Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިސްރާއީލް

ޓްރަމްޕްގެ ދެ ވަނަ ދައުރުގައި ހަތް ވަނަ ފަހަރަށް ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންފި

28 ޖުލައި 2026 | އަންގާރަ 04:34

ޓްރަމްޕް އާއެކު ބާއްވާ ރަސްމީ ބައްދަލުވުމަށް ފަހު، ދެން ނަތަންޔާހޫ ވަޑައިގަންނަވާނީ އިސްރާއީލް އަށް ތާއީދުކުރައްވަމުން ގެންދެވި ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސީ ގްރެހަމްގެ ހަނދާނުގައި ބާއްވާ ހަފްލާ އަށް. މި މަހުގެ ތެރޭގައި އަވަހާރަވި ގްރެހަމް އަކީ އިސްރާއީލް އަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި ބޭފުޅެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖުލައި 2026 | އަންގާރަ 04:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ގެޓީ އިމޭޖަސް

އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ޤައުމަށް ވަޑައިގެންފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުވަތަކަށް އެ ޤައުމަށް ކުރައްވާ ދަތުރުފުޅުގައި، އަންގާރަ ދުވަހު ނަތަންޔާާހޫ ޓްރަމްޕްއާ ބައްދަލު ކުރައްވާނެ އެވެ. މި ދެ ބޭފުޅުން ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އެވެ. 

ޓްރަމްޕް އާއެކު ބާއްވާ ރަސްމީ ބައްދަލުވުމަށް ފަހު، ދެން ނަތަންޔާހޫ ވަޑައިގަންނަވާނީ އިސްރާއީލް އަށް ތާއީދު ކުރައްވަމުން ގެންދެވި ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސީ ގްރެހަމްގެ ހަނދާނުގައި ބާއްވާ ހަފްލާ އަށެވެ. މި މަހުގެ ތެރޭގައި އަވަހާރަވި ގްރެހަމް އަކީ އިސްރާއީލް އަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. 

ނަތަންޔާހޫ އެމެރިކާާ އަށް ވަޑައިގެންނެވި މަންޒަރު

އެމެރިކާ އަށް ނަތަންޔާހޫ މި ކުރައްވާ ދަތުރުފުޅަކީ، އެމެރިކާ އާއި އިސްރާއީލްއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމާ އެކު، ޓްރަމްޕްއާ މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

ޓްރަމްޕް އާއި ނަތަންޔާާހޫގެ ބައްދަލުވުމުގައި، އެމެރިކާ އާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ. އަދި އެކަމުގައި އިސްރާއީލް އިން ބޭނުންވާ ކަންކަމާއި، އީރާންއާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނަތަންޔާހޫ ބާރު އަޅުއްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއީ 2025 ވަނަ އަހަރު އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންނެވި ހަތް ވަނަ ފަހަރެވެ. ޓްރަމްޕްގެ ދެ ވަނަ ދައުރުގައި އެންމެ ގިނައިން އެމެރިކާ އަށް ވަޑައިގެންނެވި ލީޑަރަކީ ނަތަންޔާހޫ އެވެ. ޓްރަމްޕް އާއި ނަތަންޔާހޫ އަކީ ވަރަށް ގާތް ގުޅުމެއް ބާއްވާ ދެ ބޭފުޅުންނެވެ.

އެމެރިކާ-އިޒްރޭލުބެންޖަމިން ނަތަންޔާހޫޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

27 ޖުލައި 2026

ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ނަތަންޔާހޫ އެމެރިކާާ އަށް

27 ޖުލައި 2026
ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ނަތަންޔާހޫ އެމެރިކާާ އަށް
27 ޖުލައި 2026

އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި

27 ޖުލައި 2026
އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި
27 ޖުލައި 2026

އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި

27 ޖުލައި 2026
އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
27 ޖުލައި 2026

ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް

27 ޖުލައި 2026
ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް
25 ޖުލައި 2026

އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު

25 ޖުލައި 2026
އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު
25 ޖުލައި 2026

ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!

25 ޖުލައި 2026
ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!
25 ޖުލައި 2026

އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

25 ޖުލައި 2026
އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
25 ޖުލައި 2026

އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
23 ޖުލައި 2026

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026
ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް