުންދާ އެ މަންމައަށް ލިބުނު ބޮޑު މާޔޫސްކަމެއްގެ ގޮތުގައި އިފްހާމް ސިފަކުރެއްވި އެވެ. އަދި އެ މަންމަ މިއަދުވެސް ޖެންޑަރ މިނިސްޓްރީގައި އޭނާ ގެ ދަރިފުޅު ބިކަވިޔަނުދީ ވަޒީފާގެ ފުރުސަތެއް ހޯދައިދިނުމަށް އެދި އާދޭސް ކުރަމުންދާ ކަމަށް އިފްހާމް ވިދާޅުވި އެވެ. 

އިފްހާމް ވަނީ މިފަދަ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އިހުމާލުނުވެ، އެ ފަރާތަށް ވަޒީފާގެ ފުރުސަތު އަލުން ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.

މިސަރުކާރުން ބައެއް މީހުންނާ މެދު ވަރަށް ބޮޑަށް އަނިޔާވެރިވަމުންދާ ކަމަށް ތުހުމަތުތައް ކުރެވޭއިރު، 13 ޖުލައި ފެށިގެން ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި  ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އަންގާފަ އެވެ. މިފަދަ އެންގުމެއް އޭޕްރީލް މަހުގެ ތެރޭގައި އެންގި ނަމަވެސް ސަރުކާރުން އޭރު އެއާ އެއްގޮތަށް އަމަލުނުކޮށް އެމަހުގެ ތެރޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ގިނަ ބަޔަކަށް ސިޔާސީ ގޮތުން ވަޒީފާ ދީފައިވެ އެވެ. 

އިންތިޚާބުގެފަހުން ކުންފުނިތަކުން މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާއިރު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމުގެ އަޑު ވަނީ ގަދަ ވެފަ އެވެ.  

އިފްހާމް ހުސައިންޖެންޑަރ މިނިސްޓްރީނުކުޅެދުންތެރިކަންފެނަކަ ކޯޕަރޭޝަން ލިމިޓެޑް

އިތުރަށް ކިޔާލަން

19 ޖޫން 2026

އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް

19 ޖޫން 2026
އިޖުތިމާއީ ނިޒާމް ފެއިލްވެއްޖެ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި: އިފްހާމް
22 މެއި 2026

އެއްކޮޅުން ވަޒީފާތައް ބަހަމުން، އަނެއްކޮޅުން ގިނަބަޔަކު ވަޒީފާ އިން ވަކި ކުރުމަށް ފެނަކައިގެ ރިޑަންޑަންސީ ޕޮލިސީ ބަދަލުކޮށްފި

22 މެއި 2026
 އެއްކޮޅުން ވަޒީފާތައް ބަހަމުން، އަނެއްކޮޅުން ގިނަބަޔަކު ވަޒީފާ އިން ވަކި ކުރުމަށް ފެނަކައިގެ ރިޑަންޑަންސީ ޕޮލިސީ ބަދަލުކޮށްފި
25 މާރިޗު 2026

ރައީސް ހެއްދެވީ ބޮޑު ދޮގެއް: ފީއަލީގެ ފެނަކަ އަށް އެކަނި މި ސަރުކާރުން 34 މުވައްޒަފުން ނެގި!

25 މާރިޗު 2026
ރައީސް ހެއްދެވީ ބޮޑު ދޮގެއް: ފީއަލީގެ ފެނަކަ އަށް އެކަނި މި ސަރުކާރުން 34 މުވައްޒަފުން ނެގި!
12 މާރިޗު 2026

ފްލެޓުދޭއިރު ޚާއްޞަ އިސްކަންދޭ ކެޓެގަރީ: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފްލެޓު ދިނުމުގައި ބަލާނެ ކަންކަމުގައި އިތުރު ޝަރުތުތަކެއް ހިމަނައިފި

12 މާރިޗު 2026
ފްލެޓުދޭއިރު ޚާއްޞަ އިސްކަންދޭ ކެޓެގަރީ: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފްލެޓު ދިނުމުގައި ބަލާނެ ކަންކަމުގައި އިތުރު ޝަރުތުތަކެއް ހިމަނައިފި
16 ފެބުރުއަރީ 2026

12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!

16 ފެބުރުއަރީ 2026
12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް، ދޮން ބައްޕަ ޖިސްމާނީ އަނިޔާ ކުރާ މައްސަލަ އެއް ފެންމަތިވެއްޖެ!
12 ފެބުރުއަރީ 2026

ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި

12 ފެބުރުއަރީ 2026
ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި
11 ފެބުރުއަރީ 2026

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް

11 ފެބުރުއަރީ 2026
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ޔޫޓިއުބް އާ ޓިކްޓޮކް ހިމެނޭހެން ސޯޝަލް މީޑިއާ މަނާކުރަން ގޮވާލާ ޕެޓިޝަނެއް މަޖިލީހަށް
18 ޑިސެމްބަރު 2025

21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!

18 ޑިސެމްބަރު 2025
21 އަހަރުގެ ފިރިހެން ކުއްޖަކު ކިޑްނެޕް ކޮށް ކޮޓަރިއެއް ގައި ބަންދު ކުރި މައްސަލައެއް، ދޮޅުމަސް ވީއިރު ވެސް މައްސަލަ ނުބެލޭ!
24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
25 އޮކްޓޯބަރު 2025

ރާއްޖޭގެ އެންމެ ބޮޑު ވައްކަން ސާބިތުކޮށްދޭން ކަމަށް ބުނެ ދަންވަރު ނެރުނު އޮޑިޓް ރިޕޯޓަކު ފެނަކައިން ފައިސާއެއް ގެއްލުނު ކަމަކަށް ނެތް: ޝިއްޕެ

25 އޮކްޓޯބަރު 2025
ރާއްޖޭގެ އެންމެ ބޮޑު ވައްކަން ސާބިތުކޮށްދޭން ކަމަށް ބުނެ ދަންވަރު ނެރުނު އޮޑިޓް ރިޕޯޓަކު ފެނަކައިން ފައިސާއެއް ގެއްލުނު ކަމަކަށް ނެތް: ޝިއްޕެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު