"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް
26 ޖުލައި 2026 | އާދީއްތަ 09:46ކޮރަޕްޝަން ހުއްޓުވުމަށް ހަރުދަނާ ގާނޫނުތަކެއް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ އިތުރުވެފައި. ޚާއްސަކޮށް ކޮރަޕްޝަންގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ސަރުކާރުން މަތީ މަގާމުތައް ދޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން


މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުން | ރައީސް އޮފީސް
ކޮރަޕްޝަންގެ މައްސަލަތަކުގައި މި ސަރުކާރުގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިންމު ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަންގެ މައްސަލަތައް އެންމެ ފުރިހަމައަށް ތަންފީޒުކުރާ ސަރުކާރު ކަމަށެވެ.
މިގޮތުން މިދިޔަ ސަރުކާރުތަކުގައި ގެއްލިފައިވާ ހުރިހާ ފައިސާއެއް ހޯދުމަށްޓަކައި އެސެޓް ރިކަވަރީ ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ތަންފީޒު ކުރުމަށް ޖިނާއީ ގާނޫނު އިސްލާހުކުރުމުގެ ބިލެއް ހުށައަޅައިފައިވާ ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި ކޮރަޕްޝަންގެ މައްސަލަތަކުގައި އަދަބު ދިނުމުގައި ސާބިތުވެ ތިބޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެސެޓް ރިކަވަރީ ބިލު. އަދި އެސެޓް ރިކަވަރީ ބިލު ގާނޫނަކަށް ވެގެން އަންނަ އިރު އެ ގާނޫނު ތަންފީޒުކުރުމަށް ޖިނާއީ އިޖުރާތުގެ ގާނޫނު އިސްލާހުކުރުމުގެ ބިލެއް ވެސް ދާދި އަވަހަށް އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނަންރައީސް މުއިއްޒު
ނަމަވެސް، ސަރުކާރުގެ އެކި ކުންފުނިތަކުން ހިންގި ކަމަށް ތުހުމަތުކުރެވޭ އެތައް ބައިވަރު ކޮރަޕްޝަންގެ މައްސަލަތަކެއް މި ނިމިދިޔަ 2 އަހަރުތެރޭ ވަނީ ފެންމަތިވެފަ އެވެ.
މި ގޮތުން އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ވަޒީފާ އިން ވަކިކުރުމަށްފަހު ވަނީ ޕީއެންސީ ގެ ވ. އަތޮޅު ކެމްޕޭނު މެނޭޖަރަކަށް ހަމަޖައްސާފަ އެވެ. އަދި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާ ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް އެ މަގާމުން އިސްތިއުފާ ދެއްވުމައް ފަހު ވަނީ އެމްޑަބްލިއުއެސްއީގެ ޑީއެމްޑީ އަކަށް އައްޔަންކޮށްފަ އެވެ.
ހަމައެއާއެކު ރައީސް މުއިއްޒުގެ ގެކޮޅު ކަމަށްވާ ދިމްޔާތުން މަޖިލީސް މެންބަރުންނަށް ފައިސާ ދޫކުރާ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް މި ސަރުކާރަށް ކުރެވޭ މި ތުހުމަތުތަކަށް ސީދާ ޖަވާބެއް، ރަސްމީ ހައިސިއްޔަތަކުން ސަރުކާރުގެ އިސް ވެރިއަކު ދެއްވާފައެއް ނުވެ އެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުންނާއި އާންމު ރައްޔިތުން ދަނީ މި ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާ އަށް އިތުރުވަމުންދާ ކަމަށް ކެނޑިނޭޅި ތުހުމަތު ކުރަމުންނެވެ.









