ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު
ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން ހުއްޓުވުމަށް މާލިއްޔަތު ކޮމިޓީން ފެށި މަސައްކަތުގެ ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވެއްޖެ. ކޮރަޕްޝަންގެ މައްސަލަތަކުގައި ފައިސާ އަނބުރާ ނުލިބޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ކޮމިޓީގެ ޒިންމާއަކީ ހަމައެކަނި ކުރީގެ މައްސަލަތައް ބެލުން ނޫން ކަމަށާއި މިހާރު ހިނގާ ކަންކަން ވެސް ހުއްޓުވަން ޖެހޭ ކަމަށް.


ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން | މަޖިލިސް
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރު ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ފަށާފައިވާ މަސައްކަތުގައި ހުރި ހުރިހާ ލިޔެކިޔުންތައް ވަކި ހިސާބަކުން ގެއްލިއްޖެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ހިންގާ ބްރާންޗުތަކާއި މަޝްރޫއުތަކާ ގުޅޭގޮތުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓު ދިރާސާ ކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، މިހާރު ވެސް ކޮރަޕްޝަން ހިންގާ މީހުން އެބަ އުޅޭ ކަމަށާއި، މާލިއްޔަތު ކޮމިޓީގެ ޒިންމާއަކީ ހަމައެކަނި ކުރީ ސަރުކާރުތަކުން ހިނގާފައިވާ ކަންތައްތައް ބެލުމެއް ނޫން ކަމަށެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ މިއަދު ހިނގަމުންދާ ކަންތައްތައް ހުއްޓުވައިގެން ނޫނީ ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނެތް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންގެ އެންމެ އިންސައްތައެއްގެ މީހުންގެ މައްޗަށްވެސް ކުށް ސާބިތު ކުރެވިފައެއް ނުވެއެވެ. އަދި އެފަދަ މައްސަލަތަކުގެ ފައިސާއެއް ދައުލަތަށް ނުލިބޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން | މަޖިލިސް
ޝަމްހީދު ފާހަގަ ކުރެއްވި ގޮތުގައި ކޮމިޓީގެ ހެޔޮ ނިޔަތެއް އޮތްނަމަ، މިއަދު ވެސް ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭނެ އެވެ.
އެހެންނަމަވެސް، އެކަމަށްޓަކައި ކޮމިޓީން ފެށި މަސައްކަތުގައި ވަކި ހިސާބަކުން އެ ހުރިހާ ޑޮކިއުމަންޓްތައް ވެސް ގެއްލިއްޖެ ކަމަށާއި، އެއީ ކަންބޮޑުވާން ޖެހޭ ކަންކަން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން | މަޖިލިސް
މި މައްސަލައިގައި ކޮމިޓީން ފެށި މަސައްކަތުގެ މުހިންމު ލިޔެކިޔުންތައް ގެއްލިފައިވާތީ މިހާރު ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ބޮޑު ހުރަހެއް ކުރިމަތިވެފައިވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.









