Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

ހަނގުރާމަތަކުގައި އިސްރާއީލް އިން ބޭނުންވާ ނަތީޖާ ނުނެރެވޭ، ފުރިހަމަ އަށް ފެއިލްވެއްޖެ: ސިފައިންގެ ބިއުރޯގެ ކުރީގެ ރައީސް

28 ޖުލައި 2026 | އަންގާރަ 04:36

އިސްރާއީލްގެ ޤައުމީ ސަލާމަތީ ދިރާސާތަކުގެ އިންސްޓިޓިއުޓުން ބޭއްވި ކޮންފަރެންސެއްގައި ދެއްވި އިންޓަވިޔުއެއްގައި ޝަލޯމް ވިދާޅުވީ، އެއްވެސް ހަނގުރާމައެއް ކާމިބުކަމާ އެކު ނިންމާލައި، ބޭނުންވި ނަތީޖާ ނެރެވިފައި ނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖުލައި 2026 | އަންގާރަ 04:36
ޑިފެންސް މިނިސްޓްރީގެ ސިޔާސީ ސިފައިންގެ ބިއުރޯގެ ކުރީގެ ރައީސް ޑްރޯ ޝަލޯމް

ޑިފެންސް މިނިސްޓްރީގެ ސިޔާސީ ސިފައިންގެ ބިއުރޯގެ ކުރީގެ ރައީސް ޑްރޯ ޝަލޯމް | ސޯޝަލް މީޑިއާ

އިސްރާއީލް އިން ގިނަ ހަނގުރާމަތަަކެއްގައި ބައިވެރިވެއްޖެ ކަމަށާއި، އެ ހަނގުރާމަތަކުގައި އިސްރާއީލް އިން ބޭނުންވާ ނަތީޖާ ނުނެރެވި އެންމެ ފުރިހަމަ މިނުގައި ފެއިލްވެފައިވާ ކަމަށް، އެ ޤައުމުގެ ޑިފެންސް މިނިސްޓްރީގެ ސިޔާސީ ސިފައިންގެ ބިއުރޯގެ ކުރީގެ ރައީސް ޑްރޯ ޝަލޯމް ވިދާޅުވެއްޖެ އެވެ. 

އިސްރާއީލްގެ ޤައުމީ ސަލާމަތީ ދިރާސާތަކުގެ އިންސްޓިޓިއުޓުން ބޭއްވި ކޮންފަރެންސެއްގައި ދެއްވި އިންޓަވިޔުއެއްގައި ޝަލޯމް ވިދާޅުވީ، އެއްވެސް ހަނގުރާމައެއް ކާމިބުކަމާ އެކު ނިންމާލައި، ބޭނުންވި ނަތީޖާ ނެރެވިފައި ނުވާ ކަމަށެވެ. 

އެކަން ފާހަގަ ކުރައްވައި ޝަލޯމް ވިދާޅުވީ، ޣައްޒާގައި ހަރަކާތްތެރި ވަމުން އަންނަ ހަމާސް ޖަމާއަތް އަދިވެސް އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި، ހިޒްބުﷲ ޖަމާއަތުގެ ހަތިޔާރުތައް އަތުލުމަކީ ނުވަތަ ހުއްޓުވުމަކީ ދުރު ކަމެއް ކަމަށެވެ. 

މީގެ އިތުރުން އީރާންއާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ކުޑަކޮށް ފަސް ކުރެވުނު ނަމަވެސް، އެ ޕްރޮގްރާމް އަދިވެސް ހިންގަމުން އަންނަ ކަމަށެވެ. އެއާ އެކު އޭނާ ވިދާޅުވީ، އިސްރާއީލްގެ ބައިނަލްއަޤުވާމީ ހައިސިއްޔަތު ރެކޯޑު މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށާއި، އެމެރިކާ އާއެކު އޮތް ގުޅުން ވެސް އޮތީ އެންމެ ރަނގަޅު ޙާލަތުގައި ނޫން ކަމަށެވެ. 

މީގެ ކުރިން ބްރިގޭޑިއާ ޖެނަރަލެއްގެ ގޮތުގައި ވެސް ޚިދުމަތް ކުރައްވާފައިވާ ޝަލޯމް ވިދާޅުވީ، އިސްރާއީލްގައި ދެން އަންނަ ސަރުކާރަކުން ޖެހޭނީ ޣައްޒާގައި ހަމާސްގެ ކިބައިން ބަދަލެއް ހޯދުމާއި، ސީރިއާ އާއި ލުބުނާން އާއެކު ޑިޕްލޮމެޓިކް ގުޅުން ރަނގަޅު ކުރުމަށް ސަމާލުކަން ދޭން ކަމަށެވެ. 

އިސްރާއީލް އިން އަބަދު ވެސް އީރާންގެ ވެރިކަން ބަދަލު ކުރަން ބޭނުންވާއިރު، ޝަލޯމް ވިދާޅުވީ ވައިގެ މަގުން ހަމަލާތަކެއް ދީގެން އީރާންގެ ސަރުކާރުން ބަދަލު ކުރެވިދާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި، އެކަން އެހެން ނުވާނެ ކަމަށެވެ. 

ޝަލޯމް ވިދާޅުވީ ޣައްޒާ ހަނގުރާމައިގައި މިހާާތަނަށް އިސްރާއީލް އަށް ލިބުނު ހަމައެކަނި ކާމިޔާބީ އަކީ، ހަމާސް އިން ހައްޔަރު ކޮށްފައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުން އެކަނި ކަމަަށެވެ. އެކަން ކުރެވުނީ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގެ ސަބަބުން، އެމެރިކާ އިން އެކަމަށް ދިން ޚާއްސަ އިސްކަމެއްގެ ސަބަބުން ކަމަށް ވެސް ޝަލޯމް ވަނީ ވިދާޅުވެފައި އެވެ. 

އިސްރާއީލްގައި ނަތަންޔާހޫގެ މަޤުބޫލުކަން ވަރަށް ބޮޑަށް ދަށްވަމުން އަންނަ ކަމަށް މީޑިއާތަކުގައި ވަނީ ބުނެފައިވެ އެވެ. ޚާއްސަކޮށް ޣައްޒާ ހަނގުރާމައިގައި ނަތަންޔާހޫ އަށް އެތައް ޕްރެޝަރެއް ކުރިމަތިވި، އެތައް ބަޔަކު ސަރުކާރާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިސްރާއީލްބެންޖަމިން ނަތަންޔާހޫޑްރޯ ޝަލޯމް

އިތުރަށް ކިޔާލަން

28 ޖުލައި 2026

ޓްރަމްޕްގެ ދެ ވަނަ ދައުރުގައި ހަތް ވަނަ ފަހަރަށް ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންފި

28 ޖުލައި 2026
ޓްރަމްޕްގެ ދެ ވަނަ ދައުރުގައި ހަތް ވަނަ ފަހަރަށް ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންފި
27 ޖުލައި 2026

ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ނަތަންޔާހޫ އެމެރިކާާ އަށް

27 ޖުލައި 2026
ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ނަތަންޔާހޫ އެމެރިކާާ އަށް
25 ޖުލައި 2026

ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި

25 ޖުލައި 2026
ދުޝްމަނުން އަމާން ދިނުމުން ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށް އީރާނުން ބުނެފި
23 ޖުލައި 2026

އެމެރިކާގެ ރާގު ބަދަލުވެ، ސައުދީގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ދާނީ އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމުން ކަމަށް ޓްރަމްޕް ހާމަ ކުރައްވައިފި

23 ޖުލައި 2026
އެމެރިކާގެ ރާގު ބަދަލުވެ، ސައުދީގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ދާނީ އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމުން ކަމަށް ޓްރަމްޕް ހާމަ ކުރައްވައިފި
21 ޖުލައި 2026

މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި

21 ޖުލައި 2026
މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި
20 ޖުލައި 2026

އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް

20 ޖުލައި 2026
އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް
20 ޖުލައި 2026

ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި

20 ޖުލައި 2026
ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި
19 ޖުލައި 2026

ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ

19 ޖުލައި 2026
ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ
19 ޖުލައި 2026

ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި

19 ޖުލައި 2026
ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި
19 ޖުލައި 2026

ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން

19 ޖުލައި 2026
ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް