Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުކެންސަރު ބަލި

2050 އަންނައިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި ކެންސަރުގެ އަސަރު ފޯރާނެ: ޑަބްލިއުއެޗްއޯ

10 ޖުލައި 2026 | ހުކުރު 13:20

ދުނިޔޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ފަރުވާގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް މާލީ ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަކޮށްފައި. މި ބައްޔަށް ފަރުވާ ދިނުމުގައި މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގެ މެދުގައި ބޮޑެތި ފަރަގުތަކެއް ހުރި ނަމަވެސް، ރަޝިޔާ އާއި އެމެރިކާ ފަދަ ގައުމުތަކުން މިހާރު ދަނީ ކެންސަރަށް ޚާއްސަ ވެކްސިންތައް އުފެއްދުމުގެ މަސައްކަތް ކުރަމުން.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 13:20
ސެން ފްރެންސިސްކޯގެ ކެލިފޯނިއާގައި ހުންނަ ޔޫ.ސީ.އެސް.އެފް ކޮމްޕްރިހެންސިވް ކެންސަރ ސެންޓަރުގެ އިންފިއުޝަން ސެންޓަރުގައި، އޮގަސްޓް 18، 2005 ގައި އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުންދާ ބަލިމީހަކަށް ޓްރަޔަލް މެޑިކޭޝަން ނުވަތަ ތަޖުރިބާކުރެވޭ ބޭހެއް ބޭނުންކޮށްގެން ފަރުވާދެނީ.

ސެން ފްރެންސިސްކޯގެ ކެލިފޯނިއާގައި ހުންނަ ޔޫ.ސީ.އެސް.އެފް ކޮމްޕްރިހެންސިވް ކެންސަރ ސެންޓަރުގެ އިންފިއުޝަން ސެންޓަރުގައި، އޮގަސްޓް 18، 2005 ގައި އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުންދާ ބަލިމީހަކަށް ޓްރަޔަލް މެޑިކޭޝަން ނުވަތަ ތަޖުރިބާކުރެވޭ ބޭހެއް ބޭނުންކޮށްގެން ފަރުވާދެނީ. | ގެޓީ އިމޭޖަސް

 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދެގުނައާ ގާތްކުރާ މިންވަރަކަށް އިތުރުވާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފި އެވެ. އަދި އެހާހިސާބަށް ދާއިރު ދުނިޔޭގެ އާބާދީގެ 90 އިންސައްތައަށްވުރެ ގިނަ މީހުންނަށް ކޮންމެވެސް ސިފައެއްގައި މި ބަލީގެ އަސަރު ފޯރާނެ ކަމަށް އެ ޖަމްއިއްޔާއިން ލަފާކުރެ އެވެ.

ބުދަ ދުވަހު އާންމުކުރި ރިޕޯޓެއްގައި އެ އެޖެންސީން ބުނެފައިވަނީ، ހިތުގެ ބަލިތަކަށް ފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ކެންސަރު ބަލި ކަމަށެވެ. މި ބަލީގައި ކޮންމެ ދުވަހަކު 26،000 އަށްވުރެ ގިނަ މީހުން މަރުވަމުންދާއިރު، މިހާރު އަހަރަކު ގާތްގަނޑަކަށް 10 މިލިއަން މީހުން މަރުވެ، 20.6 މިލިއަން އާ ކޭސް ރިޕޯޓްކުރެ އެވެ. އަދި މިކަމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، 2050 ވަނަ އަހަރާ ހަމައަށް ދާއިރު އަހަރަކު އަލަށް ބަލިޖެހޭ މީހުންގެ އަދަދު 35 މިލިއަނަށް އަރާނެ ކަމަށް ޑަބްލިއުއެޗްއޯއިން އިންޒާރުދެ އެވެ. މީގެއިތުރުން، ކޮންމެ ފަސް މީހަކުން އެކަކަށް އެމީހެއްގެ ހަޔާތުގައި ކެންސަރު ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެންމެ ގިނަ މީހުން މަރުވަނީ ފުއްޕާމޭގެ ކެންސަރުގަ އެވެ.

ކެންސަރަށް ފަރުވާ ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑަށް ބިނާވެފައިވަނީ ބަލިމީހާ ދިރިއުޅޭ ގައުމަށާއި އޭނާގެ މާލީ ތަނަވަސްކަމުގެ މައްޗަށް ކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކުރެ އެވެ. އެގޮތުން، މުއްސަނދި ގައުމުތަކުގައި އުރަމަތީގެ ކެންސަރާއި ކުޑަކުދިންނަށް ޖެހޭ ކެންސަރުން ސަލާމަތްވާ މީހުންގެ ނިސްބަތް 85 އިންސައްތައަށްވުރެ މަތީގައި ހުރި ނަމަވެސް، ފަގީރު ގައުމުތަކުގައި މި ނިސްބަތް ހުރީ 45 އިންސައްތައަށްވުރެ ދަށުގަ އެވެ.

ދުނިޔޭގެ 23 ގައުމެއްގައި ރޭޑިއޯތެރަޕީގެ ހިދުމަތް ލިބެން ނެތްއިރު، ދުނިޔޭގެ ގައުމުތަކުގެ ތިންބައިކުޅަ ދެބައި ގައުމުގެ އާންމު ސިއްހީ ނިޒާމުގެ ތެރޭގައި ކެންސަރުގެ ފަރުވާ ހިމަނާފައެއް ނުވެ އެވެ. އަދި ފަރުވާގެ ހަރަދު ބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގެ 90 އިންސައްތަ ބަލިމީހުންނަށް މަޖުބޫރުވަނީ ފަރުވާ ހުއްޓާލާށެވެ. ޖުމްލަގޮތެއްގައި، މަދުވެގެން 45 އިންސައްތަ ބަލިމީހުންނަށް މާލީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭއިރު، މިއީ މުޅި ދުނިޔޭގައިވެސް މީހުން ބަނގުރޫޓުވާ މައިގަނޑު އެއް ސަބަބެވެ.

މިހާރު ކަންކަން ހުރި މަގުން ކުރިއަށްދާނަމަ، 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ އާބާދީގެ 92 އިންސައްތަ މީހުންނަށް، އެމީހަކަށް އަމިއްލައަށް ނުވަތަ އާއިލާގެ ގާތް މީހަކަށް ބަލިޖެހުމުގެ ސަބަބުން ކެންސަރުގެ އަސަރު ފޯރާނެ ކަމަށް އެ އެޖެންސީން ލަފާކުރެ އެވެ. އެހެންކަމުން، ސަރުކާރުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއި އަމިއްލަ ކުންފުނިތަކުން "އިންސާނުންނަށް އިސްކަންދޭ" ސިޔާސަތެއް ގެންގުޅުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފަ އެވެ. މީގެ ތެރޭގައި ބަލިން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ފަރުވާ ދިނުން އާންމު ސިއްހީ ނިޒާމުގެ ތެރެއަށް ވެއްދުމާއި، ބަލިމީހުންނާއި އެހީތެރިންނަށް ދޭ އެއްބާރުލުން އިތުރުކުރުމާއި، ދިރާސާތަކުގެ އެހީގައި ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

މިހާރުވެސް ދުނިޔޭގެ އެތައް ގައުމަކުން ދަނީ ތަފާތު ގޮތްގޮތަށް ކެންސަރު ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަޝިޔާއިން ދަނީ ކޮންމެ މީހެއްގެ ހަށިގަނޑުގައި އުފެދޭ ޓިއުމަރާ ގުޅޭގޮތަށް ތައްޔާރުކުރާ "ޕާސަނަލައިޒްޑް އެމްއާރުއެންއޭ" ކެންސަރު ވެކްސިން އުފެއްދުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މިދިޔަ މާރިޗު މަހު، ހަމުގެ ކެންސަރަށް ހާއްސަ "ނިއޯއޮންކޯވެކް" (Neooncovac) އަދި ގޮހޮރުގެ ކެންސަރަށް ހާއްސަ "އޮންކޯޕެޕްޓް" (Oncopept) ކްލިނިކަލް ޓްރަޔަލްތަކުގައި ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އޭގެ ފަހުން 40 އަށްވުރެ ގިނަ ބަލިމީހުން މި ޓްރަޔަލްގައި ބައިވެރިވެފައިވާއިރު، ފުރަތަމަ ވެކްސިން ޖެހި މީހުންގެ ހަށިގަނޑުން ބައްޔާ ދެކޮޅަށް ވަރުގަދަ ދިފާއީ ނިޒާމެއް އުފެދިފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. މި ވެކްސިންތަކުގެ ކާމިޔާބީ ކަށަވަރުވުމުން، ރަޝިޔާގެ ގައުމީ ސިއްހީ އިންޝުއަރެންސްގެ ދަށުން ހިލޭ ފޯރުކޮށްދޭނެ ކަމަށް ބެލެވެ އެވެ.

ރަޝިޔާގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ކިއުބާ އަދި ޗައިނާއިންވެސް ދަނީ ހުއްދަ ދެވިފައިވާ ފަރުވާތަކާއި، ކްލިނިކަލް ޓްރަޔަލްތައް ނުވަތަ އެމްއާރުއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކެންސަރު ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާކެންސަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޖުލައި 2026

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

08 ޖުލައި 2026
މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި
05 ޖުލައި 2026

ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި

05 ޖުލައި 2026
ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި
03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
29 ޖޫން 2026

ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

29 ޖޫން 2026
ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
23 ޖޫން 2026

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

23 ޖޫން 2026
ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް
16 ޖޫން 2026

ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ

16 ޖޫން 2026
ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ
31 މެއި 2026

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން

31 މެއި 2026
ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން މަޝްވަރާ ކުރަނީ، އެންމެނަށް އެއްބަސްވެވޭނަމަ ގާނޫނަށް އިސްލާހު ގެންނާނެ: މިނިސްޓަރު އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް