Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ ހިޔާނާތް

ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ 8 މިލިއަން ރުފިޔާ ހޯދި ކަމުގެ ތުހުމަތުގައި ފިޝަރީޒްގެ ޑެޕިއުޓީ މިނިސްޓަރަކު މަގާމުން ވަކިކޮށްފި

7 ޖުލައި 2026 | އަންގާރަ 11:17

ގޯއްޗާއި ފްލެޓް ހޯދައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން 8 މިލިއަނެއްހާ ރުފިޔާ އޮޅުވާލައިގެން އަތުލި މައްސަލައެއްގައި، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން މަގާމުން ވަކިކޮށްފި. ކޮރަޕްޝަނުގެ މި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ސަރުކާރުން އޭނާ ވަކިކުރީ، ހިޔާނާތުގެ މައްސަލަތަކުގައި "ޒީރޯ ޓޮލަރެންސް" ސިޔާސަތު ގެންގުޅޭނެ ކަމަށް ބުނުމަށްފަހު.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖުލައި 2026 | އަންގާރަ 11:17
ގެދޮރުވެރިޔާގެ ފްލެޓުތައް- ފްލެޓުތައް ދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އަތުން ފައިސާ ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ

ގެދޮރުވެރިޔާގެ ފްލެޓުތައް- ފްލެޓުތައް ދޭނެކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އަތުން ފައިސާ ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ | ސަން އޮންލައިން

 ގޯއްޗާއި ފްލެޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ބައެއްގެ އަތުން އެތައް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، މި ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން މަގާމުން ވަކިކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ޔަސީން މަގާމުން ވަކިކޮށްފައިވަނީ، އޭނާގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑް ކުރުމަށްފަހުގަ އެވެ. ޔަސީން ސަސްޕެންޑް ކުރިކަން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ ރާއްޖެއެމްވީ އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ރާއްޖެއެމްވީއަށް ވިދާޅުވީ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި ސަރުކާރުން ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތެއް ކަމަށާއި، އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކާމެދު ފަސްޖެހުމެއް ނެތް ފިޔަވަޅު އަޅާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔަސީން ވަނީ އެތަކެއް ބަޔަކަށް އޮޅުވާލައިގެން، މި ސަރުކާރުން ދޫކުރާ ފްލެޓާއި ގޯތި ހޯދައިދޭނެ ކަމަށް ބުނެފަ އެވެ. އަދި އެކަންކަމާ ގުޅޭ އެގްރިމެންޓްތަކެއް ހަދައި، އިތުބާރު ހޯދުމަށްފަހު އެކި މީހުންގެ އަތުން 8 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ހޯދާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

މި މައްސަލައަކީ ސަރުކާރުގެ މަތީ މަގާމެއްގައި ހުރި ފަރާތަކުން ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު ހިޔާނާތެއްގެ ގޮތުގައި ބެލެވޭތީ، ކަމާބެހޭ އިދާރާތަކުން މި މައްސަލަ ބަލަމުންދޭތޯ ރާއްޖެއެމްވީން ވާނީ ފުލުހުންނާ ސުވާލުކޮށްފަ އެވެ. ނަމަވެސް ފުލުހުން އަދި އެކަމުގައި ޖަވާބެއް ދީފައެއް ނުވެ އެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައި މިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގަ އެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ގޯއްޗާއި ފްލެޓުތައް ދިނުމަށް އެކި ކަހަލަ ޖަރީމާތައް ހިންގަމުންދާކަމުގެ ބޮޑެތި ތުހުމަތުތައް ވަނީ ފެންމަތިވެފަ އެވެ. 

މުހައްމަދު ޔަސީންކަރަޕްޝަން

އިތުރަށް ކިޔާލަން

07 ޖުލައި 2026

325 މިލިއަން ޑޮލަރު ރިޝވަތުގެ މައްސަލައިގައި ޗައިނާގެ ކުރީގެ އޮފިޝަލަކަށް މަރުގެ ހުކުމް އިއްވައިފި

07 ޖުލައި 2026
325 މިލިއަން ޑޮލަރު ރިޝވަތުގެ މައްސަލައިގައި ޗައިނާގެ ކުރީގެ އޮފިޝަލަކަށް މަރުގެ ހުކުމް އިއްވައިފި
04 ޖުލައި 2026

ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!

04 ޖުލައި 2026
ސްޓެލްކޯއިން ވައްކަން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް!
30 ޖޫން 2026

ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

28 ޖޫން 2026

ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ

28 ޖޫން 2026
ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ
28 ޖޫން 2026

އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި

28 ޖޫން 2026
އިރާގުގެ ގްރީން ޒޯނަށް ހަތިޔާރު އެޅި ސިފައިން ވަދެ ބައެއް އޮފިޝަލުން ހައްޔަރުކޮށްފި
26 ޖޫން 2026

އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ

26 ޖޫން 2026
އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު: ޚުތުބާ
22 ޖޫން 2026

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު

22 ޖޫން 2026
ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު
21 ޖޫން 2026

ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ

21 ޖޫން 2026
ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ
20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
17 ޖޫން 2026

މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

17 ޖޫން 2026
މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް