Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުޖޯންސަން އެންޑް ޖޯންސަން

ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބޭބީ ޕައުޑަރުގެ ސަބަބުން ކެންސަރު ޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދައުވާތައް ނިމުމަކަށް ގެނައުމަށް 5.5 ބިލިއަން ޑޮލަރު ހުށަހަޅައިފި

28 ޖުލައި 2026 | އަންގާރަ 08:04

ޖޭ.އެންޑް.ޖޭގެ އުފެއްދުންތަކުން ކެންސަރު ޖެހޭކަމަށް ބުނެ ކުރާ ތުހުމަތުތައް އެ ކުންފުނިން ދޮގުކުރި ނަމަވެސް، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބަދަލު ދިނުމަށް މިހާރު ވަނީ ތައްޔާރުވެފައި. މިގޮތުން ކުރިމަތިވެފައިވާ ގާނޫނީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައި. މީގެ އިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓެލްކް ބޭނުންކުރުން ހުއްޓާލައި، ކޯންސްޓާޗް އެކުލެވޭ އުފެއްދުންތަކަށް ބަދަލުވުމަށްވެސް އެ ކުންފުނިން ވަނީ ކަނޑައަޅާފައި

ރާއްޖެ އެމްވީ | 28 ޖުލައި 2026 | އަންގާރަ 08:04
ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އުފައްދާފައިވާ ޖޯންސަންސް ބޭބީ ޕައުޑަރު ފުޅިއެއް

ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އުފައްދާފައިވާ ޖޯންސަންސް ބޭބީ ޕައުޑަރު ފުޅިއެއް | ގެޓީ އިމޭޖަސް

ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) ކުންފުނިން އުފައްދާ ބޭބީ ޕައުޑަރާއި، ޓެލްކަމް އެކުލެވޭ އެހެނިހެން އުފެއްދުންތަކުގެ ސަބަބުން އޯވަރިއަން ކެންސަރު (ރަހިމުގެ ދަރިމައިވާ ބައިގެ ކެންސަރު) ޖެހޭކަމަށް ބުނެ އެމެރިކާގައި އުފުލާފައިވާ އެތައް ހާސް ދައުވާއެއް ނިންމުމަކަށް ގެނައުމަށްޓަކައި، 5.5 ބިލިއަން ޑޮލަރު (4.14 ބިލިއަން ޕައުންޑް) ދިނުމަށް އެ ކުންފުނިން ހުށަހަޅައިފި އެވެ.

މި ތާރީޚީ ހުށަހެޅުމުގެ މަގުސަދަކީ، ނިއު ޖާޒީއަށް ނިސްބަތްވާ ސިއްހީ އުފެއްދުންތައް އުފައްދާ މި ބޮޑު ކުންފުންޏަށް އަހަރުތަކެއް ވަންދެން ކުރިމަތިވެފައިވާ ގާނޫނީ ބޮޑު ހަނގުރާމައަށް ނިމުމެއް ގެނައުމެވެ.

ޖޭ.އެންޑް.ޖޭ އިން ވަނީ އެ ކުންފުނީގެ ޓެލްކް އެކުލެވޭ އުފެއްދުންތަކުގެ ސަބަބުން ކެންސަރު ޖެހޭކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. އެހެން ނަަމަވެސް އާންމުކޮށް ބޭނުންކުރާ ބޭބީ ޕައުޑަރު އުފައްދާ ފޯމިއުލާއަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ.

ކުންފުނީގެ ލިޓިގޭޝަން ނުވަތަ ގާނޫނީ މައްސަލަތަކާ ބެހޭ ވައިސް ޕްރެޒިޑެންޓް އެރިކް ހާސް ހޯމަ ދުވަހު ވިދާޅުވީ، އެ ކުންފުންޏާ ދެކޮޅަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. ނަމަވެސް، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބަދަލު ދިނުމަށް ކުންފުނިން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖޭ.އެންޑް.ޖޭ އިން ހާމަކުރި ގޮތުގައި މި ހުށަހެޅުމުގެ ދަށުން ގާތްގަނޑަކަށް 76,000 މައްސަލައަކަށް ހައްލު ލިބިގެންދާނެ އެވެ. މިއީ ޓެލްކް އުފެއްދުންތަކާ ގުޅިގެން އެ ކުންފުންޏާ ދެކޮޅަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކެވެ. އެ ކުންފުނިން ބުނި ގޮތުގައި އަންނަ އަހަރު 3 ބިލިއަން ޑޮލަރާ ހަމައަށް ފައިސާ ދޫކުރާނެ އެވެ. އަދި 2028 ވަނަ އަހަރުގެ ކުރިން އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެ އެވެ.

މި ހުށަހެޅުން ފައިނަލް ކުރެވޭނީ، ސްޓޭޓް އަދި ފެޑަރަލް ކޯޓުތަކަށް ހުށަހަޅާފައިވާ އޯވަރިއަން ކެންސަރުގެ މައްސަލަތަކުގެ 95 އިންސައްތަ ތަމްސީލުކުރާ ލޯ ފާމްތަކުން މިކަން ގަބޫލުކުރުމުން ކަމަށް ޖޭ.އެންޑް.ޖޭ އިން ބުނެ އެވެ.

އެރިކް ހާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިހާތަނަށް ކޯޓުތަކުގައި ކުރިއަށްދިޔަ ގިނަ މައްސަލަތަކެކޭ އެއްފަދައިން، މި މައްސަލަތައް ވެސް ޝަރީއަތުން ކުރިއަށް ގެންދިޔަނަމަ ކާމިޔާބުވާނީ އެ ކުންފުންޏަށް ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ހުށަހެޅުމުގެ ސަބަބުން މި މައްސަލަ މާޒީގެ ތެރެއަށް ދޫކޮށްލުމުގެ ފުރުސަތު ކުންފުންޏަށް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އިންސާނުންގެ ފުރާނަ ސަލާމަތްކޮށްދޭ ބޭހާއި ސިއްހީ އާލާތްތައް އުފެއްދުމުގެ މުހިންމު މަސައްކަތަށް ޖޭ.އެންޑް.ޖޭ އަށް ފުރިހަމައަށް ސަމާލުކަން ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުތުރު އެމެރިކާގެ ބޭރުގައި ވިއްކާ ޖޯންސަންސް ބޭބީ ޕައުޑަރުގެ ގާނޫނީ ޒިންމާ އުފުލަނީ ޖޭ.އެންޑް.ޖޭގެ ކޮންސިއުމާ ހެލްތު ވިޔަފާރީގެ ބައެއްގެ ގޮތުގައި ކުރިން އޮތް 'ކެންވިއު' ކުންފުނިންނެވެ.

ބޭންޑް-އެއިޑް، ލިސްޓަރިން އަދި ކެލްޕޯލް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ވެރި ފަރާތް ކަމަށްވާ ކެންވިއު، ޖޭ.އެންޑް.ޖޭ އިން ވަކިވެ، މިނިވަން ކުންފުންޏަކަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ.

ޓެލްކް އެކުލެވޭ ބޭބީ ޕައުޑަރާ ގުޅިގެން ޖޭ.އެންޑް.ޖޭ އާ ދެކޮޅަށް ގާނޫނީ ދައުވާތައް ކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.

މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ފެޑަރަލް ކޯޓަކުން ވަނީ އެ ކުންފުންޏަށް ކާމިޔާބީއެއް ހޯދައިދީފަ އެވެ. އެއީ، އޯވަރިއަން ކެންސަރު ޖެހުމުގެ ސީދާ ސަބަބަކީ ޓެލްކް ކަން ސާބިތުކޮށްދިނުމަށް ދައުވާކުރާ ފަރާތްތަކަށް އޮތް ގާބިލުކަމާ މެދު ކޯޓުން ސުވާލު އުފެއްދުމާ ގުޅިގެންނެވެ.

ޓެލްކަކީ މެގްނީޒިއަމް، ސިލިކަން، އޮކްސިޖަން އަދި ހައިޑްރޮޖަން އެކުލެވޭ ގުދުރަތީ މިނަރަލްއެކެވެ. މިއީ އަތްލުމުން އޮމާންކަމެއް އިހުސާސްކޮށްދޭ އެއްޗަކަށް ވުމުން، މި މާއްދާ ބޭބީ ޕައުޑަރު އުފެއްދުމުގައި އާންމުކޮށް ބޭނުންކުރެ އެވެ.

ކުންފުންޏާ ދެކޮޅަށް ދައުވާކުރާ ފަރާތްތަކާއި، ކެންސަރުގައި މަރުވި މީހުންގެ އާއިލާތަކުން ބުނަމުންދަނީ، ޖޭ.އެންޑް.ޖޭގެ ޓެލްކް އުފެއްދުންތަކުގައި ކެންސަރު ޖައްސާ މާއްދާއެއް ކަމަށްވާ އެސްބެސްޓޯސް ހިމެނޭ ކަމަށާއި، ކެންސަރު ޖެހެނީ އޭގެ ސަބަބުން ކަމަށެވެ.

ޓެލްކަކީ ބިމުން ކޮނެގެން ނަގާ އެއްޗަކަށްވާއިރު، މިއީ ކެންސަރު ޖައްސާ މާއްދާއެއް ކަމަށްވާ އެސްބެސްޓޯސް ފެންނަ ފަށަލަތަކާ ވަރަށް ކައިރިން ފެންނަ އެއްޗެކެވެ.

ޖޭ.އެންޑް.ޖޭ އިން ތަކުރާރުކޮށް މި ތުހުމަތުތައް ދޮގުކުރެ އެވެ. އަދި އެންމެ ފަހުން ނެރުނު ބަޔާނުގައި ވެސް ބުނެފައިވަނީ، ދިރާސާތަކުން ދައްކާ ގޮތުގައި ޓެލްކަކީ ރައްކާތެރި އެއްޗެއް ކަމަށާއި، އޭގައި އެސްބެސްޓޯސް ނުހުންނާނެ ކަމަށާއި، އަދި އެއީ ކެންސަރު ޖައްސާ އެއްޗެއް ނޫން ކަމަށެވެ.

2022 ވަނަ އަހަރު ޖޭ.އެންޑް.ޖޭ އިން ވަނީ، ޓެލްކް ބޭނުންކޮށްގެން ބޭބީ ޕައުޑަރު އުފެއްދުމާއި މުޅި ދުނިޔޭގައި އެ ތަކެތި ވިއްކުން ހުއްޓާލާނެ ކަމަށް އިއުލާންކޮށްފަ އެވެ.

މި އިއުލާން ކުރީ އެމެރިކާގައި އެ އުފެއްދުން ވިއްކުން ހުއްޓާލިތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

އެ ދުވަސްވަރު ޖޭ.އެންޑް.ޖޭ އިން ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ހުރި އުފެއްދުންތައް މުރާޖައާ ކުރުމަށްފަހު، ވިޔަފާރީގެ ގޮތުން ނިންމި ނިންމުމަކީ، މުޅިން ކޯންސްޓާޗް ބޭނުންކޮށްގެން އުފައްދާ ބޭބީ ޕައުޑަރަށް ބަދަލުވުން ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންސިއްހަތުކެންސަރު

އިތުރަށް ކިޔާލަން

26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
20 ޖުލައި 2026

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ

20 ޖުލައި 2026
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ
19 ޖުލައި 2026

ކަންފަތުގެ އަޑުއިވުމުގެ ހިއްސު ގެއްލިއްޖެ ނަމަ އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫން - ފަރުވާތެރިވާންވީ ކަންކަން

19 ޖުލައި 2026
ކަންފަތުގެ އަޑުއިވުމުގެ ހިއްސު ގެއްލިއްޖެ ނަމަ އެއީ އަނބުރާ ލިބޭނެ އެއްޗެއް ނޫން - ފަރުވާތެރިވާންވީ ކަންކަން
16 ޖުލައި 2026

އެމެރިކާގެ 30 އަހަރުން މަތީގެ ސިފައިންނަށް ޓެސްޓޮސްޓަރޯން ޓެސްޓު ހެދުން މަޖުބޫރު ކުރަނީ

16 ޖުލައި 2026
އެމެރިކާގެ 30 އަހަރުން މަތީގެ ސިފައިންނަށް ޓެސްޓޮސްޓަރޯން ޓެސްޓު ހެދުން މަޖުބޫރު ކުރަނީ
10 ޖުލައި 2026

2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ

10 ޖުލައި 2026
2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ
08 ޖުލައި 2026

މާލޭގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒް ޖެހުނުކަން އެނގިފައިވަކަން ސުކޫލުން ބެލެނިވެރިންނަށް އަންގައިފި

08 ޖުލައި 2026
މާލޭގެ ސްކޫލެއްގެ ދަރިވަރުންތަކަކަށް ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒް ޖެހުނުކަން އެނގިފައިވަކަން ސުކޫލުން ބެލެނިވެރިންނަށް އަންގައިފި
07 ޖުލައި 2026

އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!

07 ޖުލައި 2026
އާސަންދަ ބޮޑު މާލީ ބުރައަކަށް - ބޭހަށް ކުރާ ހަރަދު އެންމެ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ވެސް ބޮޑު!
05 ޖުލައި 2026

ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި

05 ޖުލައި 2026
ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި
05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް