Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިސްރާއީލް

ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ނަތަންޔާހޫ އެމެރިކާާ އަށް

27 ޖުލައި 2026 | ހޯމަ 06:37

މިފަހަރުގެ މި ދަތުރުފުޅަކީ، 2025 ވަނަ އަހަރު ޓްރަމްޕް ދެ ވަނަ ދައުރަށް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ހަތް ވަނަ ފަހަރު. މިއީ ޓްރަމްޕްގެ ދެ ވަނަ ދައުރުގައި އެމެރިކާ އަށް އެއް ލީޑަރަކު ވަޑައިގެންނެވި އެންމެ ގިނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2026 | ހޯމަ 06:37
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ބައްދަލުކުރައްވަނީ | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރެއްވުމަށް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާ އަށް ފުރައިވަޑައިގެންފި އެވެ.

އިސްރާއީލް ސަރުކާރުގެ އަރަބި ބަހުން ހިންގާ އެކްސް އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ އެމެރިކާ އަށް ކުރައްވާ މި ދަތުރުފުޅަކީ ޓްރަމްޕްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް އެ ޕޯސްޓުގައި ބަޔާން ކޮށްފައިވެ އެވެ.

ނަތަންޔާހޫ އެމެރިކާ އަށް މި ވަޑައިގަންނަވަނީ، އެމެރިކާގެ ނިއު ޔޯކް ސިޓީ އަށް އޭނާ ވަޑައިގެންފި ނަމަ ހައްޔަރުކުރާނެ ކަމަށް ވިދާޅުވެ، އެ ސިޓީގެ މޭޔަރު ޒޯރަން މަމްދާނީ އިންޒާރު ދެއްވާފައި ވަނިކޮށެވެ. ނަމަވެސް، އެ އިންޒާރުގެ ފަހުން މަމްދާނީ ވަނީ، ނަތަންޔާހޫ ހައްޔަރުކުރުމުގެ ބާރު އެ ސިޓީގެ އިދާރާތަކަށް ނެތް ކަމަށް ވިދާޅުވެފައި އެވެ. 

ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން 2024 ވަނަ އަހަރު ވަނީ ނަތަންޔާހޫ އާއި، އިސްރާއީލްގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ނެރެފައި އެވެ. އެއީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ނަތަންޔާހޫ ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރުމަށް ފަހު ނެރުނު އަމުރެކެވެ. 

ނަމަވެސް، އެ އަމުރު ނެރުނު ފަހުން ނަތަންޔާހޫ ވަނީ އެކި ފަހަރު މަތިން އެމެރިކާ އަށް ވަޑައިގެންފައި އެވެ. މިފަހަރުގެ މި ދަތުރުފުޅަކީ، 2025 ވަނަ އަހަރު ޓްރަމްޕް ދެ ވަނަ ދައުރަށް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ހަތް ވަނަ ފަހަރެވެ. މިއީ ޓްރަމްޕްގެ ދެ ވަނަ ދައުރުގައި އެމެރިކާ އަށް އެއް ލީޑަރަކު ވަޑައިގެންނެވި އެންމެ ގިނަ ފަހަރެވެ. 

އައިސީސީގެ އަމުރު އޮތް ނަމަވެސް، އެމެރިކާ އަކީ އެ ކޯޓުގެ މެންބަރު ގައުމަކަށް ނުވާތީ، ނަތަންޔާހޫ ހައްޔަރުކުރުމުގެ ގާނޫނީ މަޖުބޫރު ކަމެއް އެމެރިކާ އަށް ނޯވެ އެވެ. މި ދަތުރުފުޅުގެ ސަބަބުން އިސްރާއީލް އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހި ވެގެން ދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިޒްރޭލް-އެމެރިކާ ބެންޖަމިން ނަތަންޔާހޫޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

27 ޖުލައި 2026

އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި

27 ޖުލައި 2026
އީރާންގެ ތެޔޮ ޓޭންކަރަކަށް އަރައި، އެމެރިކާގެ ދިދަ ހިފައިގެން ހުންނަ މަންޒަރު ފެންނަ އޭއައި ފޮޓޯއެއް ޓްރަމްޕް ހިއްސާ ކުރައްވައިފި
27 ޖުލައި 2026

އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި

27 ޖުލައި 2026
އެމެރިކާގެ ހަތިޔާރު ހުސްވާ ކަަަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
27 ޖުލައި 2026

ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް

27 ޖުލައި 2026
ޤައުމުގެ މަސްލަހަތަކަށްޓަކައި، ޓްރަމްޕްއާ ދެކޮޅަށް ވެސް ވާހަކަ ދައްކަން ތައްޔާރު: ބޮޑު ވަޒީރު ބާންހަމް
25 ޖުލައި 2026

އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު

25 ޖުލައި 2026
އަވަހާރަކޮށްލަފާނެ ކަމުގެ ބިރަށް ޓްރަމްޕް ދަތުރުކުރެއްވި މަތިންދާ ބޯޓު ކުއްލިގޮތަކަށް ބަދަލުކުރި: ރިޕޯޓު
25 ޖުލައި 2026

ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!

25 ޖުލައި 2026
ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!
25 ޖުލައި 2026

އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!

25 ޖުލައި 2026
އީރާންއާ ވާހަކަ ދެއްކިޔަސް ޓްރަމްޕް ހުންނެވީ ގޮތް ދޫކުރާ ގޮތަކަށް ނޫން!
25 ޖުލައި 2026

އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ބޮޑެތި ހަމަލާތަކެއް ދޭން ނުނިންމަން، އެ މީހުންގެ ފަރާތުން ސީރިއަސްކަން ފެނޭ: ޓްރަމްޕް
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
23 ޖުލައި 2026

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026
ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"
23 ޖުލައި 2026

މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި

23 ޖުލައި 2026
މުޅި ސަރަހައްދުގައި އެމެރިކާއާ ވާގިވެރިވާ ފަރާތްތަކުގެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް